Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެންމެ މޮޅު ފަސް ކުޅުންތެރިން

އެންމެ މޮޅު ކުޅުންތެރިއަކީ މެސީ، ގަދަ ފަހެއްގައި ރޮނާލްޑޯ ނުހިމެނޭ

3 ޖޫން 2020 | ބުދަ 15:49

ރޮނާލްޑޯ ނަޒާރިއޯގެ ލިސްޓުގައި މެސީގެ އިތުރުން ހިމެނެނީ ހަޒާޑް، އެމްބާޕޭ، ނޭމާ އަދި ސަލާހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 3 ޖޫން 2020 | ބުދަ 15:49
ލިއޮނެލް މެސީ (ކ)، ކްރިސްޓިއާނޯ ރޮނާލްޑޯ (ވ): ރޮނާލްޑޯ ނަޒާރިއޯގެ ނަޒަރުގައި އެންމެ މޮޅީ މެސީ

ލިއޮނެލް މެސީ (ކ)، ކްރިސްޓިއާނޯ ރޮނާލްޑޯ (ވ): ރޮނާލްޑޯ ނަޒާރިއޯގެ ނަޒަރުގައި އެންމެ މޮޅީ މެސީ

މި ވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކީ އާޖެންޓީނާގެ ފޯވާޑް ލިއޮނެލް މެސީ ކަމަށް ބްރެޒިލްގެ ކުރީގެ އެއްވަނަ ފޯވާޑް ލުއިޒް ރޮނާލްޑޯ ނަޒާރިއޯ ބުނެފި އެވެ.

90 ގެ އަހަރުތަކުގައި ވިދާލި ބްރެޒިލްގެ ފޯވާޑް ރޮނާލްޑޯ ނަޒާރިއޯ އަކީ ގިނަ ބަޔެއްގެ ނަޒަރުގައި އަދިވެސް އެންމެ މޮޅު އެއް ފޯވާޑެވެ. ރޮނާލްޑޯ ނަޒާރިއޯ ވަނީ 1993ން 2011ށް ބާސެލޯނާ، އިންޓަ މިލާން، ރެއާލް މެޑްރިޑް އަދި އޭސީ މިލާނުގައި ހުނަރު ސާބިތުކޮށްދީފަ އެވެ. ކެރިއަރުގައި ޗެމްޕިއަންސް ލީގު ފިޔަވައި ރޮނާލްޑޯ ނަޒާރިއޯ ވަނީ ބޮޑެތި ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފަ އެވެ.

ދާދި ފަހުން ރޮނާލްޑޯ ނަޒާރިއޯ ވަނީ އޭނާގެ ނަޒަރުން މި ވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅު ފަސް ކުޅުންތެރިންގެ ލިސްޓެއް ހަދާފަ އެވެ. މި ލިސްޓުގެ އެއްވަނަ ލިބެނީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބަލޮންޑޯ އެވޯޑް އެންމެ ގިނައިން ހޯދާފައިވާ ލިއޮނެލް މެސީ އެވެ. މި ލިސްޓުގައި މެސީއާ އެންމެ ވާދަވެރި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެއް ނުހިމެނެ އެވެ.

ރޮނާލްޑޯ ނަޒާރިއޯގެ ލިސްޓުގައި މެސީގެ އިތުރުން ދެން ހިމެނެނީ ބެލްޖިއަމްގެ އެޑެން ހަޒާޑާއި، ފްރާންސްގެ ކީލިއަން އެމްބާޕޭ އާއި، ބްރެޒިލްގެ ނޭމާގެ އިތުރުން މިސްރުގެ މުހައްމަދު ސަލާހެވެ.

މި ވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅު ފަސް ކުޅުންތެރިންގެ ލިސްޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ނުހިމެނި ނަމަވެސް، މީގެ ކުރިން ރޮނާލްޑޯ ނަޒާރިއޯ ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ތައުރީފުކޮށް ވާހަކަދައްކާފަ އެވެ.

އެގޮތުން އުމުރުން 35 އަހަރުގައި ވެސް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ތަފާތު ދެއްކެނީ އޭނާ އެ ފެންވަރުގައި ހުންނަން ކުރާ މަސައްކަތުންކަން ރޮނާލްޑޯ ނަޒާރިއޯ ވަނީ ފާހަގަކޮށްފަ އެވެ. އަދި އޭނާ އަކީ އެންމެ މަތީ ލެވެލްގެ ޕްރޮފެޝަނަލް އެތުލީޓެއް ކަމަށް ވެސް ރޮނާލްޑޯ ނަޒާރިއޯ މީގެ ކުރިން ވަނީ ބުނެފަ އެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

3

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

4

ރައީސް މުއިއްޒުގެ ސިޓީފުޅާ އެކު، އިނގިރޭސިވިލާތުން ބުނީ ފޯޅަވަހީގެ މައްސަލަ އަކީ ރާއްޖެއާ ގުޅުން އޮތް ކަމެއް ނޫން ކަމަށް

5

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް