Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިޓާލިއަން ކަޕް

ޔުވެންޓަސް ބަލިކޮށް އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ނާޕޮލީ ހޯދައިފި

ފައިނަލް މެޗު ނާޕޮލީން ކާމިޔާބުކުރީ ޕެނަލްޓީގައި 4-2 ން ޔުވެންޓަސް ބަލިކޮށްގެން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 18 ޖޫން 2020 | ބުރާސްފަތި 04:59
އިޓާލިއަން ކަޕްގެ ތަށި ނާޕޮލީން އުފުލާލަނީ: ޔުވެންޓަސް އަތުން ނާޕޮލީ މޮޅުވީ ޕެނަލްޓީގައި 4-2 ން

އިޓާލިއަން ކަޕްގެ ތަށި ނާޕޮލީން އުފުލާލަނީ: ޔުވެންޓަސް އަތުން ނާޕޮލީ މޮޅުވީ ޕެނަލްޓީގައި 4-2 ން

13 ފަހަރު އިޓާލިއަން ކަޕް ކާމިޔާބުކޮށްފައިވާ ޔުވެންޓަސް ބަލިކޮށް ނާޕޮލީން ޗެމްޕިއަންކަން ހޯދައިފިއެވެ.

ބުދަ ދުވަހުގެރޭ ކުޅުނު ފައިނަލް މެޗު ނާޕޮލީން ކާމިޔާބުކުރީ ޕެނަލްޓީގައި 4-2 ން ޔުވެންޓަސް ބަލިކޮށްގެންނެވެ.

މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ކުރީ ކޮޅު ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައެވެ. މެޗުގެ 12 ވަނަ މިނެޓުގައި ރޮނާލްޑޯ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ފުރަތަމަ ހާފުގައި ނާޕޮލީއަށް ވެސް ވަނީ ލަނޑު ޖަހަން ރަނުގެ ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ނާޕޮލީގެ ކުޅުންތެރިން ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ޔުވެންޓަސްގެ ވަރުގަދަ ޑިފެންސެވެ.

މެޗުގެ ދެވަނަ ހާފުގައި ނާޕޮލީން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ޔުވެންޓަސްގެ ހާފަށް ބާރުބޮޑު ކޮށްފައެވެ. އެގޮތުން ނާޕޮލީގެ ހަލުވި ފޯވާޑުން ވަނީ ޔުވެންޓަސްގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. މިހާފުގައި ޔުވެންޓަސްގެ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ވަނީ ނާޕޮލީން ފުލުފުލުގައި ފޮނުވާލި ހަމަލާތައް ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ޔުވެންޓަސްގެ ޕައުލޯ ޑިބާލާ އާއި ޑެނީލޯ ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވިއިރު، ނާޕޮލީން ވަނީ ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކޮށްފައެވެ.

މިއީ ޔުވެންޓަސް މި މުބާރާތުގެ ފައިނަލުން ޖެހިޖެހިގެން ބަލިވި ދެވަނަ ފަހަރެވެ. އަދި މިއީ ނާޕޮލީގެ ކޯޗު ޖެނާރޫ ގަޓޫސޯ، އޭނާގެ ކޯޗިން ކެރިއަރުގައި ކާމިޔާބުކުރި ފުރަތަމަ ތައްޓެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު