Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ދިޕިކާއަށް އަސްލަށްވެސް ރޮވިއްޖެ

ދިޕިކާއަށް ޚާއްސަކޮށް ހުށަހަޅައިދީފައިވަނީ "ގޫމަރު" މިލަވަ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 26 ޑިސެމްބަރު 2019 | ބުރާސްފަތި 17:47
ދިޕިކާ ޕަދުކޯން

ދިޕިކާ ޕަދުކޯން

ސްޓާ ޕްލަސް އިން ދައްކާ ޑާންސް ރިއަލިޓީ ޝޯ "ޑާންސް+" ގައި ބޮލީވުޑްގެ ތަރި ދިޕިކާ ޕަދުކޯން އަށް ޚާއްސަކޮށް ހުށަހަޅައިދިން ނެށުން ބެލުމަށްފަހު އޭނާއަށް ރޮވިއްޖެ އެވެ.

މި ޝޯވގެ ބައިވެރިން ދިޕިކާއަށް ޚާއްޞަކޮށް ހުށަހަޅައިދީފައި ވަނީ އޭނާ ކުޅެފައިވާ ފިލްމު " ޕަދްމާވަތް" ގެ "ގޫމަރު" މި ލަވައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެނިގެންދަނީ ޝޯވގެ ބައިވެރިން އެ ލަވަ ހުށަހަޅާއިދިން ވަގުތު ލަވަ ބަލަން ދީޕިކާ ހިނިތުންވެފަ އިން މަންޒަރެވެ. ނަމަވެސް ލަވަ ނިމުމުން ކޮޅަށް ތެދުވެ ނެށުންތެރިންނަށް ތަރުޙީބު ދިނުމަށްފަހު ދިޕިކާ ވަނީ މޫނުގަ އަތް އަޅައިގެން ރޯން ފަށާފައެވެ.

ޝޯގެ ފަނޑިޔާރެއް ކަމަށްވާ ރެމޯ ޑި ސޫޒާ ވަނީ ދީޕިކާގެ ގައިގައި ބައްދާލާފައެވެ. ދިޕިކާ ވަނީ ރެމޯގެ ކޮނޑުގައި ބޯޖަހައިގެން ގިނަ ހިތްފުރޭވަރަށް ރޮއެފައެވެ. އެއަށްފަހު ދިޕިކާ ބުނެފައިވަނީ އޭނާ އެފަދަ ގިނަ ޝޯވތަކަކަށް ގޮސްފައިވާނެ ކަމަށާއި ނަމަވެސް އެދުވަހު އެކުރެވުނު އިޙުސާސްތައް ބަހުން ބަޔާން ކުރަންވެސް ދަތިކަމަށެވެ. އެ ހުށަހެޅުމާއި މެދު ހިތްހަމަޖެހުނުކަމަށް ބުނެ، ދީޕިކާ ވަނީ ހިތުގެ އަޑިން ދިޕިކާ ނެށުންތެރިންނަށް ޝުކުރު އަދާކޮށްފައެވެ.

ދިޕިކާ މި ޝޯވއަށް ގޮސްފައިވަނީ އޭނާގެ އަންނަން އޮތް ފިލްމު "ޗަޕާކް" ޕްރޮމޯޓު ކުރުމަށެވެ. މި ފިލްމުގައި ދީޕިކާ ފެނިގެންދާނީ އެސިޑް ޙަމަލާއިން ސަލާމަތްވި ލަކްޝްމީ އަގަރުވާލްގެ ރޯލުންނެވެ. މެގްނާ ގުލްޒާރު ޑައިރެކްޓް ކުރާ މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 10 ގައެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2020

ދިޕިކާއަށް "ޗަޕާކު" އިން ލިބުނު ފުރަތަމަ އެވޯޑް ޚާއްސަ ކުރީ ލަކްޝްމީ އަށް

19 ފެބުރުއަރީ 2020
ދިޕިކާއަށް "ޗަޕާކު" އިން ލިބުނު ފުރަތަމަ އެވޯޑް ޚާއްސަ ކުރީ ލަކްޝްމީ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު