Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް-އީޔޫ ޕޮލިސީ ޑައިލޮގް

ރާއްޖޭގެ މަހަށް ނަގާ ޑިއުޓީ ކުޑަ ކޮށްދޭނެ ކަމުގެ ޔަގީންކަން އީޔޫ އިން ދިން: ފޮރިން މިނިސްޓަރު

12 މާރިޗު 2019 | އަންގާރަ 09:27

24 ޕަސެންޓްގެ ޑިއުޓީ ކުޑަ ކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރެވުނު: ޝާހިދު

އަލީ ސަމާޚް
އަލީ ސަމާޚް | 12 މާރިޗު 2019 | އަންގާރަ 09:27
ހަތަރު ވަނަ މޯލްޑިވްސް - އިޔޫ ޕޮލިސީ ޑައިލޮގްގެ ތެރެއިން މިނިސްޓަރު އަބްދުﷲ ޝާހިދު

ހަތަރު ވަނަ މޯލްޑިވްސް - އިޔޫ ޕޮލިސީ ޑައިލޮގްގެ ތެރެއިން މިނިސްޓަރު އަބްދުﷲ ޝާހިދު | ފޮރިން މިނިސްޓްރީ

ރާއްޖޭގެ މަސް ޔޫރަޕިއަން މާކެޓަށް ވިއްކުމަށް މިހާރު ނަގާ ޑިއުޓީ ކުޑަ ކުރަން ޔޫރަޕިއަން ޔޫނިއަންއާ އެކު މަޝްވަރާ ކޮށްފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ކުރުނބާ މޯލްޑިވްސްގައި ހޯމަ ދުވަހު ބޭއްވުނު ހަތަރު ވަނަ މޯލްޑިވްސް - އިޔޫ ޕޮލިސީ ޑައިލޮގް އަށް ފަހު މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ، ޔޫރަޕްގެ ގައުމުތަކަށް މަސް ވިއްކުމުގައި އެންމެ ބޮޑަށް ދިމާވާ ކަމަކީ މަހުން ނަގަމުން އަންނަ 24 ޕަސެންޓްގެ ޑިއުޓީ ކަމަށެވެ.

Advertisement - newsAdvertisement
''24 ޕަސެންޓްގެ ޑިއުޓީ ކުޑަކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު. އަދި އެކަމަށް ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުން މަސައްކަތް ކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވި،'' ޝާހިދު ވިދާޅުވިއެވެ.

މި ބައްދަލުވުމުން ފެނިގެން ދިޔައީ ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުން ރާއްޖެ ބަލައިގެންފައިވާ މިންވަރު ކަމަށާއި، ރާއްޖޭގެ ރައްޔިތުން މިސަރުކާރު އިންތިހާބުކޮށް ގެނައި ބަދަލަށް އީޔޫ އިން މަރުހަބާ ކިޔާ ކަމަށެވެ.

މީގެ އިތުރުން ދިވެހިން ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރުމަށް މިހާރަށް ވުރެ ފަސޭހަ ގޮތްތަކެއް ހޯދައިދިނުމާ ބެހޭ ގޮތުން ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވާ ކަމަށެވެ. ވޭތުވެދިޔަ އަހަރު މި ބައްދަލުވުން ބޭއްވިފައި ނުވާކަން ފާހަގަ ކުރައްވަމުން ޝާހިދު ވިދާޅުވީ، އީޔޫއަކީ އިގްތިސާދީ ގޮތުން ރާއްޖެއަށް މުހިއްމު ސަރަހައްދެއް ކަމަށެވެ.

އިޔޫ އިން ރާއްޖެ-އިޔޫ އިންވެސްޓާސް ޑައިލޮގެއް ރާއްޖޭގައި ބާއްވަން ޝައުގުވެރިކަން ފާޅުކޮށްފައި ވާތީ އެކަމަށް އިޝާރާތް ކުރައްވާ ޝާހިދު ވިދާޅުވީ، އެފަދަ ޑައިލޮގެއް ބޭއްވިއްޖެ ނަމަ އޭގެ ސަބަބުން ޔޫރަޕްގެ އިތުރު އިންވެސްޓްމެންޓްތައް ރާއްޖެއަށް ގެނައުމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

ރާއްޖެ- އީޔޫ އިންވެސްޓާސް ޑައިލޮގެއް ބާއްވަން އީޔޫ ސަފީރު ޓަންގް-ލައި ޝައުގުވެރިކަން ފާޅުކުރައްވަފައި ވަނީ މޯލްޑިވިސް-އީޔޫ ޕޮލިސީ ޑައިލޮގެ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ކުރުނބާ މޯލްޑިވްސްގައި ހޯމަ ދުވަހު ބޭއްވި ހަތަރު ވަނަ މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައިލޮގްގައި ޔޫރަޕް އިން ރާއްޖެއަށް ކަނޑައަޅާފައިވާ މިޝަންތަކުގެ ހެޑް އޮފް މިޝަންސް ނުވަތަ ޑެޕިއުޓީ ހެޑް އޮފް މިޝަންސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އީޔޫ ވަފްދުގެ ބޭފުޅުން ވަނީ ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް