Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރެންޗު ލީގު ކެންސަލް ކުރުން

ޕްލޭއޮފް ކުޅޭ ގޮތަށް ފްރެންޗު ލީގު އޮގަސްޓް ދޭއްގެ ކުރިން ފެށިދާނެ: ޔުއެފާ

8 ޖޫން 2020 | ހޯމަ 13:13

ފްރެންޗު ލީގު ކެންސަލްކޮށް، ޕީއެސްޖީ އަށް ވަނީ ޗެމްޕިއަންކަން ދީފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 8 ޖޫން 2020 | ހޯމަ 13:13
ޔުއެފާ ރައީސް އަލެކްސަންޑަ ކެފެރިން: އޮގަސްޓް ދޭއްގެ ކުރިން ފްރެންޗު ލީގު ފެށޭނެ ކަމަށް ވަނީ ބުނެފައި

ޔުއެފާ ރައީސް އަލެކްސަންޑަ ކެފެރިން: އޮގަސްޓް ދޭއްގެ ކުރިން ފްރެންޗު ލީގު ފެށޭނެ ކަމަށް ވަނީ ބުނެފައި

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ކެންސަލް ކޮށްފައިވާ ފްރެންޗު ލީގު، ޕްލޭއޮފް ކުޅޭ ގޮތަށް އޮގަސްޓް މަހުގެ ދެވަނަ ދުވަހުގެ ކުރިން ފެށިދާނެ ކަމަށް ޔުއެފާ އިން ބުނެފިއެވެ.

ސެޕްޓެމްބަރު މަހުގެ ކުރިން މީހުން އެއްވެ އުޅެ ކުރިއަށް ގެންދާ އެއްވެސް ހަރަކާތެއް ނުބޭއްވޭނެ ކަމަށް ފްރާންސް ސަރުކާރުން ނިންމުމާއެކު ފްރެންޗު ލީގު ކެންސަލް ކުރީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ.

ފްރެންޗު ލީގު ކެންސަލް ކޮށް، ޕީއެސްޖީ އަށް ވަނީ ޗެމްޕިއަންކަން ދީފައެވެ. ފްރެންޗު ލީގަކީ ޔޫރަޕުގެ ގަދަ ފަސް ލީގުގެ ތެރެއިން ކެންސަލް ކުރި ހަމައެކަނި ލީގެވެ. މީގެ ކުރިން ޖަރުމަން ލީގުގެ ކުޅުން ފަށާފައި ވާއިރު، މި މަހުގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގާއި ސްޕެނިޝް ލީގުގެ އިތުރުން އިޓާލިއަން ލީގު އަލުން ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.

ދާދި ފަހުން ޔުއެފާ ރައީސް އަލެކްސަންޑަ ކެފެރިން ވިދާޅުވީ ގައުމުތަކުގެ ލީގުތަކާ މެދު އަމަލުކުރާނެ ގޮތެއް ނިންމާނީ އެ ގައުމެއްގެ ފުޓްބޯޅަ އެސޯސިއޭޝަނަކުން ކަމަށެވެ. އެކަމަކު ފްރެންޗު ލީގު ކެންސަލް ކުރަން ނިންމީ މާ އަވަހަށް ކަމަށާއި، އޮގަސްޓް މަހުގެ ދެވަނަ ދުވަހުގެ ކުރިން ޕްލޭއޮފް ކުޅޭ ގޮތަށް ފްރެންޗު ލީގު އަލުން ފެށުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޔުއެފާއިން މަސައްކަތް ކުރަމުން އަންނަނީ ގައުމުތަކުގެ ލީގުތައް ނިންމާ، އޮގަސްޓް މަހުގެ ތެރޭގައި ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު އަލުން ފެށުމަށެވެ.

ފްރެންޗު ލީގު ކެންސަލް ކުރުމާ ގުޅިގެން ގިނަ ފަރާތްތަކަކުން ވަނީ ނުރުހުން ފާޅު ކޮށްފައެވެ. އެގޮތުން ލީގުގެ ޗެމްޕިއަންކަން ދިން ޕީއެސްޖީގެ ތަރި އެންހެލް ޑި މާރިއާ އާއި ފްރާންސްގެ ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު ވެސް ވަނީ ފްރެންޗު ލީގު ކެންސަލް ކުރަން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމީ މާ އަވަހަށް ކަމަށް ވިދާޅުވެފައެވެ.

ފްރެންޗު ލީގު ކެންސަލް ކުރީ އަންނަ ސީޒަނުގެ ޔޫރަޕް މުބާރާތްތަކަށް ކޮލިފައިވާ ޓީމުތައް ކަނަޑައެޅުމަށް ފަހުއެވެ. އެގޮތުން ފްރެންޗު ލީގުން ޔުއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިވީ އެއްވަނައިގައި އޮތް ޕީއެސްޖީއާއި ދެވަނައިގައި އޮތް މާސޭ އަދި ތިންވަނައިގައި ރެނެސްއެވެ. އަދި ޔުއެފާ ޔޫރޮޕާ ލީގަށް ކޮލިފައިވީ ހަތަރުވަނައިގައި އޮތް ލިލް އާއި ފަސްވަނައިގައި އޮތް ރެއިމްސް އަދި ހަވަނައިގައި އޮތް ނީސްއެވެ. އެހެންކަމުން މިއީ 1997 ވަނަ އަހަރަށް ފަހު ޔޫރަޕުގެ މުބާރާތަކުން ތާވަލުގެ ހަތްވަނައިގައި އޮތް ލިޔޯނަށް ފުރުސަތު ގެއްލުނު ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން ލީގު ކެންސަލް ކުރުމާއެކު ތާވަލުގެ ފުލުގައި އޮތް ދެ ޓީމު ކަމަށްވާ އަމިއެންސް އާއި ޓުލޫސް ވަނީ ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވެފައެވެ.

އެއާއެކު ލިޔޯން އާއި، އަމިއެންސް އަދި ޓުލޫސް އިން ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް، ކޯޓުން އެ މައްސަލަ ބަލައިގަނެފައެއް ނުވެއެވެ. އެހެންކަމުން ލިޔޯނުގެ ރައީސް ޖިއަން-މިކޭލް އައުލަސް ވަނީ ފްރާންސް ސަރުކާރުގެ އެންގުމަށް ލީގު ކެންސަލްކޮށްފައި ވާތީ އަލުން ލީގު ފަށަން ސަރުކާރުން އިސްނެގުމަށް އެދިފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

3

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

4

ރައީސް މުއިއްޒުގެ ސިޓީފުޅާ އެކު، އިނގިރޭސިވިލާތުން ބުނީ ފޯޅަވަހީގެ މައްސަލަ އަކީ ރާއްޖެއާ ގުޅުން އޮތް ކަމެއް ނޫން ކަމަށް

5

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް