Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާރިއޯ މަންޒުކިޗް

މަންޒުކިޗް ޔުނައިޓެޑަށް ބަދަލުވުމާ ގާތަށް!

ޔުވެންޓަސްއާއެކު މަންޒުކިޗް ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރު

ލީވާން އަލީ
ލީވާން އަލީ | 14 އޮކްޓޯބަރު 2019 | ހޯމަ 13:46
މާރިއޯ މަންޒުކިޗް

މާރިއޯ މަންޒުކިޗް

ޔުވެންޓަސްއަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ ފޯވާޑް މާރިއޯ މަންޒުކިޗް މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވުމާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެކްސްޕްރެސް އިން ބުނީ، ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ޔުނައިޓެޑަށް މަންޒުކިޗް ބަދަލުވުމަކީ ވަރަށް ގާތް ކަމެއް ކަމަށާއި، އޭނާގެ ޓްރާންސްފާއާ ގުޅޭގޮތުން ޔުނައިޓެޑް އަދި ޔުވެންޓަސް ނުރަސްމީ އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ.

ނިމިދިޔަ ޓްރާންސްފާ ބާޒާރުގައިވެސް މަންޒުކިޗް ހޯދަން ގިނަ ކްލަބްތަކުން ވަނީ މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި ޕީއެސްޖީވެސް ހިމެނެއެވެ. ނަމަވެސް ކްލަބް ދޫކޮށްލަން މަންޒުކިޗް ވަނީ ދެކޮޅު ހަދާފައެވެ.

މިއަހަރުގެ އެޕްރީލް ޔުވެންޓަސްއާއެކު ހަދާފައިވާ އެއްބަސްވުން މަންޒުކިޗް އާކޮށްފައިވާއިރު، އޭނާ އެ ކްލަބުގައި 2021 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރަން ޖެހޭނެއެވެ. ނަމަވެސް ރިޕޯޓްތައް ބުނާގޮތުން މަންޒުކިޗް ބޭނުންވަނީ ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ކްލަބް ދޫކޮށްލާށެވެ.

ޑައިނަމޯ ޒަގްރެބް އިން 2007 ވަނަ އަހަރު ކެރިއަރު ފެށި މަންޒުކިޗް ވަނީ ވުލްފްސްބާގް އާއި ބަޔާން މިއުނިކް އަދި އެތުލެޓިކޯ މެޑްރިޑަށް ވެސް ކުޅެފައެވެ. އޭނާ ޔުވަންޓަސް އަށް ބަދަލުވީ 2015 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 162 މެޗުގައި 44 ލަނޑު ކާމިޔާބުކޮށްފައެވެ.

ނިމިގެންދިޔަ ފީފާ ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ކްރޮއޭޝިއާ ޓީމަށް ދެއްކި މަންޒުކިޗް ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވާއިރު، އޭނާ ވަނީ އެޓީމަށް ކުޅުނު 89 މެޗުގައި 33 ލަނޑު ކާމިޔާބު ކޮށްފައެވެ.

އިތުރަށް ކިޔާލަން

31 މާރިޗު 2017

މިނިވަން ޗެމްޕިއަންޝިޕް: އުނގޫފާރު ފެށުން ރަނގަޅުކުރިއިރު، މާޅެންދޫ ފައިނަލާ ގާތަށް

31 މާރިޗު 2017
މިނިވަން ޗެމްޕިއަންޝިޕް: އުނގޫފާރު ފެށުން ރަނގަޅުކުރިއިރު، މާޅެންދޫ ފައިނަލާ ގާތަށް
16 މާރިޗު 2017

ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ

16 މާރިޗު 2017
ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ
13 މާރިޗު 2017

ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ

13 މާރިޗު 2017
ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ
07 މާރިޗު 2017

ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!

07 މާރިޗު 2017
ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު