Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ފުޓްބޯޅަ ޓީމުގެ އެލަވަންސް

ސަރުކާރުން ދޭ އެލަވަންސް ލިބެނީ ގައުމީ ފުޓްބޯޅަ ޓީމުގެ 23 ކުޅުންތެރިންނަށް

16 ޖޫން 2020 | އަންގާރަ 09:37

ގައުމީ ސްކޮޑުގައި އާންމުކޮށް 30 ނޫނީ 35 ވަރަކަށް ކުޅުންތެރިން ހިމެނޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 16 ޖޫން 2020 | އަންގާރަ 09:37
ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން: އެލަވަންސް ލިބެނީ 23 ކުޅުންތެރިންނަށް

ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން: އެލަވަންސް ލިބެނީ 23 ކުޅުންތެރިންނަށް

ސަރުކާރުން ދޭ އެލަވަންސް ލިބެނީ ގައުމީ ފުޓްބޯޅަ ޓީމުގެ 23 ކުޅުންތެރިންނަށް ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.

ގައުމީ ޓީމުން ކޮންމެ މެޗަކަށްވެސް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑެއް އެކުލަވާލާ ނަމަވެސް، އާންމުކޮށް ފަރިތަކުރުންތައް ކުރިއަށް ގެންދަނީ 30 ކުޅުންތެރިންނަށް ވުރެން ގިނަ ކުޅުންތެރިންގެ ސްކޮޑަކާއެކުއެވެ.

ކުރިއަށް އޮތް 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2023 ވަނަ އަހަރުގެ އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި އަންނަ އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހު ރާއްޖެއިން ކުޅޭ މެޗުތަކަށް ތައްޔާރުވާން މިހާރު ވަނީ 32 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލާފައެވެ.

އެކަމަކު ހޯމަ ދުވަހު އެފްއޭއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން ބުނީ ސަރުކާރުން ދޭ އެލަވަންސް ލިބެނީ ގައުމީ ފުޓްބޯޅަ ޓީމުގެ 23 ކުޅުންތެރިންނަށް ކަމަށާއި، މި ކަހަލަ އުނދަގޫ ހާލަތެއްގައި ވީހާވެސް ގިނަ ކުޅުންތެރިންނަށް ފައިދާ ކުރާނެ ގޮތަކަށް ބަލަމުން އަންނަ ކަމަށެވެ. އެގޮތުން ކޮންމެވެސް ވަރަކަށް ކުޅުންތެރިން ރޮޓޭޓްކުރުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށްވެސް ސުޒޭން ބުންޏެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ ގައުމީ ސްކޮޑުގައި އާންމުކޮށް 30 ނޫނީ 35 ވަރަކަށް ކުޅުންތެރިން ތިބޭއިރު އެ ހުރިހާ ކުޅުންތެރިންނަށް ސަރުކާރުން ކަނޑައަޅާފައިވާ އެލަވަންސް ނުދެވޭނެ ކަމަށެވެ. އަދި އެލަވަންސް ދިނުމުގައި ކުޅުންތެރިންގެ ހާލަތަށް ބަލާ ކަމަށާއި، އެލަވަންސް ލިބޭ ކުޅުންތެރިން ނަގަން ޖެހެނީ އެފްއޭއެމުން ކަމަށް ޖަވާޒް ފާހަގަކުރެއްވިއެވެ.

އަންހެން އަދި ފިރެހެން ކުޅުންތެރިން ތަފާތު ކުރުމެއް ނެތި ކޮންމެ މަހަކު 5،000 ރުފިޔާ ދެމުންދާއިރު، ގައުމީ ޓީމުތަކުގެ 328 ކުޅުންތެރިންނަށް ކޮންމެ މަހަކު 1.4 މިލިޔަން ރުފިޔާ އެލަވަންސްގެ ގޮތުގައި ދެމުންދެއެވެ. މީގެ ކުރިން ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް އެލަވަންސް ނުދޭކަން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަހުލޫފް ހާމަކުރެއްވި ނަމަވެސް، ފަހުން ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިވަރު ކުޅުންތެރިންނާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު ވަނީ ކުޅުންތެރިންނަށް އެލަވަންސް ދޭން ނިންމާފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

3

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

4

ރައީސް މުއިއްޒުގެ ސިޓީފުޅާ އެކު، އިނގިރޭސިވިލާތުން ބުނީ ފޯޅަވަހީގެ މައްސަލަ އަކީ ރާއްޖެއާ ގުޅުން އޮތް ކަމެއް ނޫން ކަމަށް

5

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް