Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމަންތާ އެއަރަލައިން

މަންތާގެ ފުރަތަމަ ސީޕްލޭން ދަތުރު ސެޕްޓެމްބަރު މަހު

ދެ ސީޕްލޭން ގެނެސްފައި ވަނީ ކެނެޑާއިން

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 6 އޯގަސްޓު 2019 | އަންގާރަ 10:08
މަންތާ އެއާ ދަތުރުތައް ރަސްމީކޮށް ފަށާފައިވަނީ ފެބްރުއަރީ މަހު

މަންތާ އެއާ ދަތުރުތައް ރަސްމީކޮށް ފަށާފައިވަނީ ފެބްރުއަރީ މަހު

މި އަހަރު ފެބްރުއަރީ މަހު އެތެރޭގެ އުދުހުންތައް ފެށި މަންތާ އެއާގެ ސީޕްލޭންގެ ދަތުރުތައް އަންނަ މަހު ފަށަން ތައްޔާރު ވެފައިވާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

މިހާރު އެ ކުންފުނިން ދަނީ ސީޕްލޭން ދަތުރުތައް ފެށުމުގެ އެންމެ ފަހު މަރުހަލާގެ މަސައްކަތްތައް ކުރަމުންނެވެ. މަންތާ އިން ބުނީ، މިހާރު މަޑުކޮށްގެން ތިބީ ޓްރާންސްޕޯޓް މިނިސްޓްރީން އެކަމަށް ބޭނުންވާ ހުއްދަތައް ލިބެންދެން ކަމަށެވެ.

ކުރިން ކަނޑައެޅިފައިވާ ތާރިހު ތަކަށް ނުފެށުނަސް އަންނަ މަހު ސީޕްލޭންގެ ދަތުރުތައް ފެށޭނެ ކަމުގެ ޔަގީންކަން އެ އެއާލައިނުން ވަނީ ކަސްޓަމަރުންނަށް ދީފަ އެވެ.

ދަތުރުތައް ފަށަން ގެންނަ ހަތަރު ސީޕްލޭން އަކީ ކެނެޑާ އިން ގެންނަ ސީޕްލޭން އެވެ. މި އަހަރު ނިމޭއިރު ޖުމްލަ 10 ސީޕްލޭން އޮންނާނެ ކަމަށް މަންތާ އިން ބުންޏެވެ.

މަންތާ އިން ވަނީ މިހާތަނަށް ތިން ފްލައިޓެއް ރާއްޖެ ގެނެސްފައެވެ. އެ އެއާލައިނުން އެންމެ ފުރަތަމަ ދަތުރު ކޮށްފައިވަނީ ދ. ކުޑަހުވަދޫ އަށެވެ. މަންތާގެ ދަތުރުތައް ތ. ތިމަރަފުއްޓަށް ކުރަން ހަމަޖެހިފައިވާ ކަމަށް ވަނީ މީގެ ކުރިން ބުނެފައެވެ.

މަންތާގެ އުދުހުންތަކުގައި ބޭނުން ކުރާނީ އޭޓީއާރު 600-72 މަރުކާގެ މަތިންދާ ބޯޓެވެ. އެ ބޯޓު ތަކަކީ 68 މީހުންނާއި 78 މީހުންނާ ދެމެދުގެ އަދަދަކަށް ފަސިންޖަރުން އުފުލޭ ގޮތަށް ފަރުމާކޮށްފައިވާ މަތިންދާ ބޯޓު ތަކެކެވެ.

ރާއްޖޭގެ އެތެރޭގެ އުދުހުން ތަކުގައި މަންތާގެ އިތުރުން މޯލްޑިވިއަންގެ އަދި ފްލައިމީ ހަރަކާތްތެރިވެއެވެ.

އިތުރަށް ކިޔާލަން

15 މެއި 2017

ރޯދަ މަހަށް ޚާއްސަކޮށް ވަގުތީ ދަތުރުވެރިންގެ މާރުކޭޓެއް ޤާއިމުކުރަނީ

15 މެއި 2017
ރޯދަ މަހަށް ޚާއްސަކޮށް ވަގުތީ ދަތުރުވެރިންގެ މާރުކޭޓެއް ޤާއިމުކުރަނީ
11 މެއި 2017

މާލެ އާއި ޓްރެވިންޑްރަމް އާއި ދެމެދު ސްޕައިސް ޖެޓްގެ ދަތުރުތައް ފަށައިފި

11 މެއި 2017
މާލެ އާއި ޓްރެވިންޑްރަމް އާއި ދެމެދު ސްޕައިސް ޖެޓްގެ ދަތުރުތައް ފަށައިފި
19 އެޕްރީލު 2017

އެލައިޑްގެ ލައިފް އިންޝިއުރެންސް ފުރަތަމަ ނެގި މީހާއަށް ފައިސާ ދީފި

19 އެޕްރީލު 2017
އެލައިޑްގެ ލައިފް އިންޝިއުރެންސް ފުރަތަމަ ނެގި މީހާއަށް ފައިސާ ދީފި
30 މާރިޗު 2017

ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި

30 މާރިޗު 2017
ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި
29 މާރިޗު 2017

ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި

29 މާރިޗު 2017
ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު