Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބަންގްލަދޭޝް ފުޓްބޯޅަ ޓީމު

ބަންގްލަދޭޝް ފުޓްބޯޅަ ޓީމު އެކަހެރިކޮށް ޓްރެއިނިންގ ކޭމްޕެއް ބާއްވަނީ

ޢީދުގެ ފަހުން ގައުމީ ޓީމުގެ ކުޅުންތެރިން އައިސޮލޭޓް ކުރާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 24 މެއި 2020 | އާދީއްތަ 14:39
ބަންގްލަދޭޝް ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން: އީދުގެ ފަހުން ކުޅުންތެރިން އައސޮލޭޓް ކުރާނެ

ބަންގްލަދޭޝް ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން: އީދުގެ ފަހުން ކުޅުންތެރިން އައސޮލޭޓް ކުރާނެ

ބަންގްލަދޭޝް ފުޓްބޯޅަ ޓީމު އެކަހެރިކޮށް ޓްރެއިނިންގ ކޭމްޕެއް ކުރިއަށްގެންދަން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފި އެވެ.

މީގެ ކުރިން ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ބަންގްލަދޭޝް ފުޓްބޯލް ފެޑެރޭޝަނުން ވަނީ ބަންގްލަދޭޝް ޕްރިމިއާ ލީގާއި މިއަހަރު ބޭއްވުމަށް ތާވަލު ކޮށްފައި އޮތް އިންޑިޕެންޑެންސް ކަޕް ކެންސަލް ކޮށްފައެވެ.

ބަންގްލަދޭޝް ޕްރިމިއާ ލީގު ކެންސަލް ކުރިއިރު، ކޮވިޑް-19 އާ ގުޅިގެން ލީގު މެދުކަނޑާލީ މާޗު މަހުގެ 16 ވަނަ ދުވަހު އެވެ. އެހެންކަމުން ގައުމީ ޓީމުގެ ކުޅުންތެރިން މެޗެއް ނުކުޅެ ތިބެން ޖެހުމުގެ ސަބަބުން އެކަމަށް ހައްލެއް ހޯދުމަށް ގައުމީ ޓީމުގެ ކުޅުންތެރިން އެކަހެރިކޮށް ޓްރެއިނިންގ ކޭމްޕެއް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

އެގޮތުން ޢީދުގެ ފަހުން ގައުމީ ޓީމުގެ ކުޅުންތެރިން އައިސޮލޭޓް ކުރުމަށް ފަހު، ފެޑެރޭޝަނުން ކަނޑައަޅާ ތަނެއްގައި ޓްރެއިނިންގ ކޭމްޕް ކުރިއަށް ގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި މަހު 14 ވަނަ ދުވަހު ބަންގްލަދޭޝްގެ ގައުމީ ޓީމުގެ ކޯޗު އިންގްލެންޑްގެ ޖޭމީ ޑޭގެ އެއްބަސްވުން ވަނީ ހަމަވެފައެވެ. އެކަމަކު އޭނާގެ އެއްބަސްވުން އިތުރު ދެ އަހަރަށް އާކުރަން މިހާރު ވަނީ ނިންމާފައެވެ.

ކޮވިޑް-19 އާ ގުޅިގެން ޑޭ މިވަގުތު ހުރީ ބަންގްލަދޭޝް އަށް ނާދެވިފައެވެ. އޭނާ ބަންގްލަދޭޝް އަށް އައުމުގެ ކުރިން ޓީމުގެ ޓްރެއިނިންގ ކޭމްޕް ފަށަން ޖެހިއްޖެނަމަ، ކޭމްޕް ކުރިއަށްގެންދާނީ ފެޑެރޭޝަނުން ކަނޑައަޅާ ލޯކަލް ކޯޗުންނާ އެކު ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބަންގްލަދޭޝް ގައުމީ ފުޓްބޯޅަ ޓީމު އެކަހެރިކުރާއިރު، ކޮވިޑް-19 ގެ އަސަރު ބަންގްލަދޭޝް އަށް ވެސް ވަނީ ކޮށްފައެވެ. އެގޮތުން މިހާތަނަށް އެ ގައުމުން މި ވައިރަހަށް 33،610 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި މި ވައިރަސް ޖެހިގެން ބަންގްލަދޭޝް އިން 480 މީހަކު މަރުވެފައިވާއިރު، 6،901 މީހަކު ވަނީ ވައިރަހުން ރަނގަޅު ވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 މެއި
މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟
20251 އަހަރު ކުރިން
ރިޕޯޓު

މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު
20242 އަހަރު ކުރިން
ރާއްޖެ

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު
20233 އަހަރު ކުރިން
ކުޅިވަރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟
20224 އަހަރު ކުރިން
ރިޕޯޓު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"
20215 އަހަރު ކުރިން
ރާއްޖެ

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި
20197 އަހަރު ކުރިން
ދުނިޔެ

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"
20188 އަހަރު ކުރިން
ދުނިޔެ

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު