Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދުތައް

އަންނަ އަހަރު ކުރީކޮޅު އެނބޫދޫފަޅަށް ދަތުރު ދެވޭނެ: ރައީސް ސޯލިހު

ފަޅުތަކާއި ފިނޮޅުތައް ކުރީ ނާޖާއިޒު ގޮތުގައި ވިއްކާ ހުސްކޮށްލާފައި: ރައީސް

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 2 އެޕްރީލު 2019 | އަންގާރަ 13:06
ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ

ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ

މާލެ ސިޓީގައި ދިރިއުޅޭ މީހުން ހަފްތާ ބަންދުގައި އާއިލާއާ އެކު ދަތުރު ދިއުމަށް ހަމަޖައްސާފައިވާ އެނބޫދޫފަޅަށް އަންނަ އަހަރު ހުޅުވި ދަތުރު ދެވޭނެ ގޮތް ހަމަޖެހިގެން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެވެ.

ދަތުރު ދިޔުމަށް '' އެނބުދޫފަޅު'' ހަމަޖެއްސިކަން އިއުލާން ކުރުމަށް އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މާލޭގައި ދިރިއުޅޭ މީހުން ހިތް އުފާކޮށްލުމަށް ހަފްތާ ބަންދުގައި ކުރިން ގޮސް އުޅުނީ ފަޅުރަށްތަކާއި ފިނޮޅުތަކަށް ކަމަށާއި، އާއިލާއާ ރައްޔިތުންނާއި އެކު ދަތުރު ދިޔުމަކީ މާލޭގެ މީހުންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

Advertisement - newsAdvertisement

އެހެން ނަމަވެސް ރައްޔިތުންގެ އިހްސާސްތަކަށް ބެލުމެއްނެތި އެކަން ނުކުރުމަށް އެދި އަޑު އުފުލަމުން ދަނިކޮށް މި ސަރަހައްދުގެ ހުރިހާ ފަޅުތަކާއި ފިނޮޅުތައް ކުރީ ސަރުކާރުން ވަނީ ނާޖާއިޒު ގޮތުގައި ވިއްކާ ހުސްކޮށްލާފައިވާ ކަމަށް ވިދާޅުވިއެވެ.

އެހެން ކަމުން މާލޭގެ ރައްޔިތުންނަށް މިއަދު ދަތުރުދެވޭނެ އެއްވެސް ތަނެއް ނެތި ތިބީ ހާސްކަމާއި ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށް ރައީސް ވިދާޅުވިއެވެ.

''އެ މަސައްކަތުގެ ދަށުން ސަރުކާރަށް ވަރަށް ފުރިހަމަ އިޖާބައެއް ދެއްވީ އެނބޫދޫފަޅުގައި ކްރޮސް ރޯޑް ޕްރޮޖެކްޓް ތަރައްގީ ކުރަމުން އަންނަ ތައިލެންޑްގެ ސިންހާއި ސްޓޭޓަށް. އެނބޫދޫ ފިނޮޅަކީ މާލެއިން ފުރައިގެން އެންމެ 15 މިނިޓުން ދެވޭހާ ކައިރީގައި އޮންނަ އޮތް ތަނެއް... އަޅުގަނޑުމެން ގަސްދުކޮށްފައިވަނީ އެންމެ ލަސްވެގެން އަންނަ އަހަރު ކުރީކޮޅު އެރަށަށް އަޅުގަނޑުމެންނަށް ދަތުރު ދެވޭވަރު ކުރުމަށް،'' ރައީސް ސޯލިހު ވިދާޅުވިއެވެ.

އެ ރަށް ހުޅުވުމުން މާލޭގައި ދިރިއުޅޭ އެތައް ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ލިބެނޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

މާލޭގެ ތޮއްޖެހުމުގެ މައްސަލަ އަށް އިޝާރާތް ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، ތޮއްޖެހުމަކީ އެތައް މައްސަލަތަކެއްގެ އަސްލު ކަމަށެވެ.

އެގޮތުން އެތައް ބަލިތަކެއްގެ ފެށުން ކަމަށާއި، އިޖްތިމާއީ ގޮތުން ދިމާވާ ގިނަ މައްސަލަތަކުގެ ހަގީގީ ސަބަބަކީ މާލޭ ތޮއްޖެހުމުގެ ސަބަބުކަން ރައީސް ފާހަގަ ކުރެއްވެވިއެވެ.

ނެޝަނަލް އާރޓް ގެލެރީގައި ބޭއްވި އެ ރަސްމިއްޔާތުގައި ވާހަފުޅު ދައްކަވަމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، ދަތުރު ދާން ރަށެއް ހަމަޖެއްސުމުގެ ގޮތުން ހުރި ހައްލުތައް ބެލިއިރު ގުދުރަތީ ގޮތުން ހިކިފައި އޮތް ބިމެއް މާލެ ސަރަހައްދުގައި ނެތް ކަމަށެވެ.

ޕިކްނިކް ދާނެ ރަށެއް އިއުލާން ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރާއްޖެެ.އެމްވީ

އެކަމުގެ ހައްލެއްގެ ގޮތަށް އޮތީ އަލުން ފަޅެއް ހިއްކައިގެން ނުވަތަ ހިއްކާފައި އޮތް ފަޅެއް ބޭނުން ކުރެވޭނެ ގޮތަށް ތަރައްގީ ކުރުން ކަމަށެވެ.

''ބިން އޮތީ ހިއްކާފައި. ބިން މިހާރު އެބޮތް ގާތް ގަނޑަކަށް ތިން ލައްކަ ތެއް ތިރީސް ހާސް އަކަ ފޫޓުގެ ސަރަހައްދެއް އަޅުގަނޑުމެންނަށް މި ޕިކްނިކް ދާ ސަރަހައްދުގެ ގޮތުގައި ކަނޑައެޅިފައި މިވަނީ. އެ ސަރަހައްދާއި ރިޒޯޓާއި ވަކިވެފައި އޮންނާއީ އަޅުގަނޑުމެން އެތަނަށް ލޭންޑްސްކޭޕް ކުރުމުގެ ތެރޭގައި ގެންނަ ބަދަލެއްގެ ތެރެއިން. ޕިކްނިކް ދާ ފަރާތްތަކަށް ރިޒޯޓްގައި ހުރި ފެސިލީޓީސް ތައް ބޭނުން ކުރެވޭނެ. '' މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ސިންހާ ކުންފުނީގެ އިސްފަރާތްތަކުގެ އިތުރުން ސަރުކާރުގެ ވަޒީރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މާލެ ސިޓީގެ ރައްޔިތުން ހަފްތާ ބަންދުގައި އާއިލާ އާއި އެކު ދަތުރު ދިޔުމަށް މާލެއާ ގާތުން ރަށެއް ހާއްސަކުރެވުމަކީ ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދު ތަކުގެ ތެރޭ ހިމެނޭ ވައުދެކެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު