Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއައިޓީޑީ

އިމާރާތެއްގެ ދަނގަޑު އޮނިގަނޑެއް ހަދަން އެއް މިލިއަން ޑޮލަރު

މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏަކަށް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 24 ޖުލައި 2019 | ބުދަ 16:50
ކާށިދޫގެ ޓުއަރިސްޓް ވިލެޖްގައި ހުރި އިމާރާތިގެ އޮނިގަނޑު ކޮމެޓީގެ މެމްބަރުންނާ ހިއްސާ ކުރަނީ

ކާށިދޫގެ ޓުއަރިސްޓް ވިލެޖްގައި ހުރި އިމާރާތިގެ އޮނިގަނޑު ކޮމެޓީގެ މެމްބަރުންނާ ހިއްސާ ކުރަނީ

ކާށިދޫގައި ޓުއަރިސްޓް ވިލެޖެއް ހެދުމުގެ މަޝްރޫއެއްގެ އިމާރާތުގެ ދަނގަޑު އޮނިގަނޑު ހެދުމަށްޓަކާ އެއް މިލިއަން ޑޮލަރު ހަރަދުވެފައިވާކަމަށް މޯލްޑިވްސް އިންޓެގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ރާއިދު ވިދާޅުވެއްޖެއެވެ.

ރާއިދު މިހެން ވިދާޅުވީ ބުދަ ދުވަހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒެސް ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރާއިދު ވިދާޅުވީ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏަކަށް ކަމަށާއި ހަވާލު ކުރެވުނުއިރު އެއްވެސް ކަހަލަ ކޮންސްޕްޓެއް ހަދާފައެއް ނުވާކަމަށެވެ. އަދި އެކުންފުންޏާއި ހަވާލު ކުރެވުނީ ޕްރީފެބްރިކޭޓެޑް ބިލްޑިންގް ތަކެއް އެޅުމަށް ކަމަށެވެ.

މި މަޝްރޫއު ހިންގުމަށްޓަކާ އެމްއައިޓީޑީސީ އިން ފިނޭންސް މިނިސްޓްރީއިން 8% ގެ އިންޓްރެސްޓަކާއިއެކު 1 މިލިއަން ޑޮލަރުގެ ލޯނެއް ނެގި ކަމަށާއި އެ މިލިއަން ޑޮލަރުގެ ލޯނު ހުސްކޮށްލީ ހަމައެކަނި ދަގަނޑު އޮނިގަނޑު ހެދުމަށް ކަމަށްވެސް ރާއިދު ވިދާޅުވިއެވެ.

ލޭންޑް އެކުއިޝަން ކޯސްޓްގެ ގޮތުގައި 22.7 މިލިއަން ރުފިޔާ ދައްކަން ޓުއަރިޒްމް މިނިސްޓްރީއިން އަންގާފައިވާ ކަމަށާއި ކާށިދޫ ބިން އޭރުވެސް އެމްއައިޓީޑީސީ އާއި ހަވާލުކޮށްފައި ނުވާކަމަށާއި އެ ރުފިޔާ ނުދައްކާ އޮތުމުން މިނިސްޓްރީއިން ކޯފަރޭޝަންއަށް ބިން ހަވާލު ކުރުމަށް އިންކާރު ކުރަމުންދާ ކަމަށް ވެސް ރާއިދު ވިދާޅުވިއެވެ. މީގެއިތުރުން ރާއިދު ވިދާޅުވީ އެ ބިމުގެ އަގަކީ 22.7 މިލިއަން ރުފިޔާ ކަމަށް ދެކިވަޑައިނުގަންނަވާކަމަށެވެ.

ރާއިދު ވިދާޅުވީ އާ ސަރުކާރުން ވެރިކާމާއި ހަވާލު ވުމުގެ ދެ ހަފްތާ ކުރިން ޓުއަރިޒްމް މިނިސްޓްރީއިން ކާށިދޫގައި ހިންގާ މަޝްރޫޢޫ އަކީ ދެކޮޅު ޖެހޭ މަޝްރޫޢެއް ކަމަށް ނުފެންނަކަމަށް ބުނެ ސީޓީއެއް ފޮނުވައި އެ މަޝްރޫއުގެ މަސައްކަތް ހުއްޓާލުމަށް މިނިސްޓްރީއިން އެންގި ކަމަަށެވެ.

އަދި މި މަޝްރޫއަކީ އިންތިޚާބަކާއި ކައިރިކޮށް ރައްޔިތުންނަށް އޮޅުވާލުމަށްޓަކާ ފެށި މަޝްރޫއެއް ކަމަށާއި އެމްއައިޓީޑީސީ މެދުވެރިކޮށް މިފަދަ އޮޅުވާލުމެއް ހިންގާފައިވާއިރު މިކަމަށް ވެސް ޒިންމާ ނަގަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. މިއީ އެމްއައިޓީޑީސީ އިން ޒިންމާ ނަގަން ޖެހޭ ކަމެއް ކަމަށް ކޮމެޓީގައި ވާހަކަދައްކަވަމުން ރާއިދު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު