Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރިސޯޓު ލީގު 2020

ރިސޯޓު ލީގު: ދ. ޒޯނުގެ ކުޅުން ފަށައިފި

ރިސޯޓު ލީގު 2020 ފަށާފައިވަނީ 42 ޓީމާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 1 މާރިޗު 2020 | އާދީއްތަ 14:51
ރިސޯޓު ލީގުގެ ތެރެއިން

ރިސޯޓު ލީގުގެ ތެރެއިން

ރިސޯޓުތަކުގެ މެދުގައި ބާއްވަމުން އެންމެ ފޯރިގަދަ އަދި އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމުގައިވާ ރިސޯޓު ލީގު 2020 ގެ ކުޅުން ފަށައިފި އެވެ.

ރިސޯޓު ލީގުގެ ފަރާތުން ކޮންމެ އަހަރަކު ވެސް ކުރިޔަށްގެންދާ މި މުބާރާތް މި އަހަރު ވެސް ކުރިޔަށްދާނީ ފަސް ޒޯނަކަށް ބަހާލައިގެން ނެވެ. އެއް މަސް ދުވަހަށް ދިގު ދެމިގެންދާ މި މުބާރާތުގައި މި އަހަރު 42 ރިސޯޓް ވާދަކުރާއިރު، 79 މެޗު ކުޅެވިގެންދާނެއެވެ.

އެގޮތުން އާދީއްތަ ދުވަހު ފަށާފައިވަނީ ދ. ޒޯނުގެ ކުޅުމެވެ. މިއަހަރު ދ. ޒޯނު ކުރިއަށްދަނީ ކަނޑިންމަ މޯލްޑިވްސްގައެވެ. މި ޒޯނުގައި 6 ރިސޯޓަކުން ވާދަކުރެއެވެ. އެއީ ސަން އަކުއާ ވިލު ރީފާއި، އިރު ވެއްޔާއި، ސެއިންޓް ރީޖަސް އާއި، އަންގްސާނާ ވެލާވަރާއި، ނިޔާމަ ޕްރިވެޓް އައިލެންޑް މޯލްޑިވްސް އަދި ކަނޑިންމަ މޯލްޑިވްސް އެވެ.

ދ. ޒޯނުގައި ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ވިލު ރީފާއި އިރު ވެލި އެވެ. މި މެޗު ފަސޭހަކަމާއެކު 6-1 އިން ކާމިޔާބުކުރީ ވިލު ރީފެވެ. މި މެޗުގައި ވިލު ރޫފްގެ އާޒިމް އަބްދުﷲ ފަސް ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑު ޖަހައިދިނީ އިބްރާހީމް އިމާމެވެ. މެޗުގައި އިރު ވެލިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދުމާޖު މުހައްމަދެވެ.

އާދީއްތަ ދުވަހު ހަވީރު ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ވެލާވަރާއި އެންމެ ފަހުގެ ޗެމްޕިއަން ނިޔާމަ އެވެ. މި މެޗު ނިމުނީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ. މެޗުގައި ވެލާވަރުގެ ހަމައެކަނި ލަނޑު ޝާރިފް އަލީ ނަސީރު ކާމިޔާބުކޮށްދިންއިރު، ނިޔާމައިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދިނީ އަލީ ފަހުމީ އެވެ.

ދ. ޒޯނުގެ ކުޅުން އާދީއްތަ ދުވަހު ފެށިއިރު، މި ޒޯނުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 8 ވަނަ ދުވަހު އެވެ.

ދ. ޒޯނުގެ އިތުރުން މިއަހަރު ކުޅުން ކުރިއަށްދާނީ ނޯތު މާލެ ޒޯނާއި، ބ. ޒޯނާއި، ސައުތު އަރި ޒޯން އަދި ސައުތު މާލެ ޒޯން ގައެވެ.

ރިސޯޓު ލީގަކީ ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އަމާޒުކޮށް ރިސޯޓުތަކުގައި ބާއްވާ މިފަދަ އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތަށް ރިސޯޓުތަކުން ދުރާލާ ތައްޔާރުވަމުންދާއިރު، މުބާރާތުގައި ވާދަކުރާ ރިސޯޓުތައް އަންނަނީ ކޮންމެ އަހަރަކު ވެސް އިތުރު ވަމުންނެވެ. އަދި މުޅިން އަލަށް ކޮންމެ އަހަރަކު ވެސް ގިނަ ރިސޯޓުތަކުން މުބާރާތުގައި ވާދަކުރެއެވެ.

މިހާތަނަށް ފޯރި އާއެކު 7 އަހަރު މި މުބާރާތް ބާއްވާފައިވާއިރު، އެކި ޒޯންތައް ހިމެނޭ ގޮތަށް 28 މުބާރާތް މިހާތަނަށް ވަނީ ބާއްވާފައެވެ.

މި މުބާރާތުގެ މި އަހަރު މީޑިއާ ޕާޓްނަރަކީ ރާއްޖެ ޓީވީ އެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ

04 ޖެނުއަރީ 2017
އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު