Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑް-19: ދުނިޔޭގެ ޙާލަތު

އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 80،000 ޕޮޒިޓިވް ކޭސް ރިޕޯޓުކުރޭ: ޑަބްލިއުއެޗްއޯ

ހުޅަނފު ޔޫަރަޕުގައި ޕޮޒިޓިވްކޭސް ރިޕޯޓުކުރެވޭ މިންވަރު ވަނީ ދަށްވެފަ

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން, ރާއްޖެ އެމްވީ | 7 މެއި 2020 | ބުރާސްފަތި 20:04
ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން ޤައުމުތަކުން އެޅި ފިޔަވަޅުތައް ލުއި ކުރަމުންދާއިރު ސަމާލުވާންޖެހޭ: ޑަބްލިއުއެޗްއޯގެ އިސް ވެރިޔާ ޑރ. ޓެޑްރޯސް އެދެނޯމް ގެބްރިއޭސަސް

ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން ޤައުމުތަކުން އެޅި ފިޔަވަޅުތައް ލުއި ކުރަމުންދާއިރު ސަމާލުވާންޖެހޭ: ޑަބްލިއުއެޗްއޯގެ އިސް ވެރިޔާ ޑރ. ޓެޑްރޯސް އެދެނޯމް ގެބްރިއޭސަސް

ދުނިޔޭގެ އެކި ޤައުމުތަކުން ކޮވިޑް-19އަށް ޕޮޒިޓިވްވެގެން ދުވާލަކު އެވްރެޖްކޮށް 80،000 (އަށްޑިހަ ހާސް) ކޭސް ރިޕޯޓުކުރާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ވާރޗުއަލް ޕްރެސް ކޮންފަރެންސްގައި އެޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓްޑްރޯސް އެދެނޯމް ގެބްރިއޭސަސް ވިދާޅުވީ، މިއީ ޢަދަދެއްކަމަށް ވިޔަސް ކޮންމެ ދުވަހަކު ދުނިޔެއާއި ވަކިވެގެން އެދަނީ ކޮންމެވެސް މީހެއްގެ ޢާއިލާގެ މެންބަރެއް ކަމަށެވެ. އަދި މުޅި ދުނިޔެއިން 3.5 މިލިއަނަށްވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެ، މަރުވި މީހުންގެ ޢަދަދު 250،000 (ދެ ލައްކަ ފަންސާސް ހާސް)ށް ވުރެ މައްޗަށް މިހާރު އަރާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ވައިރަސް ފެތުރެމުންދާ ޒާތައް އަލިއަޅުވާލައްވާ ޑރ. ޓެޑްރޯސް ވިދާޅުވީ ހުޅަނގު ޔޫރަޕުގައި ޕޮޒިޓިވް ކޭސް ރިޕޯޓުކުރާ މިންވަރު ދަށްވި ނަމަވެސް، އިރުމަތީ ޔޫރަޕާއި، އެފްރިކާ ބައްރާއި، ދެކުނު އިރުމަތީ އޭޝިޔާ ޞަރަޙައްދާއި، އިރުމަތީ މެޑިޓެރޭނިއަންއާއި އެމެރިކާ ބައްރުގެ ޤައުމުތަކުން ގިނަ އާކޭސްތަކެއް ކޮންމެ ދުވަހަކު ރިޕޯޓުކުރަމުން އަންނަ ކަމަށެވެ. އަދި ވަކި ވަކި ޞަަރަޙައްދުތަކާއި، ޤައުމުތަކުގައި ވައިރަސް ފެތުރޭ ގޮތް ތަފާތު ނަމަވެސް ކޭސް ލޯޑް ބޮޑުވަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

ޤައުމުތަކުން ރިޕޯޓުކުރުމުގައި ގެންގުޅޭ އުޞޫލުތަކަށް އަލިއަޅުއްވާލައްވަމުން ޑރ. ޓެޑްރޯސް ވިދާޅުވީ ބައެއް ޤައުމުތަކުން ކޭސް "އޯވަރ ޓައިމް" ކޮށް ރިޕޯޓު ކުރަމުންދާ ކަމަށާއި، ކޭސް ލޯޑު މަތިވަމުންދާ މަންޒަރު ފެންނަނީ ޤައުމުތަކުން ޓެސްޓް ކުރުމުގެ ކަންތައްތައް ހަރުދަނާކޮށް ޓެސްޓްކުރެވޭ މީހުންގެ ނިޞްބަތް އިތުރުވުމުން ކަމަށެވެ.

ޕްރެސް ކޮންފަރެންސްގައި ބައިވެރިވަޑައިގެންނެވި ޑަބްލިއުއެޗްއޯގެ އެގްޒެކެޓިވް ޑައިރެކްޓަރ ޑރ. މައިކަލް ރާޔަން ވިދާޅުވީ، ކޭސްތައް ރިޕޯޓު ކުރަމުންދާ ގޮތުން ވަކިވަކި ޞަރަޙައްދު ތަކުގެ ޙާލަތު ވަޒަން ކުރަން ވަރަށް ދަތި ކަމަށެވެ. ޤައުމު ތަކުން ވައިރަސް ފެތުރުން ހުއްޓުވުމަށާއި، ރައްކާތެރިވުމުގެ ގޮތުން ގިނަ ފިޔަވަޅުތައް އަޅާ، ތަހުލީލު ކުރުމުގެ ނިޒާމު ވަރުގަދަ ކުރި ނަމަވެސް، ރިޕޯޓުކުރެވޭ ގޮތުން ޙާލަތު ދެނެގަންނަން އުނދަގޫ ކަމަށެވެ. މިހާރުގެ ރިޕޯޓުތަކަށް ބަލާލާއިރު، އަފްޣާނިސްތާނާއި، ސޫދާނާއި، ޔަމަނާއި، ހައިޓީގެ އިންސާނީ ޙާލަތާއި މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ކޮވިޑް-19 ގެ ޙާލަތާއެކު ނާޒުކު ޙާލަތްތައް ތަޙައްމަލު ކުރަމުންދާ މީހުންނަށް އިސްކަންދީގެން އިންސާނީ އެހީ ފޯރުކޮށްދިނުން މުހިންމު ކަމަށް ޑރ. ރާޔަން ވިދާޅުވިއެވެ.

ކޮވިޑް-19 އެންމެ ނުރައްކާތެރި މިންވަރަކަށް ފެތުރުނު ޤައުމުތަކުން މިހާރު ވަނީ، ރައްކާތެރިވުމުގެ ގޮތުން ކުރިން އެޅި ފިޔަވަޅުތައް ލުއިކުރަމުންނެވެ. ނުވަތަ އެއްކޮށް އުވާލަމުންނެވެ. އޭގެ ތެރޭގައި ފުރަބަންދާއި، ކާފިއުގެ އަމުރާއި، އެއްގަމާއި ވައިގެ ދަތުރުތަކާއި، އިޤުތީޞާދީ ސިނާއީ ޙަރަކާތްތައް ހުއްޓާލާފައި އޮތުމަށް ފަހު އަލުން ފެށުން ފަދަ ކަންކަން ހިމެނެއެވެ. ބުރާސްފަތި ދުވަހުގެ ބައްދަލުވުމުގައި ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާގެ އިސް މަސްއޫލުވެރިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކައް ދޫދިން ނަމަވެސް އެއިން ކޮށްފާނެ އަސަރަކަށް ޤައުމުތަކުގެ ކަމާބެހޭ އިދާރާ ތަކުން ހުޝިޔާރުވެ ތިބުމަށް އިލްތިމާސް ކުރައްވާފައެެވެ. އަދި ލުއިދިނުމުގެ އެކި މަރުޙަލާތަކުގައި ވަރަށް ސަމާލުކަން ދީގެން ކަންކަން ތަންފީޒު ކުރުމަށް ގޮވާލެއްވިއެވެ.

ޑަބްލިއުއެޗްއޯއިން ވަނީ އދ އިން އެކުލަވާލާފައިވާ "ސްޓެއި އެޓް ހޯމް" ގައި ފިޔަވަޅުތައް ލުއިކުރުމަށް ކަނޑައަޅާފައިވާ 06 ކްރައިޓީރިއާއަށް ރިޢާޔަތްކުރުމަށް ވެސް ގޮވާލާފައެވެ. އަދި ބަލިޖެހިފައިވާ މީހުން ދެނެގަތުމަށް ކުރިޔަށް ގެންދާ ސަރވައިލެންސް ޕްރޮގުރާމުތައް ވަރުގަދަކޮށް، ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަދުކުރުމަށާއި، ވައިރަސް ފެތުރުން ހުއްޓުވުމަށް އިރުޝާދު ދީފައެވެ. އަދި ވައިރަސް ޖެހިފައިވާ މީހުން ދެނެގަނެ، މީހުން އެކަހެރިކޮށްގެން ފަރުވާދީ، ޓެސްޓް ކޮށް، ކޮންޓެކްޓް ޓްރޭސް ކުރުމުގެ ޤާބިލުކަން ޤައުުމުތަކުގެ ޞިއްޙީ ނިޒާމުތަކުން ހޯދަންޖެހޭކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން، ޞިއްހީ ޚިދުމަތް ދޭ ތަންތަނާއި، ދައުލަތްތަކުގެ ބެލުމުގެ ދަށުގައި މީހުން ބައިިތިއްބާ މަރުކަޒުތަކުގައި ވައިރަސް ފެތުރެން ހުރި ހިރާސްތައް ކުޑަކޮށް ސްކޫލްތަކާއި، ޢާންމު ތަންތަނާއި، މަސައްކަތުގެ މާޙައުލުގައި ރާއްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައިވަރީ ކޯސްޓްގެ ފަސްޓް ލޭޑީގެ މައްޗަށް ކުރެވުނު ދައުވާ ސާބިތެއް ނުވި

އައިވަރީ ކޯސްޓްގެ ފަސްޓް ލޭޑީގެ މައްޗަށް ކުރެވުނު ދައުވާ ސާބިތެއް ނުވި

29 މާރިޗު 2017
ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ

ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ

18 މާރިޗު 2017
ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި

ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި

16 މާރިޗު 2017
ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

12 މާރިޗު 2017
އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

06 މާރިޗު 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު