Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ކޮލިފިކޭޝަން

ރާއްޖެ-ޗައިނާ މެޗު ތައިލެންޑަށް ބަދަލުކުރަނީ

ރާއްޖޭގައި ކުޅުނު މެޗުން ޗައިނާ މޮޅުވީ 5-0 އިން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 13 ފެބުރުއަރީ 2020 | ބުރާސްފަތި 09:43
ރާއްޖެ އާއި ޗައިނާ ބައްދަލުކުރި މެޗުގެ ތެރެއިން

ރާއްޖެ އާއި ޗައިނާ ބައްދަލުކުރި މެޗުގެ ތެރެއިން

ފީފާ ވަރލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައި އަންނަ މާޗު މަހު 26 ވަނަ ދުވަހު ޗައިނާގައި ރާއްޖެ އާއި ޗައިނާ ކުޅެން ހަމަޖެހިފައި އޮތް މެޗު، ތައިލެންޑަށް ބަދަލުކުރުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް ޗައިނާގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

ޗައިނާގައި ކުޅެން ހަމަޖެހިފައި އޮތް މެޗު ތައިލެންޑަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުންދަނީ އެ ގައުމުގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަހުގެ ސަބަބުންނެވެ. މި މެޗު ތައިލެންޑުގައި ކުޅޭނެކަން އަދި ޔަގީން ނުވިޔަސް، ޗައިނާގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ޗައިނާއިން ބޭނުންވަނީ މި މެޗު ތައިލެންޑުގެ ބުރިއަމް ޕޮރޮވިންސްގައި ހުންނަ ޗޭންގް އެރީނާގައި ކުޅުމަށެވެ. އެ ދަނޑަކީ 32،600 މީހުންގެ ޖާގައިގެ ދަނޑެކެވެ.

މީގެ ކުރިން ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި ނެދަލެންޑްސްގެ މާޓިން ކޫޕްމަން ވެސް ވަނީ ޗައިނާގައި މި މެޗު ނުކުޅުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފައެވެ.

ޗައިނާ މެޗަށް ތައްޔާރުވުމަށް ގައުމީ ޓީމުން ވަނީ ފަރިތަކުރުންތައް ފަށާފައެވެ. އެގޮތުން މިހާރު ވަނީ 31 ކުޅުންތެރިންގެ ސްކޮޑެއްވެސް އެކުލަވާލާފައެވެ.

އަންނަ މާޗު މަހު 26 ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، ރާއްޖޭގައި ކުޅުނު މެޗުން ޗައިނާ ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. އެކަމަކު އޭގެ ފަހުން ސީރިއާ އަތުން 2-1 އިން ޗައިނާ ބަލިވުމުން އެ ޓީމުގެ ކޯޗު އިޓަލީގެ މާސެލޯ ލިއްޕީ ވަނީ މަގާމުން އިސްތިއުފާ ދީފައެވެ.

ކޮލިފައިންގައި ރާއްޖެ އޮތް ގްރޫޕް އޭގެ އެއްވަނައިގައި ސީރިއާ އޮތީ 54 މެޗުންވެސް މޮޅުވެ 15 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ޗައިނާއިން ވަނީ 4 މެޗުން 7 ޕޮއިންޓް ހޯދާފައެވެ. ތިންވަނައިގައި އޮތް ފިލިޕީންސް ވެސް ވަނީ 5 މެޗުން 7 ޕޮއިންޓް ހަމަކޮށްފައެވެ. ހަތަރުވަނައިގައި އޮތް ރާއްޖެއަށް 5 މެޗުން ލިބިފައިވަނީ 6 ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ގުއާމަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު