Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާނުގެ ރައީސް އެމެރިކާއަށް ދެއްވި މެސެޖް

އެމެރިކާއިން އެހީތެރިވާން ބޭނުންނަމަ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލާ: އީރާނުގެ ރައީސް

6 މެއި 2020 | ބުދަ 15:53

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާހުރެ އިރާނަށް ޞިއްޙީ އާލާތްތައް އެެތެރެކުރުމަށް ވަނީ ހުރަސް އެޅިފަ

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 6 މެއި 2020 | ބުދަ 15:53
އިރާނުގެ ރައީސް ޙަސަން ރޫޙާނީ

އިރާނުގެ ރައީސް ޙަސަން ރޫޙާނީ

ކޮވިޑް-19 ގެ ޙާލަތާއި ގުޅިގެން އެމެރިކާއިން އިރާނަށް އެހީތެރިވާން ބޭނުންވާނަމަ، ހަމަ އެކަނި އޮތް ގޮތަކީ އިރާނާއި ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލުން ކަމަށް އިރާނުގެ ރައީސް ޙަސަން ރޫޙާނީ ވިދާޅުވެއްޖެއެވެ.

ޖަޕާނުގެ ބޮޑި ވަޒީރު ޝިންޒޯ އަބޭއާއެކު ފޯނުން ކުރެއްވި މަޝްވަރާއެއްގައި ރޫޙާނީ ވިދާޅުވީ، އެމެރިކާއިން އިރާނާއި ދެކޮޅަށް އަޅާފައިވަނީ ޤާނޫނާއި ޚިލާފު ދަތިކުރުމުގެ ފިޔަވަޅުތަކެއް ކަމަށާއި،އެ ފިޔަވަޅުތަކުގެ ސަބަބުން އިރާނަށް ދަތި އުނދަގުލާއި ކުރިމަތިވެފައިވާކަމަށެވެ. ވަކިން ޚާއްޞަކޮށް ޞިއްޙީ އާލާތްތަކާއި ކާބޯތަކެތި ގަތުމަށް ކުރަން ޖެހޭ މުޢާމަލާތްތަކައް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ހެދި ބުރޫ އަރާފައިވާކަމަށެވެ. އެހެންކަމުން މިދަނޑިވަޅުގައި އެމެރިކާއިން އިރާނަށް ހެޔޮ އެދޭނަމަ، ނުވަތަ އެހީވާން ބޭނުންވާނަމަ އެޤައުމާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުންކަމަށް ރޫޙާނީ ވިދާޅުވިއެވެ.

އިރާނުގެ ރައީސް ޙަސަން ރޫޙާނީ ވިދާޅުވީ ޖެނުއަރީ މަހުން ފެށިގެން އެޤައުމުން ކޮވިޑް-19 ޓެސްޓް ކިޓް އެތެރެކުރަމުން އައި ކަމަށެވެ. އެހެންނަމަވެސް އެމެރިކާގެ ދަތިކުރުމުގެ ފިަޔަވަޅުތަކާހުރެ، އެޕްރީލްމަހުގެ އެއްވަނަ ދުވަހުން ފެށިގެން މާސްކް އެތެރެކުރުމަށާއި ކޮވިޑް-19 އާއި ދެކޮޅަށް އިރާނުންކުރަމުން އަންނަ އެހެނިހެން މަސައްކަތްތަކައް ހުރަސްއެޅިފައިވާކަމަށެވެ.

އެމެރިކާއިން ބުނެފައިވަނީ އިރާނަކީ ހަނގުރާމަވެރި ގްރޫޕުތަކަށް މަދަދުދޭ ޤައުމެއްކަަމަށާއި، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން 5 ބިލިއަން ޑޮލަރުގެ ލޯނެއް ހޯދަން އިރާނުން އެދުމުން އެކަމާއި ދެކޮޅު ހެދީވެސް އެފައިސާ އިރާނުގެ ރައްޔިތުންގެ ކަންތައްތަކައް ހޭދަ ކުރުމުގެ ބަދަލުގައި، ޞަރަޙައްދުގައި ހިންގާ ނިރުބަވެރި ޙަރަކާތްތަކައް ޚަރަދުކޮށްފާނެތީކަމަށެވެ. އަދި އިރާނުން ނިރުބަވެރި ޙަރަކާތްތަކައި އެފަދަ ޙަރަކާތްތައް ހިންގާ ހަރުކަށި ގްރޫޕުތަކަށް ވާގިވެރިވެދިނުމަކީ އިރާނުން ކަންބޮޑުވާކަމެއް ކަމަށް އެޤައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 އިރާނުގައި ނުރައްކާތެރި މިންވަރަށް ފެތުރި، އެ ކޮންޓްރޯލް ކުރުމުގައި ގޮންޖެހުންތަކާއި ކުރިމަތިވެ، ޞިއްޙީ އާލާތްތަކައް ޖެހެން ފެށުމުން އެމެރިކާއިން ތަކުރާރުކޮށް އިރާނަށް އެހީވުމަށް ހުށަހެޅިއެވެ. މިއިން ކޮންމެ ފަހަރަކު އިރާނުންވަނީ އިންކާރުކޮށްފައެވެ.

މެދުއިއިރުމަތީ ޤައުމުތަކުގެ ތެރެއިން ވައިރަސްގެ ނުރައްކާ އެންމެބޮޑުވެފައިވަނީ އިރާނަށެވެ. މިހާތަނަށް އާއިރު، އެޤައުމުން 99,970 މީހުން ވައިރަސްއަށް ޕޮޒިޓިވްވެ، 6,340 މީހުންވަނީ މަރުވެފައެވެ. މިހާރުވެސް 13,155 މީހުންނަށް ފަރުވާދެމުންދާއިރު، 2,685 މީހެއްގެ ޙަލަތު ވަރަށް ސީރިއަސްކަމަށް ރިޕޯޓުތައް ބުނެއެވެ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

25 މާރިޗު 2017

ސިންގަޕޫރުގެ ބްލޮގަރއަކަށް އެމެރިކާއިން ހިމާޔަތްދީފި

25 މާރިޗު 2017
ސިންގަޕޫރުގެ ބްލޮގަރއަކަށް އެމެރިކާއިން ހިމާޔަތްދީފި
10 މާރިޗު 2017

ބަޣްދާދީ "ފިލައިފި" ކަމަށް އެމެރިކާއިން ބުނެފި

10 މާރިޗު 2017
ބަޣްދާދީ "ފިލައިފި" ކަމަށް އެމެރިކާއިން ބުނެފި
10 މާރިޗު 2017

އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ

10 މާރިޗު 2017
އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ
07 މާރިޗު 2017

ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި

07 މާރިޗު 2017
ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި
14 ފެބުރުއަރީ 2017

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
04 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

04 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
02 ފެބުރުއަރީ 2017

އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!

02 ފެބުރުއަރީ 2017
އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް