Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީން ބިދޭސީން ބޭލުން

ސައުދީ ޢަރައްބިއްޔާގައި ތިބި ބިދޭސީން ފޮނުވާލަނީ

23 އެޕްރީލު 2020 | ބުރާސްފަތި 10:53

ވިސާހަމަވެފައި ތިބި ފަރާތްތަކާއި ރީ-އެންޓްރީ ވިސާގައި ތިބި މީހުން އައުދާ ޕްރޮގުރާމުގެ ދަށުން ފޮނުވާލެވޭނެ

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 23 އެޕްރީލު 2020 | ބުރާސްފަތި 10:53
ސައުދީ އަރަބިއްޔާގެ ޖިއްދާ އެއަރޕޯޓުގެ އިމިގްރޭޝަން ކައުންޓަރ

ސައުދީ އަރަބިއްޔާގެ ޖިއްދާ އެއަރޕޯޓުގެ އިމިގްރޭޝަން ކައުންޓަރ

ސައުދީޢަރަބިއްޔާގައި ވިސާހަމަވެފައި ތިބި ބިދޭސީން އެޤައުމުން ފޮނުވާލަން ނިންމައިފިއެވެ.

ރަސްގެފާނު ސަލްމާން ބިން ޢަބްދުލް އަޒީޒުގެ އަމުރުފުޅާ ގުޅޭގޮތުން، އެޤައުމުގެ ދާޚިލީ ވުޒާރާއިން ޢާންމު ކޮށްފައިވާ ބަޔާނުގައިވަނީ މިހާރު ވިސާ ހަމަވެފައި ތިބި މީހުންނާއި، އަދި ރީ-އެންޓްރީ ވިސާގައި ތިބި ބިދޭސީން އެޤައުމުން ފޭބުމުގެ ހުއްދަ ރަސްގެފާނު ދެއްވާފައިވާކަމަށެވެ. އަދި އެމީހުން އެމީހުންގެ ޤައުމަށް އެނބުރިދިއުމަށް ސައުދީން ހަމަޖައްސަންޖެހޭ ކަންކަން އިންތިޒާމުކޮށްދޭނެކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ސައުދީގެ ދާޚިލީ ވުޒާރާގެ "އަބްޝަރ" ޕޯޓަލްގައި ވަނީ ބިދޭސީން ފޮނުވުމަށް ޚާޢްޞަ ޕްރޮގުރާމެއް ފަށާފައެވެ. "އައުދާ"ގެ ނަމުގައި ފެށި މި ޕްރޮގުރާމުގެ ދަށުން ރަސްޖިސްޓަރީ ކުރާ ބިދޭސީންނަށް ބައިނަލްއަޤުވާމީ ފްލައިޓުން ޖާގަ ހޯދައިދިނުމާއި، އަދި ފުރަން ބޭނުންވާ އެހެނިހެން ލިޔެކިޔުންތައް ދާޚިލީ ވުޒާރާއާއި، ކަމާއި ގުޅުންހުރި ހުރިހައި އިދާރާތައް ގުޅިގެން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިންތިޒާމުތައް ހަމަޖެހުމުން ރަޖިސްޓްރީކުރާ ފަރާތްތަކައް ފޯނުގެ ޒަރީއާއިން ޕޯޓަލް މެދުވެރިކޮށް އެގިގެންދާނެފަދަ އިންތިޒާމުތައްވެސް ވަނީ ހަމަޖައްސާފައެވެ.

ސައުދީޢަރަބިއްޔާގައި ތިބި ބިދޭސީން ފުރުވަން ހަމަޖެހިފައިވަނީ ވެރިރަށް ރިޔާދުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއަރޕޯޓާއި، ޖިއްދާގެ ކިންގް އަބްދުލްއަޒީޒު އިންޓަނޭޝަނަލް އެއަރޕޯޓާއި، މަދީނާގެ ޕްރިންސް މުހައްމަދު އިންޓަނޭޝަނަލް އެއަރޕޯޓުގެ އިތުރުން، ދަމާމުގައި ހުންނަ ކިންގް ފަހްދު އިންޓަނޭޝަނަލް އެއަރޕޯޓުންނެވެ. މިހަތަރު ސިޓީން ބޭރުގައި ތިބި ބިދޭސީންނަށްވެސް އެއަރޕޯޓަށް ދިއުމުގެ އިންތިޒާމު ސައުދީ ސަރުކާރުން ހަމަޖައްސައިދޭނެކަމަށް އެޤައުމުގެ ދާޚިލީ ވުޒާރާއިން ބުނެއެވެ.

ސައުދީ ޢަރަބިއްޔާގައި ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން މިދިޔަ ފެބްރުއަރީ މަހު އެޤައުމުން ބައިނަލްއަޤުވާމީ އުދުހުންތައް ހުއްޓާލުމާއި ގުޅިގެން އެޤައުމުގައި ގިނަ ޢަދަދެއްގެ ބިދޭސީންނާއި ބިދޭސީ މަސައްކަތްތެރިން ތާށިވިއެވެ.

ސައުދީ ޢަރަބިއްޔާއަކީ ވިސާގެ ކަންތައްތަކުގައި ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒުކުރާ ޤައުމެއް ކަމުގައި ވީނަމަވެސް، ކޮވިޑް-19އާއި ގުޅިގެން ވިސާ ހަމަވި ބިދޭސީންނަށް ވިސާ އޮފީހަށް ނުގޮސް، ވިސާ ވަނީ އިތުރުކޮށްދީފައެވެ.

އަދި ރަސްކަމުގެ ދަރުބާރުންވަނީ އެމީހުންނަށް ކޮވިޑް-19އަށް ޓެސްޓްކުރުމާއި އަދި ފަރުވާ ހިލޭ ދިނުމަށް ކަމާއިގުޅޭ އިދާރާތަކައް އަމުރުކޮށްފައެވެ.

ކޮވިޑް-19 ރޯގާއާއި ގުޅިގެން ސައުދީ އަރަބިއްޔާގެ މައި ސިޓީތައް ލޮކް ޑައުންކޮށް، އެހެން ޞަރަޙައްދުތަކުގައި ވަނީ ކާފިއުގެ އަމުރު އިޢުލާނުކޮށްފައެވެ. އަދި ކޮވިޑް-19 އިން ރައްކާތެރިވުމަށް އެކި އިދާރާތަކުން ދަނީ ހަރުކަށި ފިޔަވަޅުތައް ތަންފީޒުކުރަމުންނެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

30 މާރިޗު 2017

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

30 މާރިޗު 2017
އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު
13 މާރިޗު 2017

އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް

13 މާރިޗު 2017
އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް
07 މާރިޗު 2017

ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

07 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި
07 މާރިޗު 2017

އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި

07 މާރިޗު 2017
އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި
27 ފެބުރުއަރީ 2017

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ
26 ފެބުރުއަރީ 2017

އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި

26 ފެބުރުއަރީ 2017
އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި
21 ފެބުރުއަރީ 2017

ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

21 ފެބުރުއަރީ 2017
ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި
13 ފެބުރުއަރީ 2017

ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި

13 ފެބުރުއަރީ 2017
ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި
17 ޖެނުއަރީ 2017

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

17 ޖެނުއަރީ 2017
ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް