Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެމްޓީސީސީ

އެމްޓީސީސީ ސުޒުކީ ރޯދަ ޕްރޮމޯ 2019 ފަށައިފި

ޕްރޮމޯޝަން ކުރިޔަށް ދާނީީ މެއި މަހުގެ 2 ވަނަ ދުވަހުން ފެށިގެން ޖޫންމަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 2 މެއި 2019 | ބުރާސްފަތި 08:14
ޓްރޭޑިންގް ޑިޕާރޓްމެންޓްގެ ޖެނެރަލް މެނޭޖަރ އިސްމާއިލް އަދުހަމް މައުލޫމާތުދެއްވަނީ

ޓްރޭޑިންގް ޑިޕާރޓްމެންޓްގެ ޖެނެރަލް މެނޭޖަރ އިސްމާއިލް އަދުހަމް މައުލޫމާތުދެއްވަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސިސީ) އިން ސުޒުކީ ރޯދަ ޕްރޮމޯ 2019 ވަރަށް ހާއްސަ ޑިސްކައުންޓްތަކަކާއެކު ފަށައިފިއެވެ.

ޕްރޮމޯޝަން ލޯންޗް ކުރުމަށް ބުރާސްފަތިދުވަހުގެ ހެނދުނު އެމްޓީސީސީ ކަށަވަރު ޝޯވރޫމްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރޭޑިންގް ޑިޕާރޓްމެންޓްގެ ޖެނެރަލް މެނޭޖަރ އިސްމާއިލް އަދުހަމް ވިދާޅުވީ ޕްރޮމޯޝަން ކުރިޔަށް ދާނީީ މެއި މަހުގެ 2 ވަނަ ދުވަހުން ފެށިގެން ޖޫންމަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި 9.9 ހޯސްޕަވަރުން ފެށިގެން 150 ހޯސްޕަވަރ އާއި ހަމަޔަށް ސުޒުކީ އައުޓްބޯޑް އިންޖީނުން ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ. 15 ޕަސެންޓްގެ ޑިސްކައުންޓް ޕްރޮމޯޝަންގެ ދަށުން ލިބިގެން ދާއިރު 150 ހޯސް ޕަވަރުގެ އިންޖީނަކުން ވެސް 40،000 ރުފިޔާގެ ލުޔެއް ލިބިގެންދާނެ ކަމަށް އަދުހަމް ވިދާޅުވިއެވެ .

އަދުހަމް އިތުރަށް ވިދާޅުޥީ ޕްރޮމޯޝަންގެ ބޭނުން ހިފަން ހުރިހާ ކަސްޓަމަރުންނަށް އިލްތިމާސް ކުރާކަމަށާއި އަތޮޅުތެރޭގައި ދިރިއުޅުއްވާ ފަރާތްތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ލިބިގެން ދާނެކަމަށެވެ. އެގޮތުން އެމްޓީސީސީއަށް ގުޅައިގެން ޕްރޮމޯޝަންގެ ދަށުން ޑިޕޮސިޓް ކުރެވޭނެ ގޮތަކާއި މާލޭގައި ދިރިއުޅޭ ފަރާތާއި ހަވާލް ކޮށްގެން ފައިސާ ދެއްކޭނެ އެރޭންޖްމަންޓް އެއް އޮންނަ ކަމަށް ވެސް އަދުހަމް ވިދާޅުވިއެވެ.

އެމްޓީސީސީ އިން ބުނީ އެކުންފުނީގެ އަމާޒަކީ އަބަދު ވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުން ކަމަށެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް އެކި ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް ލުއިފަސޭހަ ޕްރޮމޯޝަންތައް ބޭއްވުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނާ ބައްދަލުކޮށް ޓްރެއިނިންގ އަދި މައުލޫމާތު ދިނުމުގެ ހަރަކާތްތައް އެކުންފުނިން އަބަދު ވެސް ރާވާ ހިންގަމުން ދާކަމަށެވެ.

އިތުރަށް ކިޔާލަން

02 އެޕްރީލު 2017

ޑްރައިޕާސް މެގަ ޕްރޮމޯޝަންގެ ނަސީބުވެރިންނާއި އިނާމް ހަވާލުކޮށްފި

02 އެޕްރީލު 2017
ޑްރައިޕާސް މެގަ ޕްރޮމޯޝަންގެ ނަސީބުވެރިންނާއި އިނާމް ހަވާލުކޮށްފި
15 މާރިޗު 2017

ލިޓަސް އިންތިހާބް 2017ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

15 މާރިޗު 2017
ލިޓަސް އިންތިހާބް 2017ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
11 މާރިޗު 2017

ކޭކް އާއި ވެފާގެ ޕްރޮމޯޝަން ހަރަކާތެއް ޕިރަމިޑުން ފަށައިފި

11 މާރިޗު 2017
ކޭކް އާއި ވެފާގެ ޕްރޮމޯޝަން ހަރަކާތެއް ޕިރަމިޑުން ފަށައިފި
02 މާރިޗު 2017

ޖޮއިން ޓީމް އެމްޓީސީސީގެ ނަމުގައި ޖޮބް ފެއަރ އެއް ބާއްވަން ނިންމައިފި

02 މާރިޗު 2017
ޖޮއިން ޓީމް އެމްޓީސީސީގެ ނަމުގައި ޖޮބް ފެއަރ އެއް ބާއްވަން ނިންމައިފި
14 ފެބުރުއަރީ 2017

އެކްސްއެލް ޕްރޮމޯޝަން: ދުބާއީ ދަތުރު ވަރަށް ތަފާތު

14 ފެބުރުއަރީ 2017
އެކްސްއެލް ޕްރޮމޯޝަން: ދުބާއީ ދަތުރު ވަރަށް ތަފާތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު