Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސުލްޖުމްހޫރިއްޔާ ޖަޕާން ދަތުރުފުޅު

ރައީސުލްޖުމްހޫރިއްޔާ ޖަޕާނުގެ އޮދަވަރާ ސިޓީގެ މޭޔަރާ ބައްދަލުކުރައްވައިފި

21 އޮކްޓޯބަރު 2019 | ހޯމަ 18:52

ރައީސުލްޖުމްހޫރިއްޔާ ވަނީ ދޭދޭގުޅުން އިތުރަށް ބަދަހިކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފަ

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 21 އޮކްޓޯބަރު 2019 | ހޯމަ 18:52
ރައީސުލްޖުމްހޫރިއްޔާ ޖަޕާނުގެ އޮދަވަރާ ސިޓީގައި

ރައީސުލްޖުމްހޫރިއްޔާ ޖަޕާނުގެ އޮދަވަރާ ސިޓީގައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޖަޕާނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ޖަޕާނުގެ އޮދަވަރާ ސިޓީގެ މޭޔަރ ކެނީޗީ ކާތޯއާ ބައްދަލުކުރައްވައިފިއެވެ.

ޖަޕާނުގެ އޮދަވަރާ ސިޓީގެ މޭޔަރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. މިގޮތުން ޖަޕާނުން ޤައުމީ އަދި ޕްރޮވިންސް ތަކުގެ ފެންވަރުގައި ޢަމަލުކުރާ ރަނގަޅު އުޞޫލުތައް ރާއްޖޭގައި ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގައި ބޭނުންކުރުމުގެ މުހިއްމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވެއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން "ހަގިބިސް" ތޫފާނުގެ ސަބަބުން ގެއްލުން ލިބުނު އޮދަވަރާގެ ރައްޔިތުންނަށް ހަމްދަރުދީ ފޮނުއްވަވާ، އެފަރާތްތަކަށް ލިބުނު ހިތާމައިގައި ބައިވެރިވެ ވަޑައިގަންނަވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވާފައިވެއެވެ. މި ތޫފާނުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ، ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ޖަޕާނު ސަރުކާރުން އަޅުއްވާފައިވާ އަވަސް، ހަރުދަނާ ފިޔަވަޅުތަކަށްޓަކައި، ޖަޕާނު ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުރީފުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މޭޔަރ ކެނީޗީ ކާތޯ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއިން އޮދަވަރާގެ ރައްޔިތުންނާމެދު ބަހައްޓަވާ ގާތްކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ. އޮދަވަރާއަކީ ޖަޕާނުގެ އިޤްތިޞާދީ އަދި ޘަޤާފީ މައި މަރުކަޒަށްވެފައި، ދިވެހި އެތްލީޓުން ތިބޭ ސިޓީއަށްވާއިރު ސަމަރ އޮލިމްޕިކްސްގެ އެކިއެކި މުބާރާތްތަކުގައި އެސިޓީގެ ރައްޔިތުން ރާއްޖޭގެ އެތްލީޓުންނަށް ތަރުޙީބުދޭނެ ކަމަށް މޭޔަރ ކެނީޗީ ކާތޯ ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެތްލީޓުންނަށް ބޭނުންވާ އެންމެހާ ޚިދުމަތްތައް އޮދަވަރާ ސިޓީން ލިބޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވާފައިވެއެވެ.

މި ބައްދަލުކުރެއްވުމަށްފަހު މޭޔަރ ކެނީޗީ ކާތޯ ދެއްވި ޚާއްޞަ މެންދުރުގެ ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އޮދަވަރާ ސިޓީއަށް ކުރެއްވި ޒިޔާރަތުގައި ވަނީ ސަމަރ އޮލިމްޕިކްސްގައި ބައިވެރިވުމަށް ޖަޕާނަށްދާ ރާއްޖޭގެ އެތްލީޓުންގެ ތަމްރީނުތައް ބޭއްވުމަށް ހަމަޖެހިފައިވާ ޝިރޮޔާމާ އެތްލެޓިކް ފީލްޑުގެ އިތުރުން ސުޒުހިރޯ ކަމަބޯކޯ (ފިޝް ކޭކް) ފެކްޓަރީއަށް ޒިޔާރަތް ކުރައްވާފައެވެ. މި ކާރުޚާނާއަކީ ޖަޕާނުގައި މަހުގެ ހުދުބައިން ޕްރޮސެސްކޮށްގެން އުފައްދާ ސީފުޑްގެ އުފެއްދުންތަކަށް ޚާއްޞަ ފެކްޓަރީއެކެވެ. މިއީ ތިމާވެއްޓާ ރައްޓެހި އަދި ޒަމާނީ އާލާތްތަކުގެ އެހީގައި މަހުގެ އުފެއްދުންތައް ތައްޔާރު ކުރުމަށް ޚާއްޞަ ކާރުޚާނާއެކެވެ.

އަންނައަހަރު ސަމަރ އޮލިމްޕިކްސް ޖަޕާނުގައި ބޭއްވޭއިރު ދިވެހިރާއްޖޭގެ ކޮންޓިންޖެންޓް ޖަޕާނުގައި ތިބުމަށް ހަމަޖެހިފައިވަނީވެސް އޮދަވަރާ ސިޓީގައެވެ. އެގޮތުން ރާއްޖޭގެ އެތްލީޓުންގެ ތަމްރީނުތައް ކުރިޔަށް ގެންދިއުމަށްވެސް ހަމަޖެހިފައިވަނީ މި ސިޓީގައެވެ.

އޮދަވަރާ ސިޓީއަކީ ރާއްޖޭގެ ރަށްތަކާ އެއްގޮތް ގިނަ ކަންތައްތަކެއް އެކުލެވޭ ސިޓީއެކެވެ. އޮދަވަރާ ސިޓީއަކީ ރާއްޖެއެކޭ އެއްފަދައިން އައްސޭރިފަށުގެ ސަރަހަށްދެއް ހިމެނޭ ސިޓީއެކެވެ. މީގެއިތުރުން މަސްވެރިކަމުގެ ސިނާޢަތަށް ބަރޯސާވެފައިވުމާއި ރައްޔިތުންގެ ކެއިންބުއިމުގެ އާދަކާދައިގައި ވެސް ރާއްޖެއާ އެއްގޮތް ކަންތައްތަކެއް ހުރެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖަޕާނަށް ކުރައްވާ މި ދަތުރުފުޅަކީ ޖަޕާން ސަރުކާރުގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

28 މެއި 2017

މާލެ ސިޓީގެ އާ ކައުންސިލް ހުވާކުރަން ދަރުބާރުގެ ނުލިބިގެން ޣިޔާސުއްދީނަށް

28 މެއި 2017
 މާލެ ސިޓީގެ އާ ކައުންސިލް ހުވާކުރަން ދަރުބާރުގެ ނުލިބިގެން ޣިޔާސުއްދީނަށް
24 މާރިޗު 2017

ރައީސުލްޖުމްހޫރިއްޔާ، އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ހަމްދަރުދީގެ މެސެޖެއް

24 މާރިޗު 2017
ރައީސުލްޖުމްހޫރިއްޔާ، އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ހަމްދަރުދީގެ މެސެޖެއް
09 މާރިޗު 2017

އައްޑޫ ސިޓީގެ ހަތް ގޮނޑި ހޯދާނަން:ސޯބެ

09 މާރިޗު 2017
އައްޑޫ ސިޓީގެ ހަތް ގޮނޑި ހޯދާނަން:ސޯބެ
07 މާރިޗު 2017

"ތަރިކަ" މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙު ކޮށްދެއްވައިފި

07 މާރިޗު 2017
"ތަރިކަ" މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙު ކޮށްދެއްވައިފި
26 ފެބުރުއަރީ 2017

އައްޑޫ ސިޓީގެ ދެ ރަށަކާއި ފުވައްމުލަކަށް ޑަސްޓްބިނާއި ކޮމްޕޯސްޓިންގ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ބަޔަކާ ޙަވާލުކޮށްފި

26 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ދެ ރަށަކާއި ފުވައްމުލަކަށް ޑަސްޓްބިނާއި ކޮމްޕޯސްޓިންގ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ބަޔަކާ ޙަވާލުކޮށްފި
22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
19 ފެބުރުއަރީ 2017

ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

19 ފެބުރުއަރީ 2017
ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
16 ފެބުރުއަރީ 2017

އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

16 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް