Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތައިލޭޑް/ރާއްޖެ އެމްބަސީ

ތައިލޭންޑްގައި ހުންނަ ދިވެހި އެމްބަސީ ރަސްމީކޮށް ހުޅުވަނީ

4 އޮކްޓޯބަރު 2019 | ހުކުރު 14:33

އެމްބަސީ ރަސްމީކޮށް ހުޅުވާނީ ފޮރިން މިނިސްޓަރ ތައިލޭންޑަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 4 އޮކްޓޯބަރު 2019 | ހުކުރު 14:33
ރާއްޖެއިން ތައިލޭންޑަށް ކަނޑައަޅުއްވާފައިވާ ސަފީރު މުޙައްމަދު ޖިނާހަށް ރައީސް ފަތްކޮޅު އަރުވަނީ

ރާއްޖެއިން ތައިލޭންޑަށް ކަނޑައަޅުއްވާފައިވާ ސަފީރު މުޙައްމަދު ޖިނާހަށް ރައީސް ފަތްކޮޅު އަރުވަނީ

ދިވެހި ރާއްޖެއިން ތައިލޭންޑުގެ ބެންކޮކްގައި ޤާއިމުކޮށްފައިވާ ރައްޖޭގެ އެމްބަސީ މިމަހުގެތެރޭގައި ހުޅުވާނެކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖެ އެމްވީ އެޑިޓަރުންނާއެކު ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ، ޚަރިޖީ ސިޔާސަތު އޭގެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމާއެކު، ޢާއްމު ރައްޔިތުންނަށް އޭގެ ވާނުވާ އެންމެ ފުރިހަމަގޮތުގައި އެގިގެން ދިއުމަކީ އެމަނިކުފާނު ވަރަށް އަހައްމިއްޔަތުކަމެއް ދެއްވާކަމެއް ކަމަށެވެ.

Advertisement - newsAdvertisement

އެމަނިކުފާނުގެ ކުރިޔަށް ރާއްވަވާފައި ހުރި ޕްރޮގުރާމުތަކައް އިޝާރާތް ކުރައްވާ ވިދާޅުވީ، މިމަހުގެ ފަނަރަވަނަ ދުވަހު ތައިލޭންޑަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އެ ދަތުރުފުޅުގެ މައި އެޖެންޑާގެ ތެރޭގައި ބެންކޮކްގައި ޤާއިމްކޮށްފައިވާ ދިވެހިރާއްޖޭގެ އެމްބަސީ ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރަސްމީކޮށް ނުހުޅުވި ކަމުގައިވީ ނަމަވެސް އެމްބަސީގެ ޚިދްމަތް މިހާރުވެސް ދެމުން އަންނަކަމަށެވެ. އަދި އެމްބަސީ ހުޅުވުމުން އެމްބަސީގެ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ ޚިދުމަތް ފުޅާކުރުމުގެ ފުރުޞަތު ފަހިވެ، ތައިލޭންޑުގެ ސަރުކާރާއެކު މުޢާމަލާތްކުރުމަށް ފަސޭހަވެގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ތައިލޭންޑުގައި ހުންނަ ދިވެހި އެމްބަސީ މިމަހު ހުޅުވާނެ ވާހަކަ ހިއްސާކުރެއްވި ނަމަވެސް، ހުޅުވާނެ ތާރީޚާއި، ދަތުރުފުޅުގެ ރަސްމީ އެޖެންޑާ ހިއްސާކުރައްވާފައެއް ނުވެއެވެ.

ރާއްޖޭގެ އެމްބަސީއެއް ތައިލޭންޑުގަ ޤާއިމުކުރީ 2018 ވަނަ އަހަރުއެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ މިދިޔަ ސެޕްޓެމްބަރު މަހު މ. ތިބްރޯޒް މުހައްމަދު ޖިނާހު އައްޔަން ކުރައްވާފައެވެ. ފޮރިން މިނިސްޓަރ ވިދާޅުވީ ސަފީރު ތައިލޭންޑުގެ ރަސްގެފާނަށް ފަތްކޮޅު އެރުމުގެ މަރުޙަލާ ކުރިޔަށް ގެންދިއުމުގެ ކަންކަންވެސް އެމަނިކުފާނުގެ ދަތުރުފުޅުގެ ތެރެއިން ހަމަޖެއްސޭތޯ މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.

ރާއްޖެއާއި ތައިލޭންޑާ ދެމެދު 1979 ވަނަ އަހަރު ސިޔާސީ ގުޅުން ޤާއިމުކުރިފަހުން އެކި ދާއިރާތަކުން ގުޅުން ބަދަހިވެފައިވެއެވެ. އޭގެތެރެއިން އެންމެ ފާހަގަކުރެވޭ އެއްކަމަކީ ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާގެ ގުޅުންތަކެވެ. އެންމެ ފަހުގެ ޚަބަރުތަކަށް ބަލާއިރު މިއަހަރުގެ އެޕްރީލް މަހުން ފެށިގެން ދިވެހިންނަށް އޮންއެރައިވަލް ވިސާ ލިބޭނެގޮތް ތައިލޭންޑް ސަރުކާރުން އިންތިޒާމުކުރި ޚަބަރު ފާހަގަކޮށްލެވެއެވެ.

މި ވިސާގެ ދަށުން ފަތުރުވެރިކަމުގެ ބޭނުމަށް 30 ދުވަހުގެ މުއްދަތަކަށް ތައިލެންޑްގައި ތިބެވޭނެއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް