Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19

ކޮވިޑް-19: މިއަދު އެންމެ ގިނައިން މީހުން މަރުވީވެސް އަދި އިންފެކްޓްވީވެސް އެމެރިކާއިން

4 އެޕްރީލު 2020 | ހޮނިހިރު 17:23

އެމެރިކާއިން މިއަދު އެކަނި 20,607 މީހުން ވައިރަސްއަށް ޕޮޒިޓިވްވި

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 4 އެޕްރީލު 2020 | ހޮނިހިރު 17:23
ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތުގެ ތެރެއިން

ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތުގެ ތެރެއިން

ބައިނަލްއަޤުވާމީ ޞައްޙަ މަސްދަރުން މިއަދު ޢާންމުކޮށްފައިވާ ކޮވިޑް-19 ގެ އެންމެ ފަހިގެ ޑޭޓާތަކައް ބަލާއިރު މިއަދު ކޮވިޑް-19 އަށް އެންމެ ގިނަ މީހުން އިންފެކްޓްވީވެސް، އަދި މަރުވީވެސް އެމެރިކާއިންނެވެ.

މިއަދުގެ މިހާތަނަށް އައިއިރު އެމެރިކާއިން 20,607 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، ވައިރަސްގައި 694 މީހުން މަރުވިއެވެ. މިއާއެކު އެމެރިކާގައި ވައިރަސް ޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 297,768 އެވެ. އަދި މަރުވީ މީހުންގެ ޖުމުލަ އަދަދަކީ 8,098 އެވެ.

ފަރުވާދީގެން މިހާތަނަށް އެމެރިކާގައި 14,436 މީހުން ރަނގަޅުކުރެވިފައިވާއިރު، އަދިވެސް 275,234 ދަނީ ފަރުވާދެމުންނެވެ. މީގެތެރެއިން 6,219 ތިބީ ވަރަށް ސީރިއަސް ޙާލަތުގައި ކަމަށް މަޢުލޫމާތު ލިބެއެވެ.

މުޅި ދުނިޔެއަށް ބަލާއިރު މިހާތަނަށް 1,167,063 މީހުން ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. މިއަދު އެކަނި މުޅި ދުނިޔެއިން އަލަށް 50,420 ކޭސް ރިޕޯޓުކުރެވުނެވެ. މުޅި ދުނިޔޭގެ 207 ޤައުމަކުން/ ޓެރިޓަރީސް ހިމެނޭ ގޮތައް ޖުމުލަ 3,521 މީހުން މިއަދު މަރުވެފައިވާއިރު، މަރުވީ މީހުންގެ އަދަދު މިހާރު ވަނީ 62,691 އަށް އަރާފައެވެ. މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 862,630 މީހަކަށް އަދިވެސް ފަރުވާދެމުންދާއިރު، މީގެތެރެއިން 39,938 މީހެއްގެ ޙާލު ވަރަށް ސީރިއަސްކަަމަށް ރިޕޯޓުތައް ބުނެއެވެ. މިހާތަނަށް އައިއިރު މުޅި ދުނިޔެއިން ފަރުވާ ދީގެން ރަނގަޅުކުރެވިފައިވަނީ ޖުމުލަ 241,742 މީހުންނެވެ.

ވައިރަސް އެންމެ ނުރައްކާތެރި ފައްތަރެއްގައި އޮތީ ވިލާތު ބައްރުގެ ޤައުމުތަކުގައެވެ. މުސްލިމް ޤައުމުތަކުގެ ތެރެއިން އީރާނުގައެވެ. އަދި ގަލްފުގެ ޤައުމުތަކުގެ ތެރެއިން ސައުދީ އަރަބިއްޔާގައެވެ. އަދި ދެކުނު އޭޝިޔާގެ ޤައުމުތަކުން ޕާކިސްތާނުވެސް އޮތީ ނުރައްކާތެރި ޙާލަތެއްގައެވެ. އިރުމަތީ އޭޝިޔާގެ ޤައުމުތަކަށް ބަލާއިރު، މިވަގުތު އެންމެ ނުރައްކާ ޙާލަތެއްގައި އޮތީ ދެކުނު ކޮރެއާއާއި މެލޭޝިޔާއެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

31 މާރިޗު 2020

ކޮވިޑް-19: ތައިލޭންޑުން މިއަދު އެކަނިވެސް 127 ކޭސް، 1 މަރު

31 މާރިޗު 2020
ކޮވިޑް-19: ތައިލޭންޑުން މިއަދު އެކަނިވެސް 127 ކޭސް، 1 މަރު
22 މާރިޗު 2020

ކޮވިޑް-19: ޖަރުމަނުގައި 2 މީހުންނަށްވުރެ ގިނައިން އެއްވެ އުޅުން މަނާކުރަނީ

22 މާރިޗު 2020
ކޮވިޑް-19: ޖަރުމަނުގައި 2 މީހުންނަށްވުރެ ގިނައިން އެއްވެ އުޅުން މަނާކުރަނީ
17 ނޮވެމްބަރު 2019

ސްރީލަންކާގެ ރިޔާސީ އިންތިޚާބު: މިއަދު ހަވީރު ދާއިމީ ނަތީޖާ އިޢުލާން ކުރާނެ

17 ނޮވެމްބަރު 2019
ސްރީލަންކާގެ ރިޔާސީ އިންތިޚާބު: މިއަދު ހަވީރު ދާއިމީ ނަތީޖާ އިޢުލާން ކުރާނެ
07 މެއި 2018

ޕުޓިން 4 ވަނަ ދައުރަކަށް މިއަދު ހުވާ ކުރައްވަނީ

07 މެއި 2018
ޕުޓިން 4 ވަނަ ދައުރަކަށް މިއަދު ހުވާ ކުރައްވަނީ
21 ޑިސެމްބަރު 2017

ޤުދުސް: މިއަދުވެސް 80 މީހުން ޒަޚަމްކޮށްލައިފި

21 ޑިސެމްބަރު 2017
ޤުދުސް: މިއަދުވެސް 80 މީހުން ޒަޚަމްކޮށްލައިފި
21 ނޮވެމްބަރު 2017

މުގާބޭ މަގާމުން ވަކިކުރަން ގާނޫނުހަދާ މަޖިލީހަށް މިއަދު ހުށަހަޅާނެ

21 ނޮވެމްބަރު 2017
މުގާބޭ މަގާމުން ވަކިކުރަން ގާނޫނުހަދާ މަޖިލީހަށް މިއަދު ހުށަހަޅާނެ
27 ސެޕްޓެމްބަރު 2017

ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރަށް ހުކުމް އިއްވުން މިއަދު

27 ސެޕްޓެމްބަރު 2017
ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރަށް ހުކުމް އިއްވުން މިއަދު
14 މެއި 2017

މެކްރޮން މިއަދު ފްރާންސްގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެ

14 މެއި 2017
މެކްރޮން މިއަދު ފްރާންސްގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެ
14 މާރިޗު 2017

ސީރިޔާގެ ކުޑަކުދިން އެންމެ ގިނައިން މަރުވެފައި ވަނީ 2016 ގައި: ޔުނިސެފް

14 މާރިޗު 2017
ސީރިޔާގެ ކުޑަކުދިން އެންމެ ގިނައިން މަރުވެފައި ވަނީ 2016 ގައި: ޔުނިސެފް
25 ފެބުރުއަރީ 2017

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް