Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއެވެންޖަރސް: އެންޑްގޭމް

ތެނޯސްގެ އިންފިނިޓީ ގޯންޓްލެޓްގެ ސްޓޯންތައް ބްލެކް ވިޑޯ އާއި ކެޕްޓަން މާވަލް އަތުގައި!

ހަ ސްޓޯން އެކުލެވޭ މި ގޯންޓްލެޓް އަކީ ތެނޯސްގެ އެންމެ ނުރައްކާތެރި ހަތިޔާރު

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 24 އެޕްރީލު 2019 | ބުދަ 07:34
ތެނޯސް، އިންފިނިޓީ ގޯންޓްލެޓްއާ އެކު

ތެނޯސް، އިންފިނިޓީ ގޯންޓްލެޓްއާ އެކު

މާވަލް ސްޓޫޑިއޯސް އާއި ވޯލްޓް ޑިޒްނީ ސްޓޫޑިއޯ މޯޝަން ޕިކްޗަރސްގެ 'އެވެންޖަރސް: އެންޑްގޭމް' ލޮސް އެންޖެލެސްގައި ޕްރިމިއަރ ކޮށްފައިވަނީ އަންގާރަ ދުވަހެވެ.

މި ޕްރިމިއަރގައި 'އެވެންޖަރސް' ޕްރެންޗައިސްގެ ތަރިންތައް ބައިވެރިވެފައިވާ އިރު، ހޮލީވުޑްގައި ފާހަގަ ކޮށްލެވޭ އެހެން ގިނަ ތަރިންތައް ވެސް މި ހަފްލާގައި ބައިވެރިވެފައިވެއެވެ.

ނަމަވެސް، އެންމެ ފާހަގަ ކޮށްލެވުނީ އެ ފިލްމްތަކުގައި ލީޑިންގ ރޯލުން ފެންނަ ދެ އަންހެނުން ކަމަށްވާ، ބްލެކް ވިޑޯގެ ރޯލުން ފެންނަ ސްކާލެޓް ޖޮހާންސަން އާއި ކެޕްޓަން މާވަލްގެ ރޯލް ކުޅޭ ބްރީ ލާސަންގެ ގަހަނާ އެވެ. އެއީ މި ފްރެންޗައިސްގެ އެންމެ ބޮޑު ވިލަން، ތަނޯސްގެ 'އިންފިނިޓީ ގޯންޓްލެޓް' ގެ ސްޓޯންތަކެވެ.

ސްކާލެޓް ޖޮހާންސަން އާއި ބްރީ ލާސަން

ހަ ސްޓޯން އެކުލެވޭ މި ގޯންޓްލެޓް އަކީ ތެނޯސްގެ އެންމެ ނުރައްކާތެރި ހަތިޔާރަށްވާ އިރު، އޭނާ ވަނީ 'އެވެންޖަރސް: އިންފިނިޓީ ވޯ' ގައި އެ ގޯންޓްލެޓް ބޭނުން ކޮށްގެން ދުނިޔޭގެ ދެބައި ކުޅަ އެއްބައި "ދުއްވާލާފަ"އެވެ.

މި ދެ ތަރިންގެ މި ތަފާތު ގަހަނާއަށް ފޭނުން ދަނީ ތަރުހީބު ދެމުންނެވެ.

ސްކާލެޓް އާއި ބްރީގެ އިތުރުން ޕްރިމިއަރގައި ބައިވެރިވި ތަރިންގެ ތެރޭގައި، ރޮބަޓް ޑައުނީ ޖޫނިއަރ، ކްރިސް އެވަންސް، މާކް ރަފަލޯ، ކްރިސް ޕްރެޓް، ކްރިސް ހެމްސްވޯތު، ބްރޭޑްލީ ކޫޕަރ، މެޓް ޑޭމަން، ގްވިނެތް ޕަލްޓްރޯ، ޑަނައި ގުރީރާ، އެވެންޖަލިން ލިލީ، ނެޓަލީ ޕޯޓްމަން، ޒޯއީ ސަލްޑާނާ، ޖޯޝް ބްރޯލިން، ކޯބީ ސްމަލްޑަރސް، ޑޮން ޗީޑްލް، ސެބޭސްޗަން ސްޓޭން، ޕޯލް ރަޑް، ޓެސާ ތޮމްޕްސަން، ޖެރަމީ ރެނަރ، ބެނެޑިކްޓް ކަމްބަބެޗް، ލެޓީޝާ ރައިޓް، ވިން ޑީސަލް، ކެރެން ގިލަން، އެލިޒަބެތު އޮލްސަން އަދި އެންތަނީ މެކީ ހިމެނެއެވެ. މިއީ އަދި އެވެންޖަރސް ފިލްމްތަކުން ފެންނަ ބައެއް ތަރިންނެވެ.

'އެންޑްގޭމް' ގައި ބައެއް ތަރިންގެ ސްޓޯރީލައިންތައް ނިމިގެންދާނެ ކަމަށް ރިޕޯޓް ކުރެވިފައިވާ އިރު، މާވެލްގެ ފުރަތަމަ ފިލްމް 'އަޔަންމޭން' ރިލީޒް ކޮށްފައިވަނީ 2008 ވަނަ އަހަރެވެ. ދުނިޔޭގެ ބައެއް ސަރަހައްދު ތަކުގައި ފިލްމް މިހާރު ރިލީޒް ކޮށްފައިވާ އިރު، ޕްރި-ސޭލް ޓިކެޓްތަކުން ވެސް 'އެންޑްގޭމް' އިން ވަނީ ރިކޯޑްތައް މުގުރާފައެވެ.

'އެވެންޖަރސް: އެންޑްގޭމް' އަކީ މި ފްރެންޗައިސްގެ 21 ވަނަ ފިލްމެވެ.

އިތުރަށް ކިޔާލަން

03 މެއި 2018

އެވެންޖަރސް: އިންފިނިޓީ ވޯއަށް މިހާތަނަށް 808 މިލިއަން ޑޮލަރު ލިބިއްޖެ، ގިނަ ބޮކްސް އޮފީސް ރިކޯޑްތައް މުގުރާލާނެ ކަމަށް ބެލެވޭ

03 މެއި 2018
އެވެންޖަރސް: އިންފިނިޓީ ވޯއަށް މިހާތަނަށް 808 މިލިއަން ޑޮލަރު ލިބިއްޖެ، ގިނަ ބޮކްސް އޮފީސް ރިކޯޑްތައް މުގުރާލާނެ ކަމަށް ބެލެވޭ
10 އެޕްރީލު 2018

ސައުދީގައި އަޅުވާ ފުރަތަމަ ފިލްމަށް ބްލެކް ޕެންތާ

10 އެޕްރީލު 2018
ސައުދީގައި އަޅުވާ ފުރަތަމަ ފިލްމަށް ބްލެކް ޕެންތާ
08 އެޕްރީލު 2018

ބްލެކްބަކް މަރާލި މައްސަލަ: މިނިވަން ވުމުން ސަލްމާން މުމްބާއީ އަށް ހިނގައްޖެ، ބޮލީވުޑްގެ 'ބޮޑެތި' ތަރިން އަދިވެސް ހިމޭނުން

08 އެޕްރީލު 2018
ބްލެކްބަކް މަރާލި މައްސަލަ: މިނިވަން ވުމުން ސަލްމާން މުމްބާއީ އަށް ހިނގައްޖެ، ބޮލީވުޑްގެ 'ބޮޑެތި' ތަރިން އަދިވެސް ހިމޭނުން
04 އެޕްރީލު 2018

ބްލެކްމެއިލްގައި ޝާހިދު ކަޕޫރުގެ މަންމަ

04 އެޕްރީލު 2018
ބްލެކްމެއިލްގައި ޝާހިދު ކަޕޫރުގެ މަންމަ
28 މާރިޗު 2018

މާވެލްގެ 'އެވެންޖަރސް: އިންފިނިޓީ ވޯ' ރިލީޒް ކުރަން މަހެއް، ކިހިނެއް ވާނީ؟

28 މާރިޗު 2018
މާވެލްގެ 'އެވެންޖަރސް: އިންފިނިޓީ ވޯ' ރިލީޒް ކުރަން މަހެއް، ކިހިނެއް ވާނީ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު