Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައިއޯއައިޖީ ރާއްޖޭގައި ބޭއްވުން

އައިއޯއައިޖީ ބޭއްވުމުގެ ފުރުސަތު ރާއްޖެއަށް ހަނިވެއްޖެ

6 ޖުލައި 2020 | ހޯމަ 15:18

ވަޒީރު ވިދާޅުވީ އައިއޯއައިޖީއަށް ކުރަންޖެހޭ މަސައްކަތް މިހާރު ދެ ގުނަވެފައިވާ ކަމަށް

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް | 6 ޖުލައި 2020 | ހޯމަ 15:18
ެރައީސް ޞާލިޙާއި ކުޅިވަރާ ބެހޭ ވަޒީރު މަޙްލޫފް އައިއޯއައިޖީގެ އިވެންޓެއް ބައްލަވާލައްވަނީ: ރާއްޖޭގައި ގޭމްސް ބޭއްވުމުގެ ފުރުސަތު މިހާރު ވަނީ ހަނިވެފައި

ެރައީސް ޞާލިޙާއި ކުޅިވަރާ ބެހޭ ވަޒީރު މަޙްލޫފް އައިއޯއައިޖީގެ އިވެންޓެއް ބައްލަވާލައްވަނީ: ރާއްޖޭގައި ގޭމްސް ބޭއްވުމުގެ ފުރުސަތު މިހާރު ވަނީ ހަނިވެފައި

ރާއްޖޭގައި މިހާތަނަށް ބޭއްވުމަށް ނިންމާފައިވާ އެންމެ ބޮޑު ކުޅިވަރުގެ ހަރަކާތް ކަމަށްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ހަނިވެފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އައިއޯއައިޖީ ބޭއްވުމަށް ހަމަޖެހިފައިވަނީ 2023 ވަނަ އަހަރެވެ.

ވަޒީރު ވިދާޅުވީ އައިއޯއައިޖީއަށް ކުރަންޖެހޭ މަސައްކަތް މިހާރު ދެ ގުނަވެފައިވާއިރު، ގޭމްސް ބާއްވަން ކުރަންޖެހޭ މަސައްކަތަށް ދެން އޮތީ ދެ އަހަރު ކަމަށެވެ. ރާއްޖޭގައި ގޭމްސް ބާއްވާނަމަ އެކަން ކުރަންޖެހޭނީ 2023 ވަނަ އަހަރުގެ މާޗު ނޫނީ އެޕްރީލް މަހު ކަމަށާއި، ގައުމުގެ އިޤުތިޞާދާއި މިހާރު މިއޮތް ވަގުތައް ބަލާއިރު އެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެފައިވާ ކަމަށް އައިއޯއައިޖީގެ ބިޑު ރާއްޖެއަށް ކާމިޔާބުކޮށްދިނުމުގައިވެސް މުހިންމު ދައުރެއް އަދާކުރި ވަޒީރު ވިދާޅުވިއެވެ.

މިހާރުގެ ހަލަތާއެކު ބޮޑު ހޭދަކޮށް މިވަރުގެ ބޮޑު ގޭމްސްއެއް ބޭއްވުމަކީ ކުރެވޭނެ ކަމެއްތޯ އަމިއްލަ ހިތާއި ސުވާލު ކުރެވޭއިރު، އެސޯސިއޭޝަންތަކުގެ ވެރިންގެ ހިތުގައިވެސް މިހާރު މި ސުވާލު އެބައޮތް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ގޭމްސްގެ ކަންކަން ކުރަން ބަލާއިރު ފެށުމުގެ ރަސްމިއްޔާތާއި ނިންމުގެ ރަސްމިއްޔާތައް އެކަނި ބެލި ނަމަވެސް 50 މީހުންގެ 50 ބަސް ބޭނުންވާނެ ކަމަށާއި، ގޭމްސްއަށް އެކަނިވެސް ރާއްޖެއަށް 3،500 އެތުލީޓުން އަންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިހާތަނަށް ވިސްނުން ގެންގުޅުނީ ގޭމްސްގެ ކަންކަންކޮށްފައިވާ ތަޖުރިބާކާރަކު ރާއްޖެ ގެނެސް އޭނާ ބަހައްޓައިގެން އޭނާގެ ލަފާގެ މަތިން ހުރިހާ ކަމެއް ކުރިއަށް ގެންދިޔުން ކަމަށާއި، އެހެން ނަމަވެސް މިހާރުުގެ ހާލަތާއެކު މިކަމާއި ގުޅޭ އެންމެ ފަހުގެ ނިންމުން ނިންމާނީ ރައީސުލްޖުމުހޫރިއްޔާ އުފައްދާފައިވާ މިނިސްޓީރިއަލް ކޮމިޓީން ކަމަށްވާއިރު، އެ ކޮމިޓީގެ ބައްދަލުވުން ވަރަށް އަވަހަށް ބޭއްވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ގޭމްސް ރާއްޖޭގައި ނުބާއްވަން ނިންމި ނަމަވެސް، އެތުލީޓުންނަށް ރަނގަޅު ވަސީލަތް ގާއިމުކުރުމަށް ވެފައިވާ ވައުދު ކުރިއަށްދާނެ ކަމަށާއި، އޭރުން ހަމަޖެހިލައިގެން އެކަން ކުރެވިގެންދާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

އައިއޯއައިޖީއަކީ މިހާތަނަށް ރާއްޖޭގައި ބާއްވަން ފުރުސަތު ލިބުނު ބައިނަލްއަގުވާމީ ފުރަތަމަ ކުޅިވަރު ގޭމްސްއެވެ. ރާއްޖޭގައި ރަސްމީކޮށް ކުޅިވަރު ކުޅެންފެށިތާ 88 ވުރެން ގިނަ އަހަރުވެފައިވާއިރު، އައިއޯއައިޖީގެ ބިޑު ކާމިޔާބުވުމަކީ ދިވެހި ކުޅިވަރަށް ލިބުނު އެންމެ ބޮޑު ޝަރަފަށެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އައިއޯއައިޖީ ބާއްވަން 2015 ވަނަ އަހަރު ރާއްޖޭން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، އޭރުގެ ސަރުކާރުގެ އެއްބާރުލުމެއް ނުލިބުމުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އެކަން ހުއްޓާލިއެވެ. އެހެން ނަމަވެސް މި ސަރުކާރުން އަައިއޯއައިޖީގެ ބިޑު ކާމިޔާބުކޮށްފައިވާއިރު، ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ރާއްޖޭން އައިއޯއައިޖީ ބޭއްވުމުގެ ބިޑު ކާމިޔާބުކުރީ މި ސަރަހައްދުގެ އެންމެ ބޮޑު ޖަޒީރާ ކަމަށްވާ މަޑަގަސްކަރަ އާއި ކޮމޮރޯސްއާ ވާދަކޮށްގެންނެވެ. އައިއޯއައިޖީގެ ބާއްވާ ގައުމެއް ކަނޑައަޅަން ނެގި ވޯޓުގައި ރާއްޖެއަށް ހަތަރު ގައުމެއްގެ ތާއީދު ލިބުނުއިރު، މަޑަގަސްކަރަ އާއި ކޮމޮރޯސް އަށް، ކޮންމެ ގައުމަކަށް ލިބުނީ އެއް ވޯޓެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017
ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
01 ފެބުރުއަރީ 2017

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
30 ޖެނުއަރީ 2017

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި
28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
25 ޖެނުއަރީ 2017

ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

25 ޖެނުއަރީ 2017
ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

14 ޖެނުއަރީ 2017
ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް
12 ޖެނުއަރީ 2017

ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ

12 ޖެނުއަރީ 2017
ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ
10 ޖެނުއަރީ 2017

އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

10 ޖެނުއަރީ 2017
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް