Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

އެތުލެޓިކް ބިލްބާއޯ ބަލިކޮށް ބާސެލޯނާ އަލުން އެއްވަނައަށް

އެތުލެޓިކް ބިލްބާއޯ އަތުން ބާސާ މޮޅުވީ 1-0 ން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 24 ޖޫން 2020 | ބުދަ 07:43
ބާސާ އާއި އެތުލެޓިކް ބިލްބާއޯ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބާސާ މޮޅުވީ 1-0 ން

ބާސާ އާއި އެތުލެޓިކް ބިލްބާއޯ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބާސާ މޮޅުވީ 1-0 ން

އެތުލެޓިކް ބިލްބާއޯ ބަލިކޮށް ސްޕެނިޝް ލީގުގެ އެއްވަނަ މަގާމަށް އަލުން ބާސެލޯނާ ޖެހިލައިފިއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ބާސާއިން އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

ބާސާގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. މި މެޗުގައި ބާސާއަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނުއިރު، އެޓީމަށް އެތުލެޓިކް ބިލްބާއޯގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ ހަ ހަމަލާއެކެވެ. އަދި މުޅި މެޗުގައިވެސް އެތުލެޓިކް ބިލްބާއޯއަށް ބާސާގެ ގޯލާ އަމާޒުކޮށް ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.

މެޗުގައި ބާސާއިން ޖެހި ހަމައެކަނި ލަނޑު އެޓީމުން ކާމިޔާބުކުރީ 71 ވަނަ މިނެޓުގައެވެ. ކެޕްޓަން ލިއޮނެލް މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން ބާސާއަށް ލީޑު ނަގައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އިވާން ރަކިޓިޗެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ކުޅެން އެރިތާ ހަވަނަ މިނެޓުގައެވެ.

މެޗަށްފަހު ބާސާގެ ކޯޗު ކިކޭ ސެޓިއެން ބުނީ މެޗު އުނދަގޫވާނެކަން ކުރިންވެސް އެނގޭ ކަމަށާއި، ހާލަތުގެ ގޮތުން ގޯހެއް ހަދައިގެން ފަރުޖެހެން ނެތުމުން ކުޅުންތެރިންގެ ހާސްކަން ބޮޑު ކަމަށެވެ.

މި މޮޅާއެކު ބާސާ އަލުން އެއްވަނައަށް އެރީ ކުޅުނު 31 މެޗުން 68 ޕޮއިންޓާއެކުއެވެ. ދެވަނައަށް ވެއްޓުނު ރެއާލް މެޑްރިޑަށް 30 މެޗުން ލިބިފައިވަނީ 65 ޕޮއިންޓެވެ. އެހެންކަމުން ލީގުގައި ބުދަ ދުވަހުގެރޭ މަޔޯކާ އަތުން މޮޅުވެ ރެއާލަށް އަލުން އެއްވަނައަށް އެރޭނެއެވެ.

މީގެ އިތުރުން ލީގުގައި އަންގާރަ ދުވަހުގެރޭ އެތުލެޓިކޯ މެޑްރިޑް ވަނީ ލެވަންޓޭ އަތުން 1-0 ން މޮޅުވެފައެވެ. މި މެޗުގައި އެތުލެޓިކޯއިން ކާމިޔާބުކުރި ހަމައެކަނި ލަނޑަކީ މެޗުގެ 15 ވަނަ މިނެޓުގައި ލެވަންޓޭގެ ބްރުނޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި މޮޅާއެކު އެތުލެޓިކޯ އޮތީ 55 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު