Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑް-19 ފްރާންސްގެ ހާލަތު

ފްރާންސް ލޮކްޑައުން ކުރި ފަހުން އެންމެ މަދުން ކޭސްތައް ފެނުނީ އާދިއްތަ ދުވަހު

އާދިއްތަ ދުވަހު އެގައުމުގައި އަލަށް ވައިރަސް ޖެހިފައިވަނީ 115 މީހުންނަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 25 މެއި 2020 | ހޯމަ 06:43
ފްރާންސްގެ ރައްޔިތުންތަކެއް ހިތްހަމަ ޖައްސާލުމަށް ބޭރަށް ނިކުމެ

ފްރާންސްގެ ރައްޔިތުންތަކެއް ހިތްހަމަ ޖައްސާލުމަށް ބޭރަށް ނިކުމެ

ފްރާންސްގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މަރޗް މަހުގެ 17 ވަނަ ދުވަހު އެ ގައުމު 'ލޮކްޑައުން' ކުރި ފަހުން އެންމެ މަދުން މީހުންނަށް ވައިރަސް ޖެހިގެން އަދި މަރުވެގެން ރިޕޯޓުކޮށްފައި ވަނީ އާދިއްތަ ދުވަހު ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ފްރާންސްގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އާދިއްތަ ދުވަހު އެ ގައުމުގައި އަލަށް ވައިރަސް ޖެހިފައި ވަނީ 115 މީހުންނަށެވެ. އެއާއެކުގައި އެ ގައުމުގައި މިހާރު ވައިރަސް ޖެހިފައިވާ މީހުންގެ އަދަދަކީ 144،921 ( އެއްލައްކަ ސާޅީސްހަތަރު ހާސް ނުވަސަތޭކަ އެކާވީސް) އެވެ. މިނިސްޓްރީން ބުނެފައިވަނީ އާދިއްތަ ދުވަހު މަރުވެފައި ވަނީ 35 މީހުން ކަމަށެވެ. އެއާއެކު މަރުވި މީހުންގެ އަދަދަކީ 28،367 އެކެވެ. މިއީ ވައިރަސް އަލަށް ޖެހޭ މީހުންނާއި ވައިރަސް ޖެހިގެން މަރުވަމުންދާ ނިސްބަތަށް ބަލާއިރު 0.1 އިންސައްތަ އެވެ.

ފްރާންސްގައި ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް މެއި 11 ގައި ލުއި ދޭން ފަށާފައި ވާއިރު ހަފުތާ ބަންދުގައި ވެސް ވައިރަސް އަލަށް ޖެހޭ މީހުންނާއި މަރުވާ މީހުން ނިސްބަތުން ދަށަށްދާން ފަށާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.

އެޕިޑެމޮލޮޖިސްޓެއް ކަމުގައިވާ ލޯރެންޓް ތޫބިއާނާ ބުނެފައި ވަނީ ފްރާންސްގައި އެންމެ ހަލުވި މިނުގައި ވައިރަސް ފެތުރި މަރުވަމުންދާ ދުވަސްތައް މިހާރު ފަހަނައަޅައި ގޮސްފައިވާ ކަމަށެވެ. އަދި އަލުން ވައިރަސް އައުމަކީ ވުމަށްވުރެ، ނުވުން ކައިރިކަމަށް ލޯރެންޓް ވަނީ ބުނެފަ އެވެ.

ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ތަކެއް ދީފައި ވީނަމަވެސް ބޭރުތެރޭގައި އިޖުތިމާޢީ ގައިދުރުކަން ގެންގުޅެން ޖެހޭނެކަމަށް އެގައުމުގެ އެންވަޔަރަންމަންޓް މިނިސްޓަރ އެލިޒަބަތު ބޯރން ފްރާންސްގެ އިންޓަރ ރޭޑިއޯ އަށް ދެއްވި އިންޓަރވިއު އެއްގައި ވިދާޅުވެފައި ވެއެވެ. އަދި ކުރިޔަށް އޮތް ހޫނު މޫސުމުގައި ފްރާންސްގެ ރައްޔިތުން އެ ގައުމުން ބޭރަށް ދަތުރު ނުކުރުމަށްވެސް އެލިޒަބަތު ވަނީ އެދިވަޑައިގަންފަ އެވެ.

މީގެއިތުރުން ޕެރިސް އަކީ އަދިވެސް ވައިރަސް ފެތުރޭ "ރެޑް ޒޯން" ގެ ގޮތުގައި ކަނޑައަޅާފައިވާ ތަނެއްކަމުން އެތަނުގައި ހުރި ޕަރކްތައް އަދިވެސް ހުންނާނީ ބަންދު ކުރެވިފައި ކަމަށް އެލިޒަބަތު ވިދާޅުވި އެވެ.

އައު ޑާޓާތައް ދައްކާގޮތުން ހޮސްޕިޓަލްތަކުގައި އެޑްމިޓް ވެފައިވާ ވައިރަސް ޖެހިފައިވާ ބަލި މީހުންގެ އަދަދު ވަނީ އިތުރު ވެފައެވެ. އިތުރަށް 7 މީހުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ކަމަށް ޑާޓާތަކުން ދައްކާއިރު ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ މީހުންގެ ޖުމުލަ އަދަދަކީ 17،185 މީހުންނެވެ. އެއީ ރިޕޯޓުުކުރެވޭ ނިސްބަތުގެ ސްޕީޑް ލަސްވެފައިވުމާއި ހަފުތާ ބަންދާއެކު ގިނަ ބަޔަކު ހޮސްޕިޓަލްތަކުގައި ތިބުމާއެކު ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.

އެހެންނަމަވެސް އައިސީޔޫތަކުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދުތައް ވަނީ އެއް މިންވަރެއްގައި ދަށަށްދާން ފަށާފަ އެވެ. އާދިއްތަ ދުވަހު 10 މީހުން އައިސީޔޫތަކުން ދޫކޮށްލިއިރު އެ އަދަދު މިހާރު ހުރީ 1655 ގައެވެ. ފްރާންސްގައި ވައިރަސްގެ ޕީކުގެ ދުވަސްވަރު އައިސީޔޫތަކުގައި 7148 މީހުންނަށް ފަރުވާދީފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފްރާންސްގެެ ޖަސްޓިސް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ފްރާންސްގެެ ޖަސްޓިސް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

21 ޖޫން 2017
ފްރާންސް އިންތިހާބު: މިހާރުގެ ރައީސް މެކްރޮންގެ ޕާޓީ އަށް ބޮޑު ކާމިޔާބެއް

ފްރާންސް އިންތިހާބު: މިހާރުގެ ރައީސް މެކްރޮންގެ ޕާޓީ އަށް ބޮޑު ކާމިޔާބެއް

12 ޖޫން 2017
ފްރާންސްގެ ބޮޑުވަޒީރަކަށް އައްޔަން ކުރައްވާނެ ކަމަށް ބެލެވެނީ އެދުއާ ފިލިޕް

ފްރާންސްގެ ބޮޑުވަޒީރަކަށް އައްޔަން ކުރައްވާނެ ކަމަށް ބެލެވެނީ އެދުއާ ފިލިޕް

15 މެއި 2017
ފްރާންސްގެ އާ ރައީސް މެކްރޮން ވެރިކަމާ ހަވާލުވެވަޑައިގެންފި

ފްރާންސްގެ އާ ރައީސް މެކްރޮން ވެރިކަމާ ހަވާލުވެވަޑައިގެންފި

14 މެއި 2017
މެކްރޮން މިއަދު ފްރާންސްގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެ

މެކްރޮން މިއަދު ފްރާންސްގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެ

14 މެއި 2017

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު