Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެނިޝް ލީގު

ލެގަނޭސް ބަލިކޮށް ބާސާއިން ލީޑު ފުޅާކޮށްފި

ލެގަނޭސް އަތުން ބާސާ މޮޅުވީ 2-0 ން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 17 ޖޫން 2020 | ބުދަ 08:17
ބާސާ އާއި ލެގަނޭސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބާސާ މޮޅުވީ 2-0 ން

ބާސާ އާއި ލެގަނޭސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބާސާ މޮޅުވީ 2-0 ން

ސްޕެނިޝް ލީގުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ލެގަނޭސް ބަލިކޮށް ބާސެލޯނާ ލީގުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފިއެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) ށްފަހު ބާސާގެ ދަނޑު، ކޭމްޕް ނޯގައި ކުޅުނު ފުރަތަމަ މެޗުން އެޓީމު މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅުނީ ލެގަނޭސްއިންނެވެ. އެގޮތުން މި ހާފުގައި ލެގަނޭސްއިން ވަނީ ބާސާގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އޭގެ ތެރެއިން އެއް ހަމަލާ، ބާސާގެ ޑިފެންޑަރު ކްލެމެންޓް ލޯންގްލޭ ވަނީ ގޯލުގެ ރޮނގު މަތިން ސަލާމަތް ކޮށްފައެވެ.

ލެގަނޭސްއިން ރަނގަޅަށް ކުޅެމުން ދިޔަ ނަމަވެސް، ގޯލާ އަމާޒުކޮށް ފޮނުވާލި ފުރަތަމަ ހަމަލާގައި ބާސާއިން ވަނީ ލީޑު ނަގާފައެވެ. ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ޖޫނިއޯ ފިރްޕޯ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ބާސާއަށް ކާމިޔާބުކޮށްދިނީ އުމުރުން 17 އަހަރުގެ އަންސޫ ފަޓީއެވެ. މިއީ މި ފަަހަރު ލީގުގައި އޭނާ ޖެހި ފަސްވަނަ ލަނޑެވެ.

ދެވަނަ ހާފުގައި ބާސާއިން ކުޅުން ރަނގަޅުކުރިއިރު، 64 ވަނަ މިނެޓުގައި ފޯވާޑް އެންޓޮއިން ގްރީޒްމަން ވަނީ އިތުރު ލަނޑެއް ޖަހާފަައެވެ. އެކަމަކު ގްރީޒްމަނަށް އެ ބޯޅަ ޖައްސާލި ބާސާގެ ޑިފެންޑަރު ނެލްސަން ސަމޭޑޯ އޮފްސައިޑުގައި ހުރުމާއެކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ވަނީ އެ ލަނޑު އޮފްސައިޑް ކަމަށް ނިންމާފައެވެ.

އެކަމަކު އޭގެ ފަސް މިނެޓު ފަހުން ބާސާއިން ވަނީ ލީޑު ފުޅާކޮށްފައެވެ. ބާސާގެ ކެޕްޓަން ލިއޮނެލް މެސީއަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއަކުން، މި ލަނޑު ބާސާއަށް ކާމިޔާބުކޮށްދިނީ މެސީއެވެ. މިއީ މި ސީޒަނުގެ ސްޕެނިޝް ލީގުގައި މެސީ ކާމިޔާބުކުރި 21 ވަނަ ލަނޑެވެ. އަދި މިއީ ކްލަބާއި ގައުމީ ޓީމަށް މިހާތަނަށް މެސީ ޖަހައިދިން 699 ވަނަ ލަނޑެވެ.

މި މޮޅާއެކު ބާސާއަށް ވަނީ އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ލިބިފައެވެ. ބާސާއަށް 29 މެޗުން 64 ޕޮއިންޓު ލިބިފައިވާއިރު، ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ކުޅުނު 28 މެޗުން ލިބިފައިވަނީ 59 ޕޮއިންޓެވެ. ލީގުގައި ބުދަ ދުވަހުގެރޭ ރެއާލް ކުޅޭނީ ވެލެންސިއާއާ ދެކޮޅަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު