Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

30 އަހަރަށްފަހު ލިވަޕޫލުން ލީގު ތަށި އުފުލާލައިފި

މިއީ ލިވަޕޫލުން 1989-1990 ގެ ސީޒަނުގެ ފަހުން އިނގިރޭސި ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 22 ޖުލައި 2020 | ބުދަ 22:41
އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން އުފުލާލަނީ

އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން އުފުލާލަނީ

އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ޗެމްޕިއަން ލިވަޕޫލުން އުފުލާލައިފިއެވެ.

ލިވަޕޫލުން ލީގު ތަށި އުފުލާލީ ބުދަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ޗެލްސީ އަތުން 5-3 ން މޮޅުވި މެޗަށްފަހުއެވެ.

މި ސީޒަނުގެ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ލިވަޕޫލުން ހޯދިއިރު، މިއީ އެޓީމުން 1989-1990 ގެ ސީޒަނުގެ ފަހުން އިނގިރޭސި ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. އަދި އެ ޓީމުން އިނގިރޭސި ޗެމްޕިއަންކަން ހޯދި ޖުމްލަ 19 ވަނަ ފަހަރެވެ. އެކަމަކު މިއީ 1992 ވަނަ އަހަރު އިނގިރޭސި ފުރަތަމަ ޑިވިޝަން، ޕްރިމިއާ ލީގަށް ރިބްރޭންޑްކުރި ފަހުން އެ ޓީމުން ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ލިވަޕޫލުން މި ސީޒަނުގެ ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު، ކޯޗު ޔާގެން ކްލޮޕްގެ އިރުޝާދުގެ ދަށުން މޮޅު ކުޅުމެއް ދައްކަމުން އަންނަ ލިވަޕޫލުން މިހާތަނަށް ވަނީ ޕްރިމިއާ ލީގުގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕް އަދި ކްލަބު ވޯލްޑް ކަޕްވެސް ކާމިޔާބުކޮށްފައެވެ.

އަނިޔާގެ ސަބަބުން ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން ކުޅުމާ ދުރުގައި ހުރި ނަމަވެސް، ލީގު ތަށި އުފުލާލުމުގެ ޝަރަފު އޭނާއަށް ވަނީ ދީފައެވެ.

ލިވަޕޫލްގެ ދަނޑުގައި ބުދަ ދުވަހުގެރޭ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް އެޓީމުންނެވެ. މެޗުގެ 23 ވަނަ މިނެޓުގައި މި ލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ނަބީ ކެއިޓާއެވެ.

އަދި މެޗުގެ 38 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް ލިވަޕޫލަށް ލީޑު ފުޅާކޮށްދިންއިރު، އޭގެ ފަސް މިނެޓު ފަހުން ޖޯޖީނިއޯ ވައިނަލްޑަމް ވަނީ ލިވަޕޫލްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އެކަމަކު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އޮލިވިއޭ ޖިރޫޑް ވަނީ ޗެލްސީއަށް ފަރަގު ކުޑަކޮށްދީފައެވެ.

ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ރޮބާޓް ފިރްމީނޯ ލިވަޕޫލްގެ ހަތަރުވަނަ ލަނޑު ޖެހި ނަމަވެސް، 61 ވަނަ މިނެޓުގައި ޓަމީ އަބްރަހަމް ވަނީ ޗެލްސީއަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. އަދި 73 ވަނަ މިނެޓުގައި ކްރިސްޓިއަން ޕުލިސިޗްގެ ލަނޑުން ނަތީޖާ އެއްވަރުކުރުމާ ގާތަށް ޗެލްސީ ޖެހިލި ނަމަވެސް، މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް އެލެކްސް އޮކްސްލޭޑް-ޗެމްބަލައިން ވަނީ ލިވަޕޫލަށް އަލުން ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުން ލިބުނު މޮޅާއެކު ލިވަޕޫލް އެއްވަނައިގައި އޮތީ 18 ޕޮއިންޓުގެ ލީޑަކާއެކުއެވެ. ލިވަޕޫލަށް ކުޅުނު 37 މެޗުން 96 ޕޮއިންޓު ލިބިފައިވާއިރު، ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 37 މެޗުން ލިބިފައިވަނީ 78 ޕޮއިންޓެވެ. ލިވަޕޫލް އަތުން ބަލިވި ޗެލްސީ އޮތީ ތާވަލުގެ ހަތަރުވަނައިގައި 37 މެޗުން 63 ޕޮއިންޓާއެކުއެވެ.

ލީގުގައި ބުދަ ދުވަހުގެރޭ މެންޗެސްޓާ ޔުނައިޓެޑް ވަނީ ވެސްޓް ހޭމް ޔުނައިޓެޑާ 1-1 ން އެއްވަރުކޮށް ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. ޔުނައިޓެޑަށްވެސް 37 މެޗުން 63 ޕޮއިންޓު ލިބިފައިވާއިރު، އެޓީމަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު