Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ކްރިކެޓް ޓީމުގެ ފަރިތަކުރުންތައް

ލޮކްޑައުނަށް ފަހު ފުރަތަމަ ފަހަރަށް ގައުމީ ކްރިކެޓް ޓީމުގެ ފަރިތަކުރުންތައް ފަށަނީ

20 ޖޫން 2020 | ހޮނިހިރު 07:57

ފުރަތަމަ ދެ ހަފުތާއަށް ކުރިޔަށްދާނީ ފިޒިކަލް ޓްރޭނިންގ

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް | 20 ޖޫން 2020 | ހޮނިހިރު 07:57
ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިން: ގިނަ ދުވަސްތަކަށް ފަހު ތަމްރީންތައް ފެށުމަށް ވަނީ ތައްޔާރުވެފައި

ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިން: ގިނަ ދުވަސްތަކަށް ފަހު ތަމްރީންތައް ފެށުމަށް ވަނީ ތައްޔާރުވެފައި | ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މެދުކެނޑިފައިވާ ކުޅިވަރުގެ ހަރަކާތްތައް ފެށުމަށް ލުއިތަކެއް ދިނުމާއި ގުޅިގެން، ފުރަތަމަ ފަރިތަކުންތައް ފަށާ ޓީމަކަށް ގައުމީ ކްރިކެޓް ޓީމު ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ކުޅިވަރާ ބެހޭ ވުޒާރާ އަދި ސްޕޯޓްސް ކޮމިޝަނުގެ އިރުޝާދާއެކު ގައުމީ ކްރިކެޓް ޓީމުގެ ފަރިތަކުންތައް ހޮނިހިރު ދުވަހުގެ ހަވީރު ފެށުމަށް ނިންމާފައިވާއިރު، ފުރަތަމަ ދެ ހަފުތާއަށް ކުރިއަށްދާނީ ފިޒިކަލް ޓްރޭނިންގ ކަމަށް ކްރިކެޓް ބޯޑުން ބުނެއެވެ.

ޖިމް އާއި، ފެތުމާއި، ދުވުމާއެކު ކުރިއަށްގެންދާ ފިޒިކަލް ފިޓްނަސް ޕްރޮގްރާމުގައި ހަ ކޯޗުން ތިބޭއިރު ކޮންމެ ކޯޗެއްވެސް ގެންގުޅެނީ ފަސް ކުޅުންތެރިން ކަމަށާއި، މިހާރު އެކުލަވާލާފައިވާ 25 ކުޅުންތެރިންގެ ސްކޮޑު މި ތަމްރީނުތަކުގައި ބައިވެރިވާނެ ކަމަށް ކްރިކެޓް ބޯޑުން ބުނެއެވެ.

ތަމްރީނުތައް މާލޭގައި ފެށުމަށް ހަމަޖެހިފައިވާއިރު، ކްރިކެޓްގެ ޑިވޮލަޕްމަންޓް ޕްރޮގްރާމު ފުޅާދާއިރާއެއްގައި ކުރިއަށްގެންދާ ފުވައްމުލަކާއި ލ. ކުނަހަންދޫގައި ވެސް ހޮނިހިރު ދުވަހު ހަވީރު ތަމްރީނުތައް ފެށިގެންދާނެ ކަމަށް ކްރިކެޓް ބޯޑުން ބުނެއެވެ.

މި ދެ ރަށުގައި ވެސް ތަމްރީނުތައް ކުރިއަށްގެންދާނީ މާލޭގައި ވެސް ކުރިއަށްގެންދާ އުސޫލުން، އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިނާއި އެއްގޮތަށް ކަމަށް ކްރިކެޓް ބޯޑުން ބުނެއެވެ.

ގައުމީ ކްރިކެޓް ޓީމު އެންމެ ފަހުން ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެއީ އޭޝިއަން ކްރިކެޓް ކައުންސިލުން އިންތިޒާމުކޮށްގެން އޮމާނުގައި ބޭއްވި ވެސްޓާން ރީޖަން ޓީ20 ކްރިކެޓް މުބާރާތުގައެވެ.

ފިރިހެން ގައުމީ ޓީމުގެ އިތުރުން ފުރަތަމަ ފަހަރަށް ރާއްޖޭގެ އަންހެން ކްރިކެޓް ޓީމެއް ވަނީ މިދިޔަ އަހަރު ސައުތު އޭޝިއަން ގޭމްސްގައި ބައިވެރިވެފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް