Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފްރެންޗު ލީގު ކެންސަލް ކުރުން

ކެންސަލް ކުރި ފްރެންޗު ލީގު ފަށަން ލިޔޯނުން ސަރުކާރުގައި އެދިއްޖެ

ފްރެންޗު ލީގު ކެންސަލްކޮށް، ޕީއެސްޖީ އަށް ވަނީ ޗެމްޕިއަންކަން ދީފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 26 މެއި 2020 | އަންގާރަ 15:25
ލިޔޯނުގެ ރައީސް ޖިއަން-މިކޭލް އައުލަސް: ލީގު ފެށުމާ ބެހޭގޮތުން ފްރާންސްގެ ބޮޑުވަޒީރާއި ކުޅިވަރާ ބެހޭ ވަޒީރަށް ވަނީ ސިޓީއެއް ފޮނުވާފައި

ލިޔޯނުގެ ރައީސް ޖިއަން-މިކޭލް އައުލަސް: ލީގު ފެށުމާ ބެހޭގޮތުން ފްރާންސްގެ ބޮޑުވަޒީރާއި ކުޅިވަރާ ބެހޭ ވަޒީރަށް ވަނީ ސިޓީއެއް ފޮނުވާފައި

ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ފްރެންޗު ލީގު ކެންސަލް ކުރަން ނިންމި ނިންމުން ބަދަލުކޮށް، އަލުން ލީގު ފަށަން ހުއްދަ ދިނުމަށް އެދި ލިޔޯނުން ފްރާންސްގެ ސަރުކާރުގައި އެދިއްޖެ އެވެ.

ސެޕްޓެންބަރު މަހުގެ ކުރިން މީހުން އެއްވެ އުޅެ ކުރިއަށް ގެންދާ އެއްވެސް ހަރަކާތެއް ނުބޭއްވޭނެ ކަމަށް ފްރާންސް ސަރުކާރުން ނިންމުމާ އެކު ފްރެންޗު ލީގު ކެންސަލް ކުރީ މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު އެވެ.

ފްރެންޗު ލީގު ކެންސަލް ކޮށް، ޕީއެސްޖީ އަށް ޗެމްޕިއަންކަން ދިންއިރު، ލީގު ކެންސަލް ކުރީ އަންނަ ސީޒަނުގެ ޔޫރަޕް މުބާރާތްތަކަށް ކޮލިފައިވާ ޓީމުތައް ކަނަޑައެޅުމަށް ފަހު އެވެ. އެގޮތުން ފްރެންޗު ލީގުން ޔުއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިވީ އެއްވަނައިގައި އޮތް ޕީއެސްޖީ އާއި ދެވަނައިގައި އޮތް މާސޭ އަދި ތިންވަނައިގައި ރެނެސް އެވެ. އަދި ޔުއެފާ ޔޫރޮޕާ ލީގަށް ކޮލިފައިވީ ހަތަރުވަނައިގައި އޮތް ލިލް އާއި ފަސްވަނައިގައި އޮތް ރެއިމްސް އަދި ހަވަނައިގައި އޮތް ނީސް އެވެ. އެހެންކަމުން މިއީ 1997 ވަނަ އަހަރަށް ފަހު ޔޫރަޕްގެ މުބާރާތަކުން ތާވަލުގެ ހަތްވަނައިގައި އޮތް ލިޔޯނަށް ފުރުސަތު ގެއްލުނު ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން ލީގު ކެންސަލް ކުރުމާއެކު ތާވަލުގެ ފުލުގައި އޮތް ދެ ޓީމު ކަމަށްވާ އަމިއެންސް އާއި ޓުލޫސް ވަނީ ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވެފައެވެ.

އެއާއެކު ލިޔޯން، އަމިއެންސް އަދި ޓުލޫސް އިން ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް، ކޯޓުން އެއް މައްސަލަ ބަލައިގެންފައެއް ނުވެއެވެ. އެހެންކަމުން ލިޔޯނުގެ ރައީސް ޖިއަން-މިކޭލް އައުލަސް ވަނީ ފްރާންސް ސަރުކާރުގެ އެންގުމަށް ލީގު ކެންސަލްކޮށްފައި ވާތީ އަލުން ލީގު ފަށަން ސަރުކާރުން އިސްނެގުމަށް އެދިފަ އެވެ.

ލީގު ފެށުމާ ބެހޭގޮތުން އައުލަސް ފްރާންސްގެ ބޮޑުވަޒީރާއި ކުޅިވަރާ ބެހޭ ވަޒީރަށް ސިޓީއެއް ފޮނުވިއިރު، އޭނާ ވިދާޅުވީ ޖޫން މަހުގެ ދެވަނަ ދުވަހު ފްރާންސްގައި ވެސް އަލުން ފުޓުބޯޅައިގެ ދޮރުތައް ހުޅުވަން ޖެހޭ ކަމަށެވެ. އަދި ޔޫރަޕުގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ފްރާންސްގައި މެޗުތައް ނުކުޅެވެންވީ ސަބަބެއް ނެތް ކަމަށާއި ސިއްހީ މާހިރުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ސީޒަން އަލުން ފަށައި ޖުލައި މަހާއި އޮގަސްޓް މަހުގައި ކުޅެގެން ވެސް ލީގު ފުރިހަމަ ކުރެވޭނެކަމަށް ވެސް ވިދާޅުވި އެވެ.

ޔޫރަޕުގެ ގަދަ ފަސް ލީގުގެ ތެރޭގައި ހިމެނޭ ފްރެންޗު ލީގު ކެންސަލް ކުރިއިރު، މިމަގުގެ 16 ވަނަ ދުވަހު ޖަރުމަން ލީގުގެ ކުޅުން ވަނީ ފަށާފަ އެވެ. އަދި އަންނަ ޖޫން މަހު އިނގިރޭސި ޕްރިމިއަރ ލީގު، ސްޕެނިޝް ލީގު އަދި އިޓާލިއަން ލީގު އަލުން ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 މެއި
މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟
20251 އަހަރު ކުރިން
ރިޕޯޓު

މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު
20242 އަހަރު ކުރިން
ރާއްޖެ

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު
20233 އަހަރު ކުރިން
ކުޅިވަރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟
20224 އަހަރު ކުރިން
ރިޕޯޓު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"
20215 އަހަރު ކުރިން
ރާއްޖެ

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި
20197 އަހަރު ކުރިން
ދުނިޔެ

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"
20188 އަހަރު ކުރިން
ދުނިޔެ

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު