Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޑިއުކޭޝަން

ދިރާސީ އައު އަހަރު: ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން މިނިސްޓަރުން ސްކޫލްތަކަށް

ދަރިވަރުންނަށް ހިތްވަރު ދީ މަރުހަބާ ކިޔުމުގެ ގޮތުން މިނިސްޓަރުންނާއި ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބަވާ ބޭފުޅުން 19 އަތޮޅަކަށް މިއަދު ވަޑައިގެންފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2020 | އާދީއްތަ 12:54
އދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނާއެކު ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު

އދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނާއެކު ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު

2020 ވަނަ އަހަރުގެ ދިރާސީ އައު އަހަރަށް ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުގެ މިނިސްޓަރުން 19 އަތޮޅެއްގެ ސްކޫލް އެސެމްބްލީގައި ބައިވެރިވެވަޑައިގެންފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ އިސްނެންގެވުމުގެ މަތިން ދަރިވަރުންނަށް ހިތްވަރު ދިނުމަށް ރާއްޖޭގެ ހުރިހާ ޞަރަޙައްދެއްގައި މިއަދު ބޭއްވި އެސެމްބްލީތަކުގައި ކެބިނެޓުގެ ވަޒީރުންނާއި، ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންވި ކަމަށެވެ.

Advertisement - newsAdvertisement

ދިރާސީ އައު އަހަރުގެ ފުރަތަމަ ދުވަހުގެ އެސެމްބްލީގައި ވަޒީރުންނާއި، ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެން ވަނީ ދަރިވަރުންނަށް ހިތްވަރު ދެއްވާ ނަޞޭޙަތްތެރިވެވަޑައިގެންފައެވެ. މިއީ ސްކޫލްތަކުގެ ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން އަލަށް ސަރުކާރަކުން ކުރި ކަމެކެވެ.

އެގޮތުން ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވަނީ އދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އެސެމްބްލީގައި ބައިވެރިވެވަޑައިގެން ދަރިވަރުންނަށް ނަޞޭޙަތް ދެއްވާ ހިތްވަރު ދެއްވިއެވެ. އޭގެ އިތުރުން އއ. އަތޮޅަށް ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރު މަލީހު ޖަމާލް ވަނީ ވަޑައިގެން އއ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ދިރާސީ އައު އަހަރު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވާފައެވެ.

މީގެ އިތުރުން ދިރާސީ އާ އަހަރުގެ ފެށުން ފާހަގަ ކުރުމަށް ރ. އުނގޫފާރު ސްކޫލްގައި ބޭއްވުނު ޚާއްޞަ އެސެމްބްލީ މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު ވަނީ ޝަރަފުވެރި ކޮށްދެއްވާފައެވެ. އަދި ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ވަނީ ބައިވެރިވެވަޑައިގެން ދަރިވަރުންނާއި ބެލެނިވެރިންނާއެކު ވަގުތު ހޭދަކުރައްވާފައެވެ.

އަދި ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި ޚާއްޞަ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވައި، މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވަނީ ދަރިވަރުންނާއި ބައްދަލުކުރައްވާފައެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ބޭއްވި ފުރަތަމަ އެސެމްބްލީގައި ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާ ބައިވެރިވެވަޑައިގެންފައިވަނީ މުލަކު ސްކޫލުގައެވެ.

މި ޕްރޮގުރާމުގެ ތެރެއިން 19 އަތޮޅުގެ ސްކޫލްތަކަށް ވަޒީރުންނާއި ސަރުކާރުގެ އިސްފަރާތްތައް ވަޑައިގެން ދަރިވަރުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވާފައިވެއެވެ. އަދި ބެލެނިވެރިންނާއި މުދައްރިސުން ސަމާލުކަން ދޭންވާ މުހިންމު ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވަޒީރުންނާއި ސަރުކާރުގެ އިސްފަރާތްތަކުން ވަނީ ވާހަކަ ދައްކަވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު