Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑަބްލިޔުއެސްސީ

މަސައްކަތްތެރިކަމުގެ ދާއިރާތަކަށް މީހުން ތަމްރީން ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

މިހާތަނަށް 16 ރަށެއްގައި ފެނުގެ ނިޒާމް ގާއިމްކޮށްފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 6 ޑިސެމްބަރު 2019 | ހުކުރު 04:00

މަސައްކަތްތެރިކަމުގެ ދާއިރާތަކަށް މީހުން ތަމްރީން ކުރުމަށް އެމްޑަބްލިޔުއެސްސީ އާއި މޯލްޑިވްސް ޕޮލިޓެކްނިކް އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ރާއްޖޭގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމް ކުރަމުން އަންނަ އެންމެ ބޮޑު ދިވެހި އެއް ކުންފުންޏަކީ އެމްޑަބްލިޔުއެސްސީ ކަމަށްވާއިރު، މިހާތަނަށް 16 ރަށެއްގައި ފެނުގެ ނިޒާމް އަދި 26 ރަށެއްގައި ނަރުދަމާގެ ނިޒާމު ގާއިކޮށްދީފައިވާ ކަމަށެވެ. މިރަށްރަށުގައި ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމުތަކަކީ މިމަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ ދައުލަތުގެ ވުޒާރާތަކުން އެންމެ މަތީ މިންގަނޑަށް ނިންމާފައިވާ ކަމަށް ބަލައިގެނެފައިވާކަމުގެ ސެޓިފިކެޓް އެކުންފުންޏައް ހަވާލުކޮށްފައިވާ މަސައްކަތްތަކެއް ކަމަށެވެ.

Advertisement - newsAdvertisement

އެމްޑަބްލިޔުއެސްސީން ބުނީ، އެކުންފުންޏަކީ އައިއެސްއޯ 9001:2015 ކޮލިޓީ މެނޭޖްމަންޓް ސިސްޓަމަށް ސިޓިފައިޑް ކުންފުންޏަކަށްވާތީ އެކުންފުނިން ނިންމާފައިވާ އަދި މިހާރު ކުރިއަށްދާ ފެނާ ނަރުދަމާގެ މަސައްކަތްތަކަކީ މިކުންފުނިން ޚާއްސަ އިސްކަމެއްދީގެން ވަރަށް ފުރިހަމައަށް ކޮށްފައިވާ އަދި ކުރަމުންދާ މަސައްކަތްތަކެއް ކަމަށެވެ. އަދި މިފަދަ ނިޒާމުތައް ބެލެހެއްޓޭނީ މިދާއިރާއިން ފަންނީ މީހުން ތަމްރީނުކޮށްގެން ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

އެހެންކަމުން މިފަދަ ދާއިރާތަކުން ފަންނީ މަސައްކަތްތެރިން ތަމްރީނުކުރުމަކީ މުހިންމު ކަމެއް ކަމަށާއި، މިމަސައްކަތްތައް ކުރިއަށް ގެންދިއުމަށް ޕޮލިޓެކްނިކްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

13 މެއި 2017

އަމިއްލަ ގޮތުން އިންތިޚާބުވި ކައުންސިލަރަކު އެމްޑީޕީއަށް ސޮއިކޮށްފި

13 މެއި 2017
އަމިއްލަ ގޮތުން އިންތިޚާބުވި ކައުންސިލަރަކު އެމްޑީޕީއަށް ސޮއިކޮށްފި
11 މެއި 2017

ރާއްޖެ ޓީވީގެ ކުރުފިލްމް ފެސްޓިވަލްގެ ޖަޖުންނާ އެކު ސޮއިކޮށްފި

11 މެއި 2017
ރާއްޖެ ޓީވީގެ ކުރުފިލްމް ފެސްޓިވަލްގެ ޖަޖުންނާ އެކު ސޮއިކޮށްފި
28 އެޕްރީލު 2017

ފެންފުށީ ކައުންސިލްގެ ނައިބު ރައީސް ޕީޕީއެމް ދޫކޮށް ޖޭޕީއަށް ސޮއިކޮށްފި

28 އެޕްރީލު 2017
ފެންފުށީ ކައުންސިލްގެ ނައިބު ރައީސް ޕީޕީއެމް ދޫކޮށް ޖޭޕީއަށް ސޮއިކޮށްފި
27 އެޕްރީލު 2017

ދާއިރާގެ ގިނަ ރައްޔިތުން ސަރުކާރަށް ތާއިދު ނުކުރާކަމަށްބުނި އެމްޑީޕީ ކެނޑިޑޭޓް ޕީޕީއެމަށް ސޮއިކޮށްފި

27 އެޕްރީލު 2017
ދާއިރާގެ ގިނަ ރައްޔިތުން ސަރުކާރަށް ތާއިދު ނުކުރާކަމަށްބުނި އެމްޑީޕީ ކެނޑިޑޭޓް ޕީޕީއެމަށް ސޮއިކޮށްފި
18 އެޕްރީލު 2017

ބްރޮޑްކާސްޓިން ކޮމިޝަނުގެ މެންބަރުން ވަކި ކުރުމަށް އެދި ހުށަހަޅާ ޕެޓިޝަންގައި ރާއްޖެޓީވީ ހުރިހާ މުއައްޒަފުން ސޮއިކޮށްފި

18 އެޕްރީލު 2017
ބްރޮޑްކާސްޓިން ކޮމިޝަނުގެ މެންބަރުން ވަކި ކުރުމަށް އެދި ހުށަހަޅާ ޕެޓިޝަންގައި ރާއްޖެޓީވީ ހުރިހާ މުއައްޒަފުން ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު