Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެރިޓީ ޝިލްޑް

ޗެރިޓީ ޝިލްޑް: ފޯކައިދޫ އާއި ޓީސީ ބައްދަލުކުރާ ދެވަނަ ލެގު ފަސްކޮށްފި

ފުރަތަމަ ލެގު ނިމުނީ 1-1 ގެ ނަތީޖާއިން އެއްވަރުވެގެން

ލީވާން އަލީ
ލީވާން އަލީ | 9 ޖޫން 2019 | އާދީއްތަ 10:12
ޓީސީ އާއި ފޯކައިދޫ ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗުގެ ތެރެއިން

ޓީސީ އާއި ފޯކައިދޫ ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗުގެ ތެރެއިން

ޗެރިޓި ޝީލްޑްގެ ދެވަނަ ލެގުގައި ޓީސީ ސްޕޯޓްސް ކްލަބާއި ށ. ފޯކައިދޫ ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ފަސްކޮށްފިއެވެ.

ޓީސީ އާއި ފޯކައިދޫ ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ހޯމަ ދުވަހު ކުޅޭ ގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް، އެފްއޭއެމުން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން ދަތުރުކުރަން ފޯކައިދޫ ޓީމަށް ދަތިތަކެއް ހުރުމުން މެޗު އަންގާރަ ދުވަހަށް ފަސްކުރެވިފައިވާ ކަމަށެވެ.

ޓީސީ އާއި ފޯކައިދޫ ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-1 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.

އެގޮތުން ދެވަނަ ލެގުގެ މެޗުން އެއް ލަނޑުގެ ތަފާތުން ފޯކައިދޫ މޮޅުވާން މަޖުބޫރުވާނެއެވެ. މި ދެޓީމު ބައްދަލުކުރާ މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެއްޔާ، މޮޅުވާނީ އަވޭ ގޯލެއްގެ ފައިދާ ލިބިފައިވާ ޓީސީއެވެ.

އެހެން އަހަރުތަކާ ހިލާފަށް ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ޗެރިޓީ ޝިލްޑް މެޗުގައި ޓީސީ އާއި ފޯކައިދޫ ބައްދަލުކުރާ މެޗު ފަށާނީ ހޯމަ ދުވަހުގެ 21:00 ޖަހާއިރެވެ.

ފުރަތަމަ ޑިވިޝަންގެ މެޗެއް އެންމެ ފަހުން އަތޮޅު ތެރޭގައި ކުޅުނީ 2015 ވަނަ އަހަރެވެ. އެ ފަހަރު ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވުމުން ޕްރެޒިޑެންޓްސް ކަޕް ކުޅުނީ ހދ. ކުޅުދުއްފުއްޓާއި، ސ. ހިތަދޫގައެވެ.

މިދިޔަ އަހަރުގެ ޗެރިޓީ ޝިލްޑް މެޗު އެފްއޭއެމުން ނުބާއްވައެވެ. އެންމެ ފަހުން ޗެރިޓީ ޝިލްޑް ކާމިޔާބުކުރީ 2017 ވަނަ އަހަރު، 0-1 ގެ ނަތީޖާއިން ވެލެންސިއާ ބަލިކޮށް މާޒިޔާއިންނެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު