Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ފަސޭހަކަމާއެކު އެއިބާ ބަލިކޮށް ރެއާލުން ފަރަގު ކުޑަކޮށްފި

14 ޖޫން 2020 | އާދީއްތަ 19:56

އެއިބާ އަތުން ރެއާލް މޮޅުވީ 3-1 ން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 14 ޖޫން 2020 | އާދީއްތަ 19:56
ރެއާލް އާއި އެިބާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ރެއާލް މޮޅުވީ 3-1 ން

ރެއާލް އާއި އެިބާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ރެއާލް މޮޅުވީ 3-1 ން

ކޮރޯނާވައިރަސް (ކޮވިޑް-19) ށްފަހު ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑުން ކުޅުނު ފުރަތަމަ މެޗު ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ.

ރެއާލްގެ ރަސްމީ ދަނޑު ސަންޓީއާގޯ ބާނަބައުގައި މަރާމާތުގެ މަސައްކަތްތަކެއް ކުރަމުން ގެންދިޔުމާއެކު، މި މެޗު ކުޅެފައިވަނީ ރެއާލުން ތަމްރީނުކުރަން ބޭނުންކުރާ އަލްފްރެޑޯ ޑި ސްޓެފާނޯ ސްޓޭޑިއަމްގައެވެ. އާދީއްތަ ދުވަހުގެރޭ އެއިބާއާ ދެކޮޅަށް ކުޅުނު މެޗު ރެއާލުން ކާމިޔާބު ކޮށްފައިވަނީ 3-1 ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި ރެއާލުން ލަނޑު ޖަހާ ލީޑު ނެގިއިރު، މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޖަރުމަންގެ މިޑްފިލްޑަރު ޓޯނީ ކްރޫސްއެވެ. މި ލަނޑަށްފަހު އެއިބާއިން ރެއާލްގެ ހާފަށް ބާރު ބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރިނަމަވެސް، ރެއާލްގެ ޑިފެންޑަރުން ވަނީ އެއިބާގެ ހަމަލާތައް ހުއްޓުވާފައެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކޮންޓްރޯލް ރެއާލަށް ލިބިގެންދިޔައީ މެޗުގެ 30 ވަނަ މިނެޓުގައި އުފެއްދި ކައުންޓާ އެޓޭކުގައި އެޑެން ހެޒާޑް ތަނަވަސްކޮށްދިން ފުރުސަތަކުން ކެޕްޓަން ސާޖިއޯ ރާމޯސް ކާމިޔާބުކޮށްދިން ލަނޑާ ހިސާބުންނެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލުން ވަނީ އެޓީމުގެ ތިންވަނަ ލަނޑުވެސް ކާމިޔާބުކޮށްފައެވެ. މެޗުގެ 37 ވަނަ މިނެޓުގައި މި ލަނޑު ޖެހީ ޑިފެންޑަރު މާސެލޯއެވެ.

މެޗުގެ ދެވަނަ ހާފުގައި އެއިބާއިން އެޓީމުގެ ކުޅުން ރަނގަޅު ކުރިއިރު، މި ހާފުގައި ކުރީކޮޅު އެޓީމުން ވަނީ ފަރަގު ކުޑަކޮށްފައެވެ. މެޗުގެ 60 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޕެޑްރޯ ބިގާސްއެވެ. މި ލަނޑަށްފަހު ވެސް އެއިބާއިން ގެންދިޔައީ ފުލުފުލުގައި ރެއާލްގެ ގޯލަށް ހަމަލާ ފޮނުވާލަމުންނެވެ. އެކަމަކު ރެއާލުގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ ވަނީ މެޗުގައި އެއިބާއިން ފޮނުވާލި ގިނަ ހަމަލާތަކެއް ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މިނަތީޖާ އާއެކު ރެއާލުން ވަނީ އެއްވަނައިގައި އޮތް ބާސެލޯނާގެ ފަރަދު ދެ ޕޮއިންޓަށް ކުޑަކޮށްފައެވެ. ބާސެލޯނާ އެއްވަނައިގައި އޮތީ 61 ޕޮއިންޓާއިއެކުގައެވެ. ދެވަނައިގައި އޮތް ރެއާލަށް ލިބިފައިވަނީ 59 ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް ސެވިއްޔާއަށް ލިބިފައިވަނީ 50 ޕޮއިންޓެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

3

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

4

ރައީސް މުއިއްޒުގެ ސިޓީފުޅާ އެކު، އިނގިރޭސިވިލާތުން ބުނީ ފޯޅަވަހީގެ މައްސަލަ އަކީ ރާއްޖެއާ ގުޅުން އޮތް ކަމެއް ނޫން ކަމަށް

5

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް