Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސަޕޯޓަރުންނަށް ދަނޑުތައް ހުޅުވާލުން

"މި ސީޒަނުގެ ސްޕެނިޝް ލީގު މެޗުތައް ބަލަން ސަޕޯޓަރުން ދަނޑަށް ވެއްދުން ނާދިރު"

3 ޖޫން 2020 | ބުދަ 12:31

މިމަހުގެ 11 ވަނަ ދުވަހު ސްޕެނިޝް ލީގު އަލުން ފެށުމަށް ވަނީ ނިންމާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 3 ޖޫން 2020 | ބުދަ 12:31
ސްޕެނިޝް ލީގުގައި މީގެ ކުރިން ކުޅުނު މެޗެއްގެ ތެރެއިން ބާސާގެ ކުޅުންތެރިން އުފާފާޅު ކުރަނިކޮށް

ސްޕެނިޝް ލީގުގައި މީގެ ކުރިން ކުޅުނު މެޗެއްގެ ތެރެއިން ބާސާގެ ކުޅުންތެރިން އުފާފާޅު ކުރަނިކޮށް | ގެޓީ އިމޭޖަސް

މި ސީޒަނުގެ ސްޕެނިޝް ލީގު މެޗުތައް ބަލަން ސަޕޯޓަރުން ދަނޑަށް ވެއްދުން ނާދިރު ކަމަށް ސްޕެއިންގެ ނެޝަނަލް ސްޕޯޓްސް ކައުންސިލްގެ ރައީސް އިރެނޭ ލޮހާނޯ ބުނެފި އެވެ.

ކޮވިޑާ ގުޅިގެން މެދުކަނޑާލި ސްޕެނިޝް ލީގު މިމަހުގެ 11 ވަނަ ދުވަހު އަލުން ފަށާއިރު، މެޗުތައް ކުޅެން ތާވަލުކޮށްފައިވަނީ ދަނޑަށް ސަޕޯޓަރުން ނުވައްދަ އެވެ.

މީގެ ކުރިން މި ސީޒަނުގެ އިޓާލިއަން ލީގު ނިމުމުގެ ކުރިން ސަޕޯޓަރުންނަށް ދަނޑު ހުޅުވާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އިޓާލިއަން ފުޓްބޯލް ފެޑެރޭޝަންގެ ރައީސް ގެބްރިއަލީ ގްރަވީނާ ވަނީ ވިދާޅުވެފަ އެވެ.

އެކަމަކު ސްޕެއިންގެ ނެޝަނަލް ސްޕޯޓްސް ކައުންސިލްގެ ރައީސް ލޮހާނޯ ވިދާޅުވީ މި ދަނޑިވަޅުގައި އެންމެ މުހިންމީ އާންމު ރައްޔިތުންނާއި ކުޅުންތެރިންގެ ސިއްހަތު ކަމަށާއި، ފުޓްބޯޅަ މެޗުތައް އަލުން ފަށާއިރު ކަނޑައަޅާފައިވާ އުސޫލުތަކަށް ފުރިހަމަ އަށް ތަބާވާން ޖެހޭނެ ކަމަށެވެ. އަދި މި ސީޒަނުގެ ސްޕެނިޝް ލީގު މެޗުތައް ބަލަން ސަޕޯޓަރުން ދަނޑަށް ވެއްދުމަކީ ބޮޑު ރިސްކެއް ކަމަށާއި، އެކަން އެގޮތަށް ނުކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

ދަނޑަށް ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅޭ ގޮތަށް މި މަހުގެ 11 ވަނަ ދުވަހު ސްޕެނިޝް ލީގު އަލުން ފަށާއިރު، މިދިޔަ ހޯމަ ދުވަހުން ފެށިގެން ހުރިހާ ކުޅުންތެރިން އެކުގައި ތަމްރީނުކުރުމުގެ ހުއްދަ ސްޕެނިޝް ލީގުގެ ކްލަބުތަކަށް ވަނީ ދީފަ އެވެ.

ސްޕެނޝް ލީގު އަލުން ފަށާއިރު، މީގެ ކުރިން ވަނީ ސްޕެއިންގެ ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގެ ހުރިހާ ކުޅުންތެރިން ކޮވިޑް-19ށް ޓެސްޓު ކޮށްފަ އެވެ. އެއާއެކު ދެ ޑިވިޝަނުން މީގެ ކުރިން ފަސް ކުޅުންތެރިއަކު ވަނީ ކޮވިޑް-19ށް ޕޮޒިޓިވްވެފަ އެވެ.

ޖޫން މަހުގެ 11 ވަނަ ދުވަހު ސްޕެނިޝް ލީގު އަލުން ފަށާއިރު، އެއްވަނައިގައި އޮތް ބާސެލޯނާ އާއި ދެވަނައިގައި އޮތް ރެއާލް މެޑްރިޑާއި ދެމެދު އޮތީ ދެ ޕޮއިންޓުގެ ފަރަގެކެވެ. ބާސާ އަށް 27 މެޗުން 58 ޕޮއިންޓު ލިބިފައިވާއިރު، ރެއާލަށް ވަނީ 27 މެޗުން 56 ޕޮއިންޓު ލިބިފަ އެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

3

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

4

ރައީސް މުއިއްޒުގެ ސިޓީފުޅާ އެކު، އިނގިރޭސިވިލާތުން ބުނީ ފޯޅަވަހީގެ މައްސަލަ އަކީ ރާއްޖެއާ ގުޅުން އޮތް ކަމެއް ނޫން ކަމަށް

5

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް