Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާސާރީ ތަންތަން ރައްކާތެރި ކުރުން

އާސާރީ ތަންތަން ހިމާޔަތް ކުރުމާ ބެހޭގޮތުން ކަމަދޫ ކައުންސިލުންް މިނިސްޓާރ ޔުމްނާއާއި މަޝްވަރާ ކުރައްވައިފި

ރަށުގައިވާ ހަތަރު ތަނެއް ހިމާޔަތް ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 21 ޖޫން 2019 | ހުކުރު 16:03
ކަމަދޫ ކައުްނސިލްގެ މެމްބަރު މިނިސްޓަރ ޔުމްނާ އާއިއެކު

ކަމަދޫ ކައުްނސިލްގެ މެމްބަރު މިނިސްޓަރ ޔުމްނާ އާއިއެކު

އާސާރީ ތަންތަން ހިމާޔަތް ކުރުމާ ގުޅޭގޮތުން ބ. ކަމަދޫ ކައުންސިލުން މިނިސްޓަރު ޔުމްނާ މައުމޫނާއި މަޝްވަރާކޮށްފި އެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން ބ. ކަމަދޫ ކައުންސިލްގެ ރައީސް އަހްމަދު ސާޖިދް ވިދާޅުވީ އެރަށުގެ އާސާރީ ތަންތަން ހިމާޔަތްކުރުމާ ގުޅޭގޮތުން ބޭއްވުނު ބައްދަލުވުމުގައި ރަށުގައިވާ ހަތަރު ތަނެއް ހިމާޔަތް ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ހިމާޔަތް ކުރަން މަޝްވަރާކުރެވުނު ތަންތަނުގެ ތެރޭގައި އެރަށުގެ ދުވަސްވީ ނިކަގަހާއި، އާސާރީ މިސްކިތާއި، އެރަށުގެ ގްރީން އޭރިއާ އަދި އާސާރީ ވެވު ހިމެނޭކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

Advertisement - newsAdvertisement

އަހްމަދު ސާޖިދު ވިދާޅުވީ ރަށުގެ އާސާރީ ތަންތަނަށް އަޅާނުލެވުމުގެ ސަބަބުން އެތަންތަން ވަރަށް ބޮޑަށް ވީރާނާވެ ހަލާކުވެފައިވާކަމަށާއި އެތަންތަން ކުރީގަ ހުރި ގޮތަށް އަލުން ރުޖޫޢު ކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން އެ ރަށުގެ އާސާރީ ތަރިކައިގެ ގޮތުގައި ހިމެނޭ ވެވު ހިމާޔަތްކޮށް ރައްކާތެރި ކުރުމުގެގޮތުން އެތަން މަރާމާތުކޮށް، އެރަށުގެ ދުވަސްވީ ނިކަގަހުގެ ވަށާ ފާރެއް ރޭނުމަށް ގަސްތުކޮށްފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން އެރަށުގެ އާސާރީ ހިރިގަލުގެ މިސްކިތާއި ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން އަލީ އިސްމާޢީލް ވިދާޅުވީ ކުރީ އަހަރެއްގައި އެ މިސްކިތް ވަނީ ތަޅާލާފައިކަމަށެވެ. އަދި މިގޮތަށް ކަންތައްތައް މެދުވެރިވީ އާސާރީ ތަންތަނާއި ބެހޭގޮތުން މީހުން ގެ ހޭލުންތެރިކަން ކުޑަވުމުން ކަމަށެވެ. އަދި އެތަންތަނުގެ މުހިއްމުކަން ނޭގުމަކީ ހިތާމަ ކުރަން ޖެހޭކަމެއްކަމަށް އަލީ އިސްމާޢީލް ވިދާޅުވިއެވެ. މިތަންތަން މަރާމާތުކޮށް ބޯޑުތައް ހަރު ކުރާނެ ކަމަށްވެސް ބ. ކަމަދޫ ކައުންސިލުންވަނީ މައުލޫމާތުދީފައެވެ.

މީގެއިތުރުން ބ. ކަމަދޫ ގައި މީހުން އާބާދުވިގޮތާއި އެރަށުގައި ފުރަތަމަ ވަޒަންވެރިވި އާއިލާތަކާއި ބެހޭގޮތުން ދިރާސާކުރަން އެރަށުގެ ކައުންސިލް އިން ބޭނުން ވާކަމަށްވެސް އަހްމަދު ސާޖިދު ވިދާޅުވިއެވެ.

ރާއްޖޭގެ ތަރިކަތަށް ހިމާޔަތްކޮށް ރައްކާތެރި ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞޯލިހްގެ މެނިފެސްޓޯގައި ހިމެނޭ ވައުދެކެވެ. ރާއްޖޭގެ ރަށްރަށުގައި ހުރި ތަރިކަތައް ހޯދާ ލިސްޓުކޮށް (އާކައިވް) ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް އާޓްސް، ކަލްޗާެރ އެންޑް ހެރިޓޭޖްގެ ފަރާތުން ދަނީ ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާސިމް ހައްޔަރު ކުރުމާއި އެކު، މާމިގިލި ރަތަށް

ގާސިމް ހައްޔަރު ކުރުމާއި އެކު، މާމިގިލި ރަތަށް

06 އެޕްރީލު 2017
ވެކްސިން ޖަހައިދޭ ތަންތަން އިތުރުކޮށްފި

ވެކްސިން ޖަހައިދޭ ތަންތަން އިތުރުކޮށްފި

29 މާރިޗު 2017
ކުރީގެ ރައީސުންނަށް ދޭ އިނާޔަތާއި ހިމާޔަތް ކަނޑާލުމުގެ އިޝާރާތެއް އަބްދުއްރަހީމް ދެއްވައިފި

ކުރީގެ ރައީސުންނަށް ދޭ އިނާޔަތާއި ހިމާޔަތް ކަނޑާލުމުގެ އިޝާރާތެއް އަބްދުއްރަހީމް ދެއްވައިފި

20 މާރިޗު 2017
ޗައިނާގެ އިންވެސްޓަރުންތަކަކަށް ބިރު ދެއްކުމުން ފުލުހުންގެ ހިމާޔަތް ހޯދައިފި

ޗައިނާގެ އިންވެސްޓަރުންތަކަކަށް ބިރު ދެއްކުމުން ފުލުހުންގެ ހިމާޔަތް ހޯދައިފި

14 މާރިޗު 2017
ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ

ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ

03 މާރިޗު 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު