Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިފައިންގެ އަހަރީ ދުވަސް

ސިފައިންގެ ހިދުމަތަށް 127 އަހަރު ފުރުމުގެ ގޮތުން ދިދަ ނެގުމުގެ ރަސްމިއްުޔާތު ބާއްވައިފި

ޝިއާރަކީ، '' އަސްކަރީ އުސޫލު ނެގެހެއްޓުން، ސަފުތަކުގެ ތަރުތީބު ދެމެހެއްޓުން''

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 21 އެޕްރީލު 2019 | އާދީއްތަ 03:32
ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން

ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން

ދިވެހިރާއްޖޭގެ ގައުމީދިފާއިބާރު 127 އަހަރު ފުރުމުގެ ގޮތުން ދިދަ ނެގެމުގެ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

އާދިއްތަ ދުވަހު ސިފައިންގެ ކަލުތުއްކަލާކޮށީ ގައި ބޭއްވި ރަސްމިއްޔާތުގެ ޝަރަފްވެރި ކޮށްދެއްވީ ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

Advertisement - newsAdvertisement

އެމަނިކުފާނު އަރިހުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުރުން ޗީފް އޮފް ޑިފެންސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ބައިވެރިވެވަޑައިގެންނެވިއެވެ.

ސިފައިންގެ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

ސިފައިންގެ އޮފިސަރުންނާއި، އިއްޒަތާއި އެކު ސިފައިންގެ ހިދުމަތުން ރިޓަޔާ ކޮށްފައިވާ ބޭފުޅުންވެސް ބައިވެރިވެވަޑައިގަތް އެ ރަސްމިއްޔާތުގައި ސިފައިންގެ މޭޖަރ ޗީފް އޮފް ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ ސިފައިންނާ މުހާތަބުކޮށް ވާހަކަ ދައްކަވާފައެވެ.

އާދީއްތަ ދުވަހު ބޭއްވި އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަމާލް ވިދާޅުވީ، ސިފައިންގެ ހިދުމަތަށް 127 އަހަރު ފުރިގެން ދިޔުމަކީ ސިފައިންގެ ހަޔާތުން އާ ސަފްހާއެއް ހުޅުވިގެންދާ ދުވަހެއް ކަމަށާއި، ސިފައިންގެ ހަޔާތުން ހޭދަވާ ކޮންމެ ދުވަހަކީ ތަފާތު އެތަކެއް ކަމެއްގެ އިތުރުން މައުނަވީ އެތައް ކަމެއް ލިބިގެންދާ އަހަރެއް ކަމަށެވެ.

ދިވެހި ރައްޔިތުންގެ އުއްމީދުތައް ހާސިލްކުރެވޭ ތަނަކަށް ސިފައިންގެ މުއައްސަސާ ހެދުމަށްޓަކައި އާ ހިތްވަރާއި އެކު މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް. ފޮޓޯ: އެމްއެންޑީއެފް

ސިފައިންގެ 127 ވަނަ އަހަރީ ދުވަހަށް ހާއްސަ ކުރެވިފައިވާ ޝިއާރަކީ، '' އަސްކަރީ އުސޫލު ނެގެހެއްޓުން، ސަފުތަކުގެ ތަރުތީބު ދެމެހެއްޓުން'' އެވެ.

''މިފަހަރު ޝިއާރަކީ އަމަލީ ގޮތުން ބޭނުން ކުރެވޭ އަޅުގަނޑުމެން ކުރާ ކޮންމެ ހަރާކަތެއްގައި މި ޝިޔާރު ހިމެނިގެންދާ އަދި އަޅުގަނޑުމެންގެ ސިކުނޑި ތަކުގައި ހަނދާން ކުރަމުންދާ ޝިޔާރެއްގެ ގޮތުގައި އިރާދަ ކުރެއްވިއްޔާ މި ޝިޔާރު ވެގެންދާނެ. އަދި މިޝިއާރަކީ އަދުގެ ސަރުކާރުގެ ވިސްނުންފުޅާއި ސިފައިންގެ ލީޑާރޝިޕްގެ ވިސްނުމުގެ ތެރެއިން ހާސިލްކުރުމަށް ބޭނުންވާ ހިދުމަތުގެ ނަތިއްޖާ ހާސިލްކުރުމަށް މަގު ދައްކައިދޭނެ ޝިޔާރަކަށް ވެގެންދާނެ'' ޝަމާލް ވިދާޅުވިއެވެ.

މި ޝިއާރަކީ ހަނގުރާމަވެރި ހާލަތްތަކާއި ކާރިސީ އަދި ޙިރާސީ އެކި އެކި ''އަރައްކާތަކުގައި'' ސިފައިންގެ ލަޝްކަރު ހަރަކާތްތެރިވާއިރު ސިފައިން ނަގަހައްޓަން ޖެހޭ އުސޫލުތަކާއި ދަމަހައްޓަން ޖެހޭ ހަމަތަކާއި ތަބާވާން ޖެހޭ އަސާސްތަކާއި ހަމަޔަށް ސިފައިން ވާސިލްކޮށް ދޭނެ ''ފާލަމަކަށް'' ވެގެންދާނެ ކަމަށް ޗީފްއޮފް ޑިފެންސް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ސިފައިންގެ ހިދުމަތް ފެށިގެން ދިޔައީ 1892 ވަނައަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހެވެ. ރަސްމީ ސިފައެއްގައި ދިވެހިސިފައިން އުފެދުނުފަހުން ސިފައިންގެ ޚިދުމަތްތަކަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން، ޚިދުމަތް ދިނުމަށްޓަކައި ހެޑްކްއާރޓަރޒް ގެ ގޮތުގައި މައިގަޑު ތިންތަނެއް ބޭނުން ކޮށްފައިވެއެވެ.

އެންމެފުރަތަމަ ސިފައިންގެ އެންމެހާ ކަންތައްތައް ކުރަމުން އައިސްފައިވަނީ ރަށްދެބައިގޭގައެވެ. އަތިރީގޭ ޢަބުދުالله ދީދީ ސިފައިންގެ ކޮމާންޑަރަކަށް ހަމަޖެހުމާއިގުޅިގެން ގެންނެވި ބަދަލުތަކުގެ ތެރޭގައި ރަށްދެބައިގޭގައި ހިނގަމުންއައި ސިފައިންގެ އެންމެހާކަންތައްތައް ބޮޑުގަނޑުވަރުތެރެއަށް ބަދަލުކުރެއްވުން ހިމެނެއެވެ. ބޮޑުގަނޑުވަރުތެރޭގައި ސިފައިން ތިބުމަށް ހަމަޖެހުނުތަނަކީ ރަންހަދާ ދޮރޯށިތެރޭގައި ހުރި ތަނެކެވެ. މިގޮތުގައި ދުވަސްތަކެއް ދިއުމަށް ފަހު ސިފައިންގެ ތެރެއަށް އިތުރު މީހުން ލެއްވުމުން ދެން ސިފައިން ބަދަލުވީ އާކޯއްޓޭ މަތިގެއަށެވެ.

ސިފައިންގެ އަހަރީ ދުވަސް ފުރަތަމަ ފާހަގަކުރެވުނީ 16 ރަޖަބް 1366 ގަ އެވެ. އެދުވަހުގެ ފަހުން ކޮންމެ އަހަރަކު ވެސް ސިފައިންގެ އަހަރީ ދުވަހުގެ ގޮތުގައި ފާހަގަކުރެވެމުން އައީ ރަޖަބްމަހުގެ 16 ވަނަދުވަހެވެ. ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ވެލާނާގޭ އިބްރާހިމް ނާޞިރު ގެންނެވި ބަދަލުތަކުގެ ތެރެއިން ސިފައިންގެ އަހަރީ ދުވަސް މީލާދީ ގޮތުން ފާހަގަކުރުމަށް ނިންމެވި އެވެ. އެދުވަހަކީ ޖޫން މަހުގެ 06 ވަނަ ދުވަހެވެ. އޭގެފަހުން އަނެއްކާވެސް އިތުރު ހޯދުންތަކުގެ މައްޗަށް ރިއާޔަތްކޮށް ސިފައިންގެ އަހަރީ ދުވަހަކީ 21 އޭޕްރީލް ކަމަށް ނިންމަވައި ސިފައިން އުފެދިފައިވަނީ 21 އޭޕްރީލް 1892 ކަމުގައި ކަނޑައަޅުއްވައި 1992 ވަނައަހަރު ގެ އޭޕްރީލްމަހުގެ 21 ވަނަދުވަހު ސިފައިން އުފެދުނުތާ 100 އަހަރު ފުރުން ފާހަގަކުރެވުނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު