Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަނުގައި ޙަމަލާ ބަދަލުކުރުން ހުއްޓާލުން

ޔަމަނުގައި ޙަމަލާ ބަދަލުކުރުން ހުއްޓާލާ އެއްބަސްވުން އިތުރުކޮށްފިން: އަރަބި ލަޝްކަރު

25 އެޕްރީލު 2020 | ހޮނިހިރު 08:14

އަރަބި ލަޝްކަރުން މީގެ ކުރިންވެސް ދަހަފުތާއަށް ޙަމަލާ ބަދަލުކުރުން ހުއްޓާލި

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 25 އެޕްރީލު 2020 | ހޮނިހިރު 08:14
ޔަމަނުގެ ވެރިރަށް ސަންޢާ

ޔަމަނުގެ ވެރިރަށް ސަންޢާ

ޔަމަނުގައި ކޮވިޑް-19 ފެތުރެމުންދާތީ އެކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތައް އެހީތެރިވުމުގެ ގޮތުން ޔަމަނުގައި ޙަރަކާތްތެރިވާ އަރަބި ގުޅިފައިވާ ލަޝްކަރުގެ ޙަމަލާތައް އިތުރު އެއްމަސްދުވަހަށް ހުއްޓާލައިފިއެވެ.

ޔަމަނުގައި ޙަރަކާތްތެރިވާ ހުޘީ ހަނގުރާމަވެރިންނާއި ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ޔަމަނުގައި ކުރިޔަށްގެންދާ އަރަބި ގުޅިފައިވާ ލަޝްކަރުން ވަނީ މީގެ ކުރިންވެސް ދެހަފުތާވަންދެން ޙަމަލާ ބަދަލުކުރަން އެއްބަސްވެފައެވެ. އަދި ބުރާސްފަތި ދުވަހަށް މި މުއްދަތު ހަމަވުމާއި ގުޅިގެން އެއްމަސް މިހާރު ވަނި އިތުރުކޮށްފައެވެ. މިއީ ހޫޘީންނާއެކު ވެވުނު ވަގުތީ އެއްބަސްވުމެއްކަމަށާއި، ޙަމަލާ ބަދަލުކުރުން ހުއްޓާލާ ދާއިމީ އެއްބަސްވުމަކާއި ހަމަޔަށް އައުމަށް މަސައްކަތްކުރަމުންދާ ކަމަށް އަރަބި ލަޝްކަރުން ބުނެއެވެ.

Advertisement - worldAdvertisement

އަރަބި ލަޝްކަރުން މިދިޔަ ދެހަފުތާގައިވެސް ޙަމަލާދީފައެއް ނުވެއެވެ. އެހެންނަމަވެސް ޙަމަލާ ބަދަލުކުރުން ހުއްޓާލާ އެއްބަސްވުމާއި ޚިލާފުވެ، ހޫޘީ ހަނގުރާމަވެރިން ބައެއް ޕްރޮވިންސްތަކަށް ޙަމަލާދީފައިވެއެވެ. އަރަބި ލަޝްކަރުން ވަނީ މިކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. އީރާނުން ވާގިވެރިވެދޭ ހޫޘީ ހަނގުރާމަވެރިންގެ އަމަލުތައް ހުންނަގޮތުން އެޤައުމުގެ މަދަނީ އަދި ދާޚިލީ ހަމަޖެހުން ދެމެހެއްޓުމުގައި އެޤައުމުގެ ކަމާގުޅޭ މަސްއޫލުވެރިންނަށް ވަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ.

އެޤައުމުގެ ސަރުކާރުން މިހާރު އެންމެ އަހައްމިއްޔާތުކަން ދީގެން ކުރަމުންދާ މަސައްކަތަކީ ނުރައްކާތެރި ކޮވިޑް-19 ރޯގާއިން ސަލާމަތްވުމެވެ. މިކަމުގައި އެޤައުމުގެ ދާޚިލީ ހަމަޖެހުން ވަރަށް މުހިންމެވެ. މިހާތަނަށް ޔަމަނުގައި ރިކޯޑުކުރެވިފައިވަނީ ކޮވިޑް-19ގެ އެންމެ ކޭސްއެކެވެ. އެހެންނަމަވެސް އެޤައުމުގައި ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ ބިރު އޮތުމާއެކު ބައިނަލްއަޤުވާމީ ޖަމްއިއްޔާ ޖަމާއަތްތަކާއި އެކުވެރި ދައުލަތްތަކުގެ އެހީގައި އެޤައުމުން ދަނީ ތައްޔާރުވަމުންނެވެ.

އެންމެ ހިނގާ

1

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް

2

ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!

3

ބާރު ސްޕީޑުގައި 3 މީހުން އަރައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، އެހެން ސައިކަލެއްގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް!

4

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

5

މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ދުވާ މީހުން އިތުރުވެ އާންމުންގެ ކަންބޮޑުވުން

އިތުރަށް ކިޔާލަން

05 ޖުލައި 2017

މޯދީއާއި ނަތަންޔާހޫ އެއްބަސްވުންތަކެއްގައި ސޮއިކުރައްވައިފި

05 ޖުލައި 2017
މޯދީއާއި ނަތަންޔާހޫ އެއްބަސްވުންތަކެއްގައި ސޮއިކުރައްވައިފި
29 ޖޫން 2017

ކޮލެރާ ފެތުރުމާ ގުޅިގެން ޔަމަނުގައި ކުއްލި ހާލަތު އިއުލާނުކޮށްފި

29 ޖޫން 2017
ކޮލެރާ ފެތުރުމާ ގުޅިގެން ޔަމަނުގައި ކުއްލި ހާލަތު އިއުލާނުކޮށްފި
27 ޖޫން 2017

ޔަމަނުގައި ކޮލެރާ ފެތުރިފައިވާ މިންވަރު ދަށަށް ހިނގައްޖެ

27 ޖޫން 2017
ޔަމަނުގައި ކޮލެރާ ފެތުރިފައިވާ މިންވަރު ދަށަށް ހިނގައްޖެ
03 ޖޫން 2017

މިދިޔަ މަހު ޔަމަނުގައި ކޮލެރާ ޖެހިގެން 600 އެއްހާ މީހުން މަރުވި

03 ޖޫން 2017
މިދިޔަ މަހު ޔަމަނުގައި ކޮލެރާ ޖެހިގެން 600 އެއްހާ މީހުން މަރުވި
23 މެއި 2017

ޓްރަމްޕްގެ ބަހުގެ ޙަމަލާތައް އީރާނަށް

23 މެއި 2017
ޓްރަމްޕްގެ ބަހުގެ ޙަމަލާތައް އީރާނަށް
21 މެއި 2017

ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: ފުރަތަމަ ދުވަހު 280 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުން!

21 މެއި 2017
ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: ފުރަތަމަ ދުވަހު 280 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުން!
22 އެޕްރީލު 2017

އަފްޣާނިސްތާނުގެ އަސްކަރީ މަރުކަޒަކަށް ތާލިބާނުންގެ ވަރުދަގަ ޙަމަލާއެއް!

22 އެޕްރީލު 2017
އަފްޣާނިސްތާނުގެ އަސްކަރީ މަރުކަޒަކަށް ތާލިބާނުންގެ ވަރުދަގަ ޙަމަލާއެއް!
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
17 ޖެނުއަރީ 2017

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ

17 ޖެނުއަރީ 2017
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް