Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ފުރަބަންދަށްފަހު ކުރެވިދާނެ ކަންކަން

ފުރަބަންދަށްފަހު ކުރެވިދާނެ ބައެއް ކަންކަން

ދަތުރު ދިއުން

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 3 މެއި 2020 | އާދީއްތަ 04:41
ބަޔަކު ދަތުރުގޮސް މޫދުއެރެނީ

ބަޔަކު ދަތުރުގޮސް މޫދުއެރެނީ

ރާއްޖެ އިން ކޮވިޑް-19 ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރު އޮފީސް ތަކާއި، ސްކޫލް ތަކާއި، ކޮލެޖް ޔުނވަރސިޓީތައް ވަނީ ބަންދު ކޮށްފައެވެ. މީގެ އިތުރުން ރާއްޖެއަށް ފަތުރުވެރިން އައުން މަނާކޮށް ހޮޓާ ތަކާއި، ގެސްޓްހައުސްތައް ވެސް ވަނީ ބަންދު ކޮށްފައެވެ. އަދި މާލޭގައި ކެފޭ ރެސްޓޯރެންޓްތައް ބަންދު ކުރުމާއި، ޒަރޫރީ ބޭނުމެއްގައި މެނުވީ މަގުމައްޗަށް ނިކުތުން ވެސް ވަނީ މަނާ ކުރެވިފައެވެ.

މާލެއިން ކޮވިޑް-19 ފެނި "ކޮމިއުނިޓީ ސްޕްރެޑް އަކަށް ދިއުމާއި ގުޅިގެން މާލެ ސިޓީ ފުރަންބަންދު ކުރުމާއި ގުޅިގެން ބައިބޯ މާލެ ސިޓީގައި ދިރިއުޅޭ އެއްތައްހާސް މީހުން ވަނީ ގޭބަންދުވެފައެވެ. ކުރިން ބުރަކޮށް ހެލިފެލިވެ އުޅުނު ބަޔަކު ގޭގައި ތިބެން ޖެހުމުން ކުރީގެ ދިރިއުޅުމުގެ ވަށްޓަފާޅިއަށް މިހާރުވަނީ ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައެވެ. ކުރިން ކުރަން ނުޖެހޭ އެތައްކަމެއް ގޭގައި ތިބެގެން ކުރަން ވަނީ މަޖްބޫރުވެފައެވެ. އެއްބަޔަކު ފޫހިވެގެން މަރުވަނީއެވެ. އެހެންކަމުން ގިނަ ބަޔަކު މިހާރު ތިބީ ފުރަބަންދުން ވީއްލި ޢާންމު ދިިރިއުޅުމަކަށް ރުޖޫޢަވެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ދިރިއުޅުމުގެ އާދަކާދަތަކުގެ ތެރެއިން ފުރަބަންދާއި ހެދި ނުކުރެވޭ ކަންތަތައްތައް ގިނައިރު، މިހާރު ގިނަބަޔަކު އުންމީދުކުރަނީ ފުރަ ބަންދުން ވީއްލޭނެ ދުވަހަކަށެވެ. އަދި ފުރަބަންދު ނިމުމަކަށް ގެނައުމުން އެންމެ ކުރިން ކުރާނެކަމަކާއި މެދު ގިނަބަޔަކު ދަނީ ވިސްނަމުންނެވެ.

ފުރަބަންދު ނިމުމުން ކުރެވިދާނެ ބައެއް ކަންތައްތައް:

އާއިލާގެ ގޭގެއަށް ޒިޔާރަތްކުރުން

ކޮވިޑް-19 އާއި ގުޅިގެން ތަޖުރިބާކުރަން މަޖުބޫރުވެފައިވާ ޖިސްމާނީ އަދި ނަފުސާނީ ގައިދުރުކަމުގެ ސަބަބުން ޢާއިލީ އަދި ރަށްޓެހިންނާއި ބައްްދަލުކުރުންވަނީ ހުއްޓިފައެވެ. މާސްމީޑިއާ މެދުވެރިކޮށް މުއާމަލާތްކުރިނަމަވެސް ޢާއިލީ ލޯތްބާއި ރަހުމަތްތެރިކަމުގެ ގުޅުން ބަދަހި ވަނީ އެކި ޙައިޞިއްޔަތުތަކުން ދިމާވެގެންކަން އެންމެންވެސް ޤަބޫލުކުރާނެއެވެ. ހަމަގައިމުވެސް ފުރަބަންދާއި ގުޅިގެން މިފަދަ ބައްދަލުވުންތަކައް މިއޮތީ ހުރަސް އެޅިފައެވެ. އެހެންކަމުން ފުރަބަންދުން ވީއްލުމުން ކުރާނެ ފުރަތަމަ ކަމެއްގެ ގޮތުގައި މިކަން އިޚުތިޔާރު ކުރެވިދާނެއެވެ. ހަމަ ގައިމުވެސް ޢާއިލީ ބަދަހި ގުޅުމާއި އެކުވެރިކަމުގެ ބާރަކީ ދިިރިއުޅުމަކަށް ވަރަށް މުހިންމު ގުޅުމެކެވެ.

ރަށްޓެހިންނާއެކު ކޮފީއަށް ދިއުން

ކޮފީއަކަށް ދިއުމަކީ ވަހަކަށް އައިސް ދިވެހިންގެ މެދުގައި ޢާންމުވެފައިވާ ވައްޓަފާޅިއެކެވެ. ހުރިހައި އުމުރުފުރާއެއްގެ މީހުންގެ މެދުގައިވެސް މިއީ މިހާރު ވަރަށް ޢާންމު ކަމަކެވެ. ރަށްޓިއްސެއްގެ ފޯނެއް އަންނައިރު ފުރަތަމަވެސް އަހާނީ "ކޮބާ؟ ބާކޮފީގަނޑެއް ނެތްތަ؟" މިހެންނެވެ. މަގުމަތިން ދިމާވިއަސް ކަން އޮތީ މިހެންނެވެ. ފުރަ ބަންދާއި ގުޅިގެން އެންމެ "މިސް" ވަނީ "ކޮފީ ބަޑީސް" އެވެ. އަދި އޮފީސް ގްރޫޕް ކޮފީ ވެސް ވަރަށް "މިސް" ވެއެވެ. ފުރަބަންދު ނިމުމާއެކު ކޮފީ ބޯން އެންމެ ބޭނުން މީހާއާއެކު ކޮފީއަކަށް ދެވިދާނެއެވެ.

ދަތުރުދިއުން

ދަތުރުކުރުމަކީވެސް ޓްރެންޑެކެވެ. ޒުވާނުން އެއްވެ ކުރާ "ވީކެންޑް ޓްރިޕް" މިއީ އެއް މިސާލެވެ. ހަމަގައިމުވެސް ޔަޤީންވާ އެއްކަމެއް އެބައޮތެވެ. އެ ޒުވާނުން މިހާރު ތިބޭނީ މިފަދަ ދަތުރެއް ކޮށްލަން ކެތްމަދުވެފައެވެ. އެހެންކަމުން ފުރަބަންދުން ވީއްލުމުން މިފަދަ ދަތުރެއް ކުރަން "ވިޝްލިސްޓް" ގައި ހިމަނާލާށެވެ.

މީގެއިތުރުން، ޗުއްޓީއެއް ލިބިއްޖެނަމަ ޢާއިލާ އެއްކޮށް ރާއްޖެއިން ބޭރަށް ނުވަތަ އަތޮޅުތެރޭގެ ރަށަކަށް ޒިޔާރަތްކޮށްލުމަކީވެސް ދިވެހިންގެ އާދައެކެވެ. އެހެންކަމުން ފުރަބަންދު ނިމުމަކަށް އައުމުން ޢާއިލާ ނުވަތަ ގާތްމީހަކާއެކު ދަތުރެއްކޮށްލެވިދާނެއެވެ.

މަސްދަތުރު ދިއުން

މަސްދަތުރު ދިއުމަކީވެސް ދިވެހިންގެ އިޖުތިމާޢީ އެއް ހަރަތެވެ. ބައެއް މީހުން ދެވި ހިފާ ކަމެއްވެސް މެއެވެ. މަހަށްގޮސްނުލާ ހިތްހަމަޖެހުން ނުލިބޭ މީހުން ބައިވަރެވެ. ފަހަކަށް އައިސް އޮފީސް ގްރޫޕު ހަދައިގެން ނުވަތަ ރަށްޓެހިން އެއްކޮށްގެން "މަސްދަތުރު" ދިއުމަކީ ވަރަށް ހިނގާކަމެކެވެ. މިއީ ގުޅުން ބަދަހިކޮށްދޭ، މަޖަލާއި އުފާލިބޭ ހަރަކާތެއްގެ ގޮތުގައި ސިފަކުރެވެއެވެ. ޚާއްޞަކޮށް އަމިއްލައަށް މަހެއް ބޭނުމުން އެލިބޭ އުފާ އިހުސާސްކޮށްލެވެއެވެ. ނޫނީ އެބާނާ މަސް ވަގުތުން ފިހެލައިގެން އެލިބޭ އުފާވެސް ބޮޑެވެ. ފަހަަކަށް އައިސް އަންހެންވެރިންވެސް ވަނީ މަސްދަތުރުތަކަށް ލޯބިޖެހިފައެވެ. އެހެންކަމުން ފުރަބަންދު ނިމުމުން ކޮންމެހެންވެސް މަސްދަތުރެއް ރާވާލަން ވާނެއެވެ.

ބާބެކިއު

ބާބެކިއު އަކީ ޢާންމުކޮށް ހަފުތާ ބަންދުގައި މުޅި ޢާއިލާ އެއްކޮށްލައިގެން ދިވެހިންކުރާ އެއްކަންތަކެވެ. ޚާއްޞަކޮށް ޒުވާނުންގެ މެދުގައި "ބާބެކިއު" ވަރަށް މަޤުބޫލެވެ. ލިބޭ ހުސްދުވަސް ރަށްޓެހިންނާއެެކު މަޖާކޮށްލަން ބާބެކިއުއެއް ރާވާލައެވެ. ޚާއްޞަ މުނާސަބަތުތައްވެސް ބައެއް ފަހަރު ބާބެކިއުއަކުން ނިންމާލައެވެ. އުފަން ދުވަސް، ކައިވެންޏަށް އަހަރު ފުރޭ ދުވަސް އީދު، މާހެފުން ކަހަލަ ދުވަސް ދުވަހު ބާއްވާ ބާބެކިއު ވަކިން ޚާއްޞައެވެ. ގައިމުވެސް ހަފުތާ ބަންދުގައި އެބާއްވާ "އޮފީސް ކުދިންގެ" ބާބެކިއު "ވަރަށް މިސް" ވާނެއެވެ. ހަމަގައިމުވެސް މަހެއް ފިހެލައިގެން ކާލުމާއި،. ބާބެކިއުގެ ތެރެއިން ލަވަބާޒީ ކުޅުންފަދަ ޙަަރަކާތްތައް ގޭ ބަނދުގައި ތިބޭ އިރު ވަރަށް ހަނދާންވާނެއެވެ. ބާބެކިއުއަކަށް ދެވޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބި މީހުން މަދެއްނުވާނެއެވެ. ބާބެކިއުއެއް މިާޙރުއްސުރެ ރާވާލަ ލިސްޓުހަދާލާށެވެ

ޖިމް އަށް ދިއުން

ގިނަ ދުވަހު ގޭތެރޭގައި ތިބެން ޖެހުމުން ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން އެންމެ ބޮޑަށް ބޭނުންވާނެ ކަމަކީ ބަރުދަން ލުއިކޮށްލިުމެވެ. ފުރަބަންދު ނިމިގެން ދިމާވާއިރު އެންމެ ގިނަބަޔަކު |"ކޮމެންޓް" ކުރާނެ އެއްކަމަކީ ހަޑިގަނޑަށް އަންނަ ބަދަލަށެވެ. އެއީ ދިވެހިންގެ އާދައެވެ. "އޭ ފަލަވެލައިފި ދޯ؟" މިއީ ޢާންމުކޮށް އިވޭ އަޑެކެވެ. އެހެންކަމުން ފުރަބަންދަށްފަހު ހަށިގަނޑު ބައްޓަން ކުރުމަށް ކަސްރަތުކުރުމަށް ޖިމްއަށް ދެވިދާނެ އެވެ.

ސެލޫނަށް ދިއުން

ދިވެހިންނަކީ ރީތިވުމަށް ވަރަށް ބޮޑަށް ސަމާލުކަންދޭ ބައެކެވެ. އެހެންކަމުން ގިނަ ދުވަހު ގޭތެރޭގައި ތިބުމަށްފަހު ބޭރަށް ނުކުންނަން އިރު ރީތިކޮށް ހުރުމަށް ބޭނުންވާ ކަންތައް ކުރުމަށް ސެލޫންއަށް ދެވިދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮނީ ރޯއީގެ 180 ޑިގްރީ ހައި ކިކް އަށް ގިނަ ބައެއްގެ ސަމާލުކަން!

މޮނީ ރޯއީގެ 180 ޑިގްރީ ހައި ކިކް އަށް ގިނަ ބައެއްގެ ސަމާލުކަން!

11 ޖުލައި 2018
ޓޮއިލެޓް: އޭކް ޕްރޭމް ކަތާ ގެ ދެވަނަ ބައެއް ހަދަނީ

ޓޮއިލެޓް: އޭކް ޕްރޭމް ކަތާ ގެ ދެވަނަ ބައެއް ހަދަނީ

02 ޖުލައި 2018
އައިފާ އެވޯޑްގައި ކާރްތިކް ހުށަހަޅައިދިން ފުރަތަމަ ޕާފޯމަންސްއިން އެތައް ބައެއްގެ ހިތްތައް ފަތަހަކޮށްފި

އައިފާ އެވޯޑްގައި ކާރްތިކް ހުށަހަޅައިދިން ފުރަތަމަ ޕާފޯމަންސްއިން އެތައް ބައެއްގެ ހިތްތައް ފަތަހަކޮށްފި

26 ޖޫން 2018
އެތެއްގެ އަމިއްލަ ކުރެހުންތަކަށް ގިނަ ބައެއްގެ ޝައުވެރިކަން

އެތެއްގެ އަމިއްލަ ކުރެހުންތަކަށް ގިނަ ބައެއްގެ ޝައުވެރިކަން

27 މެއި 2018
ރަޝިއާގެ ސެނެޓަރެއްގެ އިސްތަށިގަނޑަށް އެތައް ބައެއްގެ ސަމާލުކަން

ރަޝިއާގެ ސެނެޓަރެއްގެ އިސްތަށިގަނޑަށް އެތައް ބައެއްގެ ސަމާލުކަން

06 މާރިޗު 2018

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު