Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެމްޕިއަންސް ލީގު އަލުން ފެށުން

ފޯމެޓް ބަދަލުކޮށް ޗެމްޕިއަންސް ލީގު އޮގަސްޓް މަހު ފަށަނީ

17 ޖޫން 2020 | ބުދަ 15:22

ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ކުރިއަށްދާނީ މިނީ ޓޯނަމެންޓް ފޯމެޓަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 17 ޖޫން 2020 | ބުދަ 15:22
ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ނާޕޮލީ އާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ނާޕޮލީ އާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފޯމެޓް މިނީ ޓޯނަމެންޓް ފޯމެޓަށް ބަދަލުކޮށް، އޮގަސްޓް މަހު މުބާރާތް އަލުން ފަށަން ނިންމައިފިއެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ޗެމްޕިއަންސް ލީގު މެދުކަނޑާލީ ދެވަނަ ބުރުގެ މެޗުތަކުގެ ތެރެއިންނެވެ. އެގޮތުން ދެވަނަ ބުރުގައި ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ، ޗެލްސީ އާއި ބަޔާން މިއުނިކް، ލިޔޯން އާއި ޔުވެންޓަސް އަދި ނާޕޮލީ އާއި ބާސެލޯނާގެ ދެވަނަ ލެގުގެ މެޗުތައް ކުޅެން އެބައޮތެވެ.

ޔުއެފާއިން ޗެމްޕިއަންސް ލީގުގެ ފޯމެޓަށް ގެނައި ބަދަލާއެކު، ދެވަނަ ބުރުގެ މެޗުތަކަށްފަހު، ކުއާޓާފައިނަލުން ފަށައިގެން މެޗުތައް ކުޅޭނީ ވޯލްޑް ކަޕް ކުޅޭ އުސޫލަށެވެ. އެގޮތުން ދެ ލެގުގެ ބަދަލުގައި އެއް ލެގު ކުޅޭއިރު، ހުރިހާ މެޗެއްވެސް ކުރިއަށް ގެންދާނީ އެއް ސަރަހައްދެއްގައެވެ. އެގޮތުން މެޗުތައް ކުޅެން ޔުއެފާއިން ނިންމާފައިވަނީ ޕޯޗުގަލްގެ ވެރިރަށް ލިޒްބަންއެވެ.

އޮގަސްޓް މަހުގެ ހަތްވަނަ ދުވަހާއި އަށްވަނަ ދުވަހު ދެވަނަ ބުރުގެ މެޗުތައް ކުރިން ވެސް ކުޅެން ތާވަލުކޮށްފައި ހުރި ސްޓޭޑިއަމްތަކުގައި ކުޅޭއިރު، ކުއާޓާފައިނަލް މެޗުތައް ލިޒްބަންގައި ފަށާނީ އޮގަސްޓް މަހުގެ 12 ވަނަ ދުވަހެވެ. އަދި ފައިނަލް މެޗު ކުޅޭނީ އޮގަސްޓް މަހުގެ 23 ވަނަ ދުވަހެވެ.

މީގެ ކުރިން ޔުއެފާއިން ނިންމާފައި އޮތީ މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ތުރުކީގެ އިސްތަންބޫލްގައި ކުޅޭ ގޮތަށެވެ. އެކަމަކު މިފަހަރުގެ މެޗުތައް ލިޒްބަންގައި ކުޅެން ބަދަލުކުރުމާއެކު، އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އިސްތަންބޫލްގައި ކުޅެން މިހާރު ވަނީ ނިންމާފައެވެ.

ޗެމްޕިއަންސް ލީގެކޭ އެއް ގޮތަށް ޔޫރޮޕާ ލީގުގެ މެޗުތައް ވެސް ކުއާޓާފައިނަލާ ހިސާބުން އެއް ސަރަހައްދެއްގައި ކުޅެން މިހާރު ވަނީ ނިންމާފައެވެ. ޔޫރޮޕާ ލީގުގެ މެޗުތައް ކުރިއަށް ގެންދާނީ ޖަރުމަންގެ ހަތަރު ސިޓީއެއްގައެވެ. ޔޫރޮޕާ ލީގުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ އޮގަސްޓް މަހުގެ 21 ވަނަ ދުވަހެވެ.

އޮގަސްޓް މަހު ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ މެޗުތައް ފަށާއިރު، ގައުމުތަކުގެ ލީގުތައް އޮގަސްޓް މަހުގެ ކުރިން ނިންމުމަށް ޔުއެފާއިން ވަނީ އަންގާފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

3

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

4

ރައީސް މުއިއްޒުގެ ސިޓީފުޅާ އެކު، އިނގިރޭސިވިލާތުން ބުނީ ފޯޅަވަހީގެ މައްސަލަ އަކީ ރާއްޖެއާ ގުޅުން އޮތް ކަމެއް ނޫން ކަމަށް

5

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް