Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިޓާލިއަން ލީގު އަލުން ފެށުން

އިޓާލިއަން ލީގު ފެށުމުގެ ކުރިން ކްލަބުތަކުގެ ކަރަންޓީނު އުސޫލަށް ލުއިތަކެއް

ހޮނިހިރު ދުވަހުގެރޭ އިޓާލިއަން ލީގު އަލުން ފަށާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 20 ޖޫން 2020 | ހޮނިހިރު 10:12
ޔުވެންޓަސްއިން ދާދި ފަހުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން: ހޮނިހިރު ދުވަހުގެރޭ ލީގު އަލުން ފަށާނެ

ޔުވެންޓަސްއިން ދާދި ފަހުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން: ހޮނިހިރު ދުވަހުގެރޭ ލީގު އަލުން ފަށާނެ

އިޓާލިއަން ލީގު ފެށުމުގެ ކުރިން ކްލަބުތަކުގެ ކަރަންޓީނު އުސޫލަށް ލުއިތަކެއް ދިނުމަށް އިޓަލީގެ ސަރުކާރުން ނިންމައިފިއެވެ.

އިޓާލިއަން ލީގު އަލުން ފެށުމަށް ނިންމާފައިވަނީ ހޮނިހިރު ދުވަހުގެރޭއެވެ. އިޓާލިއަން ލީގު ފެށުމުގެ ކުރިން އިޓާލިއަން ކަޕްގެ ކުޅުން ވަނީ ނިންމާލާފައެވެ.

މީގެ ކުރިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ކްލަބެއްގެ ކުޅުންތެރިއަކު ނުވަތަ އޮފިޝަލަކު ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވް ވެއްޖެ ނަމަ، މުޅި ޓީމު އެއްކޮށް ދެ ހަފުތާއަށް ކަރަންޓީނު ކުރާނެއެވެ. އެކަމަކު ބުރާސްފަތި ދުވަހު އިޓަލީގެ ސަރުކާރުން ވަނީ ކްލަބުތަކުގެ ކަރަންޓީނު އުސޫލަށް ލުއިތަކެއް ދީފައެވެ.

އެގޮތުން ދެން ކްލަބެއްގެ ކުޅުންތެރިއަކު ނުވަތަ އޮފިޝަލަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ ނަމަ، މުޅި ޓީމު އެއްކޮށް ކަރަންޓީނު ކުރުމުގެ ބަދަލުގައި، އެ ޕޮޒިޓިވްވާ ކުޅުންތެރިޔާ އައިސޮލޭޓް ކުރަން މިހާރު ވަނީ ނިންމާފައެވެ. ސަރުކާރުގެ މި ނިންމުމަށް އިޓާލިއަން ފުޓްބޯލް ފެޑެރޭޝަންގެ ރައީސް ގެބްރިއަލީ ގްރަވީނާ ވަނީ މަރުހަބާ ދަންނަވާފައެވެ.

ހޮނިހިރު ދުވަހުގެރޭ އިޓާލިއަން ލީގު އަލުން ފަށާއިރު، އޮގަސްޓް މަހުގެ 20 ވަނަ ދުވަހުގެ ކުރިން އިޓާލިއަން ލީގު ނިންމަން މީގެ ކުރިން ވަނީ ކަނޑައަޅާފައެވެ. އިޓާލިއަން ލީގު އަލުން ފެށުމުގެ ކުރިން ކްލަބުތަކުގެ ކުޅުންތެރިން ވަނީ ކޮވިޑް-19ށް ޓެސްޓު ކޮށްފައެވެ. އެގޮތުން މީގެ ކުރިން ޕާމާގެ ދެ ކުޅުންތެރިއަކާއި، ސަމްޕްޑޯރިއާގެ ހަތަރު ކުޅުންތެރިއަކާއި، ޓޮރީނޯގެ ކުޅުންތެރިއެއްގެ އިތުރުން ފިއޮރެންޓީނާގެ ތިން ކުޅުންތެރިއަކު ވަނީ ކޮވިޑް-19ށް ޕޮޒިޓިވް ވެފައެވެ.

އިޓާލިއަން ލީގުގައި ބާކީ އޮތް ބައިގައި، އަށް ޓީމަކުން 13 މެޗު ކުޅެން ޖެހޭއިރު، ބާކީ ޓީމުތަކަށް އޮތީ 12 މެޗެވެ. އިޓާލިއަން ލީގު މެދުކަނޑާލިއިރު، އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އޮތީ ތާވަލުގެ އެއްވަނައިގައި 26 މެޗުން 63 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ލާޒިއޯ އަށް 26 މެޗުން ލިބިފައިވަނީ 62 ޕޮއިންޓެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު