ކ. މާލެ
|
16 އޭޕްރިލް 2020 | ބުރާސްފަތި 14:06
ޗައިނާއިން ސައުދީ އަރަބިއްޔާ އަށް އެހީވުމަށް އައި މެޑިކަލް ޓީމް
ޗައިނާއިން ސައުދީ އަރަބިއްޔާ އަށް އެހީވުމަށް އައި މެޑިކަލް ޓީމް
ޒިންހުއާ
ޗައިނާ-ސައުދީ ގުޅުން
ކޮވިޑް-19 އާ ދެކޮޅަށް ސައުދީން ކުރާ ހަނގުރާމައިގައި ޗައިނާ އިން އެހީ ވަނީ
 
މި ޓީމާ އެކު މެޑިކަލް ސާމާނު ވެސް ގެނައި

ކޮވިޑް-19 އާ ދެކޮޅަށް ސައުދީ އަރަބިއްޔާގައި ކުރާ ހަނގުރާމައިގައި އެ ގައުމަށް އެހީތެރި ވުމަށް ޗައިނާގެ މެޑިކަލް ޓީމެއް އެ ގައުމަށް ހިނގައްޖެއެވެ.

ޓީމް ސައުދީ އަށް ދިޔައީ ބުދަ ދުވަހު ކަމަށް ޒިންހުއާ ނިއުސް އޭޖެންސީން ބުނެފައިވެއެވެ.

މި ޓީމުގައި ވައިރަސް ޓެސްޓް ކުރުމާއި، ގައިންގަޔަށް އަރާ ބަލިތަކާއި، ފުއްޕާމޭގެ ބަލިތަކާއި، އިންޓެންސިވް ކެއަރ އާ ބެހޭ ތަޖުރިބާކާރުން ހިމެނެއެވެ.

މި ޓީމުން ސައުދީގެ މެޑިކަލް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ކޮވިޑް-19 އާ ބެހޭ ގޮތުން ތަމްރީނާއި މައުލޫމާތު ދޭނެ ކަމަށް ޒިންހުއާ އިން ބުނެފައިވެއެވެ.

މެޑިކަލް ޓީމާއެކު، ޗައިނާ އިން ސައުދީއަށް ހިލޭ އެހީގެ ގޮތުގައި ދޭ މެޑިކަލް ސާމާނުވެސް ވަނީ ގެންގޮސްފައެވެ.

ބުދަ ދުވަހުގެ ނިޔަލަށް ސައުދީ އަރަބިއްޔާގައި ތިބި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދަކީ 5,862 އެވެ. މި ބަލީގައި އެ ގައުމުން ބުދަ ދުވަހުގެ ނިޔަލަށް 79 މީހުން ވަނީ މަރުވެފައެވެ.

ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ބޭރަށް ނުކުމެ އުޅުން ސައުދީ އަރަބިއްޔާގައި ވަނީ ވަކި މުއްދަތެއް ނެތް ގޮތައް މަނާ ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
100%
0%
0%
0%
0%
ކޮމެންޓް