Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރާއްޖެ - ލަންކާ (ވޮލީ)

ރަހުމަތްތެރިކަމުގެ މެޗު: ފަހަތުން އަރައި ރާއްޖޭގެ މައްޗަށް ލަންކާ ވޮލީ ޓީމު ކުރިހޯދައިފި

ލަންކާގެ މައްޗަށް ރާއްޖެ ކުރިހޯދީ ތިން ސެޓް އެއް ސެޓުން

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 13 އޯގަސްޓު 2019 | އަންގާރަ 18:57
ލަންކާ އަދި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން

ލަންކާ އަދި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން

ރަހުމަތްތެރިކަމުގެ މެޗެއްގައި ފަހަތުން އަރައި ރާއްޖޭގެ ވޮލީ ޓީމުގެ މައްޗަށް ލަންކާ ވޮލީ ޓީމު ކުރިހޯދައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މި މެޗުން ލަންކާ މޮޅުވީ ފަހަތުން އަރައި ތިން ސެޓު އެއް ސެޓުންނެވެ.

ސޯޝަލް ސެންޓަރގައި އެތައް ސަތޭކަ ސަޕޯޓަރުން ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ސެޓް ފޯރިގަދަ ކުޅުމަކަށްފަހު ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ. ރާއްޖެއިން މި ސެޓް ގެންދިޔައީ 20-25 އިންނެވެ.

ދެވަނަ ސެޓްގައި ލަންކާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެޓީމުން ވަނީ މި ސެޓް ފަސޭހަކަމާއެކު 15-25 އިން ކާމިޔާބުކޮށްފައެވެ. މި ސެޓުގެ ފަހުވަގުތު ރާއްޖެއިން ވަނީ މޮޅު ކުޅުމެއް ދައްކާ ޕޮއިންޓްތަކެއް ހޯދާފައެވެ.

ތިންވަނަ ސެޓްގައިވެސް ލަންކާ ވަރުގަދަކޮށް ފެނުނުއިރު، މި ސެޓް އެޓީމުން ގެންދިޔައީ 15-25 އިންނެވެ. މި ސެޓުގައިވެސް ރާއްޖެއިން ވަނީ ރަނގަޅު ފައިޓެއް ދީފައެވެ.

ހަތަރުވަނަ ސެޓް ވަރަށް ވާދަވެރިކޮށް ފެނިގެންދިޔައިރު، ދެޓީމުންވެސް ވަނީ މި ސެޓުގައި މޮޅު ކުޅުމެއް ދައްކާފައެވެ. މި ސެޓުގައި ރެފްރީގެ ނިންމުންތަކާ ލަންކާގެ ފަރާތުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރިއިރު، މި ސެޓް އެޓީމުން ގެންދިޔައީ 22-25 އިންނެވެ.

މި މެޗު ބެއްލެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އދ. ގެ ޔޫތު އެންވޯއި ސްރީލަންކާގެ ޖަޔަތުމާ ވިކްރަމަނަޔަކޭ ސޯޝަލް ސެންޓަރަށް ވަޑައިގެންނެވިފައެވެ. އަދި މި މެޗު ބެއްލެވުމަށް ގިނަ އަދަދެއްގެ ވަޒީރުންނާއި، މަޖިލިސް މެމްބަރުންގެ އިތުރުން ދިވެހި އެތައް ރައްޔިތުންނެއެއް ހާޒިރުވިކަން ފާހަގަކޮށްލެވެއެވެ.

ލަންކާއާ ދެކޮޅަށް ރާއްޖެއިން ވަނީ ހޯމަ ދުވަހުގެ ރޭ ވެސް މެޗެއް ކުޅެފައެވެ. އެ މެޗުން ރާއްޖެ ތިން ސެޓުން ވަނީ ބަލިވެފައެވެ. އެ މެޗަކީ ފަރިތަކުރުމުގެ ގޮތުން ކުޅުނު މެޗެކެވެ.

ލަންކާއާ ދެކޮޅަށް ރާއްޖެ ޖުމްލަ ތިން މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ބުދަ ދުވަހުގެ ރޭވެސް ފަރިތަކުރުމުގެ ގޮތުން މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ލަންކާއާ ދެކޮޅަށް ރާއްޖެއިން ކުޅޭ މި ރަހުމަތްތެރިކަމުގެ މެޗުތަކަކީ ކުރިޔަށް އޮތް ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއިން ކުޅޭ މެޗުތަކެކެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު