Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސުއަރޭޒް އަނިޔާއިން ރަނގަޅުވުން

އަނިޔާއިން ރަނގަޅުވެ، ލީގު ފަށަން ވާއިރަށް ސުއަރޭޒް ތައްޔާރު

ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ސުއަރޭޒް ވަނީ އޮޕަރޭޝަން ކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 7 ޖޫން 2020 | އާދީއްތަ 12:16
ބާސެލޯނާގެ ފޯވާޑް ލުއިސް ސުއަރޭޒް: އޭނާ މިހާރު ވަނީ އެއްކޮށް ފިޓްވެފައި

ބާސެލޯނާގެ ފޯވާޑް ލުއިސް ސުއަރޭޒް: އޭނާ މިހާރު ވަނީ އެއްކޮށް ފިޓްވެފައި

ކަކުލަށް ލިބުނު އަނިޔާއިން ބާސެލޯނާގެ ފޯވާޑް ލުއިސް ސުއަރޭޒް އެއްކޮށް ރަނގަޅު ވެފައިވާކަމަށް އެ ކްލަބުން ބުނެފިއެވެ.

އުމުރުން 33 އަހަރުގެ ސުއަރޭޒްގެ ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޮޕަރޭޝަނެއް ކޮށްފައިވާއިރު މިހާރު އޭނާ ވަނީ އެއްކޮށް ފިޓްވެފައި ކަމަށް ބާސާއިން ވަނީ ބުނެފައެވެ.

ސުއަރޭޒް އެންމެ ފަހުން ބާސެލޯނާއަށް ކުޅެދިން މެޗަކީ ޖެނުއަރީ މަހު ސްޕެނިޝް ސުޕަ ކަޕް ސެމީ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކުޅުނު މެޗެވެ. އެމެޗުން ބާސެލޯނާ ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ.

ޖެނުއަރީ މަހު ސުއަރޭޒްއަށް އަނިޔާވިއިރު، މިދިޔަ މެއި މަހުގެ އަށްވަނަ ދުވަހުން ފެށިގެން ސުއަރޭޒް އަންނަނީ ބާސާގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.

މިމަހުގެ 11 ވަނަ ދުވަހު ސްޕެނިޝް ލީގު އަލުން ފަށާއިރު، ބާސާ އިން ފުރަތަމަ މެޗެއް ކުޅޭނީ މި މަހުގެ 14 ވަނަ ދުވަހުގެރޭއެވެ. އެ ރޭ ބާސާ ނުކުންނާނީ މަޔޯކާއާ ދެކޮޅަށެވެ. މި މެޗުގައި ސުއަރޭޒް ކުޅޭނެ ކަމަށް ރިޕޯޓުތައް ބުނިއިރު، މިއީ ޖެނުއަރީ މަހު ބާސާގެ ކޯޗުކަމާ ހަވާލުވި ކިކޭ ސެޓިއެންއަށް ސުއަރޭޒް ބޭނުން ކުރަން ލިބޭނެ ފުރަތަމަ މެޗެވެ.

2014 ވަނަ އަހަރު ލިވަޕޫލް ދޫކޮށް ބާސާއަށް ބަދަލުވި ސުއަރޭޒް އަންނަނީ އެޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ސުއަރޭޒް ވަނީ މި ސީޒަނުގައި ބާސާއަށް ކުޅުނު 23 މެޗުން 14 ލަނޑު ޖަހާފައެވެ.

ސްޕެނިޝް ލީގު އަލުން ފަށާއިރު، އެއްވަނައިގައި އޮތް ބާސާ އާއި ދެވަނައިގައި އޮތް ރެއާލް މެޑްރިޑާއި ދެމެދު އޮތީ ދެ ޕޮއިންޓުގެ ފަރަގެކެވެ. ބާސާއަށް 27 މެޗުން 58 ޕޮއިންޓު ލިބިފައިވާއިރު، ރެއާލަށް ވަނީ 27 މެޗުން 56 ޕޮއިންޓު ލިބިފައެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު