Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔެރީ މިނާ އަށް އަނިޔާވުން

އަނިޔާގެ ސަބަބުން ޕްރިމިއާ ލީގު އަލުން ފަށާއިރު ޔެރީ މިނާ އަށް ނުކުޅެވޭނެ

މީނާގެ ފައިގެ ފަލަމަސް ގަނޑަށް އަނިޔާވީ މިދިޔަ ހުކުރު ދުވަހު ކުރިޔަށް ދިޔަ ފަރިތަކުރުންތަކުގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 3 ޖޫން 2020 | ބުދަ 12:29
އެވަޓަންގެ ޑިފެންޑަރު ޔެރީ މިނާ: ފައިގެ ފަލަމަސް ގަނޑަށް އަނިޔާވީ މިދިޔަ ހުކުރު ދުވަހު

އެވަޓަންގެ ޑިފެންޑަރު ޔެރީ މިނާ: ފައިގެ ފަލަމަސް ގަނޑަށް އަނިޔާވީ މިދިޔަ ހުކުރު ދުވަހު

އަނިޔާގެ ސަބަބުން އިނގިރޭސި ޕްރިމިއާ ލީގު އަލުން ފަށާއިރު އެވަޓަންގެ ޑިފެންޑަރު ޔެރީ މިނާ އަށް ނުކުޅެވޭނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

މިމަހުގެ 17 ވަނަ ދުވަހު ޕްރިމިއާ ލީގު އަލުން ފެށުމަށް ތާވަލުކޮށްފައިވާއިރު، މިދިޔަ ހަފުތާގައި ވަނީ ކުޅުންތެރިން ކޮންޓެކްޓް ވެވޭ ގޮތަށް ފަރިތަކުރަން ހުއްދަ ދީފަ އެވެ. އެގޮތުން އެވަޓަނުން މިދިޔަ ހުކުރު ދުވަހު ކުރިޔަށް ދިޔަ ފަރިތަކުރުންތަކުގައި މީނާގެ ފައިގެ ފަލަމަސް ގަނޑަށް އަނިޔާވެފައިވާ ކަމަށް އެ ކްލަބުން ވަނީ ހާމަކޮށްފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން މި އަނިޔާގެ ސަބަބުން ދެތިން ހަފުތާ އަށް މީނާ ކުޅުމާ ދުރަށް ދާން ޖެހޭނެ އެވެ. އަދި މިހާތަނަށް މި އަނިޔާގެ ތަފުސީލެއް އެވަޓަނުން ހާމަކޮށްފައި ނުވާއިރު، މިނާ އަށް އަލުން ކުޅުމުގެ ތެރެއަށް އާދެވޭނެ ވަކި ތާރީޚެއް ވެސް ހާމަކޮށްފައެއް ނުވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލި ޕްރިމިއާ ލީގު މިމަހުގެ 17 ވަނަ ދުވަހު އަލުން ފަށާއިރު، އެވަޓަނުން އެންމެ ފުރަތަމަ ކުޅޭ މެޗުގައި ނުކުންނާނީ ވާދަވެރި ލިވަޕޫލާ ދެކޮޅަށެވެ. އެހެންކަމުން މި މެޗުގައި މީނާ އަށް ނުކުޅެވުމަކީ އެވަޓަން އަށް ލިބޭނެ ބޮޑު ގެއްލުމެކެވެ.

2018 ވަނަ އަހަރު ބާސެލޯނާ ދޫކޮށް އެވަޓަން އަށް ބަދަލުވި އުމުރުން 25 އަހަރުގެ ކޮލޮމްބިއާގެ ޑިފެންޑަރު އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މި ސީޒަނުގައި މިހާތަނަށް މީނާ ވަނީ އެވަޓަން އަށް ކުޅެދިން 25 މެޗުގައި ދެ ލަނޑު ޖަހާފަ އެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު