Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުހޮލީވުޑްގެ ހަބަރު

އޮސްކާ 2021 ލަސްވެދާނެ

4 ވަރަކަށް މަސް ފަހަތައް ޖައްސާލަފާނެ

އައިޝަތު ޝާން
އައިޝަތު ޝާން | 13 މެއި 2020 | ބުދަ 18:17
އޮސްކާ އެވޯޑު ހަފުލާގެ ތެރެއިން

އޮސްކާ އެވޯޑު ހަފުލާގެ ތެރެއިން

ކޮރޯނާވައިރަސްގެ ސަބަބުން އޮސްކާ 2021 ލަސްކުރަން މަޝްވަރާކުރަމުންދާ ކަމުގެ އަޑު ފެތުރިއްޖެ އެވެ.

އޮސްކާ އެވޯޑް ހަފުލާ ފަސް ކުރުމަށް މަޝްވަރާ ކުރެވެމުންދާއިރު، މި ހަފުލާ ޝެޑިއުލް ކުރެވިފައި އޮތީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހަށެވެ. މަޝްވަރާކުރެވެމުން ދަނީ މި ހަފުލާ މެއި ނުވަތަ ޖޫން މަހާއި ހަމައަށް ފަސްކުރުމަށެވެ.

ކޮރޯނާވައިރަސްގެ ސަބަބުން ސިނަމާތަކުގައި ވަނީ ތަޅު އެޅުވުމާއި، ގިނަ މީހުން އެއްވެގެން ކުރާ ކަންކަން ގިނަ ގައުމުތަކެއްގައި ހުއްޓާލުމާއި ގުޅިގެން، ފިލްމުތައް ރިލީޒްކުރާ ތާރީހުތައް ވަނީ ފަސްކޮށްފަ އެވެ. ރިލީޒް ކުރުން ފަސްކޮށްފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި ނޯ ޓައިމް ޓު ޑައި، ޓޮޕް ގަން: މެވެރިކް، މުލާން އަދި ބްލެކް ވިޑޯ ހިމެނެ އެވެ.

މި ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ ފިލްމު އިންޑަސްޓްރީ އަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. ފިލްމީ ދާއިރާގެ މާހިރުން އަންދާޒާކުރާ ގޮތުގައި މިކަމުން އަރައިގަންނަން އަހަރުތަކެއް ނަގާނެ އެވެ.

"ނިއު ނޯމަލް" ގެ ތެރެއިން ކަންކަން އަލުން ހުޅުވިގެން އަންނައިރު، އިޖުތިމާއީ ގައިދުރުކަން ބަހައްޓަން ޖެހުމާއި ގުޅިގެން ސިނާމާތަކަށް ވަދެވޭ މީހުންގެ އަދަދުތައް މަދުވުމާއި ގުޅިގެން، އާމްދަނީ އަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެ ކަމަށް މާހިރުން ބުނެ އެވެ.

އިތުރަށް ކިޔާލަން

18 މާރިޗު 2018

އޮސްކާގެ ރައީސް ޖޯން ބެއިލީ އަށްވެސް ޖިންސީ ގޯނާގެ ތުހުމަތު

18 މާރިޗު 2018
އޮސްކާގެ ރައީސް ޖޯން ބެއިލީ އަށްވެސް ޖިންސީ ގޯނާގެ ތުހުމަތު
07 މާރިޗު 2018

އޮސްކާސްގެ ޓީވީ ރޭޓިންގްސް ދަށަށް ހިނގައްޖެ

07 މާރިޗު 2018
އޮސްކާސްގެ ޓީވީ ރޭޓިންގްސް ދަށަށް ހިނގައްޖެ
07 މާރިޗު 2018

ފްރާންސެސްގެ އޮސްކާ އެވޯޑު ފެނިއްޖެ

07 މާރިޗު 2018
ފްރާންސެސްގެ އޮސްކާ އެވޯޑު ފެނިއްޖެ
05 މާރިޗު 2018

އޮސްކާ އެވޯޑްގައި ސްރީދޭވީ އާއި ޝަޝީކަޕޫރަށް ޓްރިބިއުޓެއް

05 މާރިޗު 2018
އޮސްކާ އެވޯޑްގައި ސްރީދޭވީ އާއި ޝަޝީކަޕޫރަށް ޓްރިބިއުޓެއް
23 ޖެނުއަރީ 2018

އޮސްކާސް 2018: ނޮމިނޭޓްވި ފަރާތްތައް އިއުލާން ކޮށްފި، ޝޯވ ބާއްވަނީ މާޗް 4ގައި

23 ޖެނުއަރީ 2018
އޮސްކާސް 2018: ނޮމިނޭޓްވި ފަރާތްތައް އިއުލާން ކޮށްފި، ޝޯވ ބާއްވަނީ މާޗް 4ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު