Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކާނަލް ނާޒިމް

ނާޒިމްގެ މައްޗަށް ތުހުމަތު ކުރެވޭ ރިޝްވަތުގެ މައްސަލަ އެމްޑީޕީން އެސީސީއަށް ހުށައަޅައިފި

ގާނޫނާ ގަވާއިދާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ނާޒިމް ވިދާޅުވޭ

އަލީ ސަމާޚް
އަލީ ސަމާޚް | 11 މާރިޗު 2019 | ހޯމަ 05:24
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު (ކ) އާއި ކާނަލް ނާޒިމް(ވ)

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު (ކ) އާއި ކާނަލް ނާޒިމް(ވ)

ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި އދ. ދަނގެތީ ދާއިރާއަށް ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ރިޝްވަތުގެ މައްސަލަ ބަލައިދިނުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައަޅައިފިއެވެ.

އެމްޑީޕީން ބުނީ އދ. ދަނގެތީ ހަނދުރުނބާ ގިޑިގެ އެޅުމުގެ ހުރިހާ ޚަރަދެއް ފަންޑުކޮށް ދިނީ އދ. ދަނގެތީ ދާއިރާއަށް، ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ނާޒިމުގެ ނަމުގައި އޮންނަ “ނާޒިމް އަފާފު ފައުންޑޭޝަނުން” ކަމުގައި ބުނާތީވެ، ހޯމަ ދުވަހު އޭސީސާއަށް ހުށައަޅާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މިދިޔަ ހަފްތާގައި އެ މައްސަލަ އެމްޑީޕީ އިން ވަނީ އިންތިހާބީ ކަންތައްތަކާ ބެހޭ މައި އިދާރާ އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައެވެ. އެ ކޮމިޝަނުގެ ލަފާ ދިނީ މައްސަލަ ވަނީ އޭސީސީއަށް ހުށައަޅާފައެވެ.

"އަޅުގަނޑުމެން އެދެނީ އެއްވެސް ޝަރުތަކާނުލާ އޭސީސީން މި މައްސަލަ ބަލާ ދެއްވުމަށް،" އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަފްޝަން ލަޠީފު ވިދާޅުވިއެވެ.

އެމްޑީޕީން އިތުރަށް އެމައްސަލަ އާއި ގުޅިގެން ހުށައަޅާފައިވާ ހެކިތަކުގެ ތެރޭގައި 22 ފެބްރުއަރީ 2019 ގައި، ދަނގެތި ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓްގެ ވައިބަރ ގްރޫޕެއް ކަމުގައިވާ “ދާއިރާގެ ދަރިއެއް ސަންކޮ” ގައި، ކެނޑިޑޭޓް މުޙައްމަދު ނާޒިމަށް ތާއިދުކުރާ ފަރާތަކުން ލިޔުނު ޕޯސްޓެއްގައި ނާޒިމް އަފާފު ފައުންޑޭޝަންގެ ދީލަތި އެހީގައި ދަނގެތި ހުކުރު މިސްކިތު ކާޕެޓް އަޅައި ނިމި، އޭސީގެ ފިނި ހިފެހެއްޓުމަށް ބޭނުންވާ އެއަރކުޝަންއެއް ބަހައްޓާ ނިންމާލެވިއްޖެ”ކަމުގައި ބަޔާންކޮށްފައިވާކަމަށެވެ.

މީގެ އިތުރުން 24 ފެބްރުއަރީ 2019 ގައި އދ. ދަނގެތީ ސްކޫލްގެ ބެލެނިވެރިންނަށް ބަހާފައިވާ ދަނގެތީ ސްކޫލް ބޯޑްގެ ދަޢުވަތު ކަރުދާހެއްގައި ނާޒިމް އަފާފް ފައުންޑޭޝަންގެ ފަރާތުން ސްކޫލަށް ހަދިޔާކޮށްފައިވާ ތަކެތި ރަސްމީކޮށް، ހަވާލުކުރުން އޮންނާނެ ކަމަށް ބަޔާންކޮށް، ރަސްމިއްޔާތުގައި ބައިވެރިވުމަށް ބެލެނިވެރިންނަށް ދަޢުވަތު ފޮނުވާފައިވާކަމުގެ ތުހުމަތު ހިމަނާފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ނާޒިމްގެ މައްޗަށް ތުހުމަތު ކުރެވޭ ރިޝްވަތުގެ މައްސަލަ އެއް ހުށައަޅާފައިވާއިރު، ގާނޫނާ ގަވާއިދާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށާއި، އޭނާގެ ފައުންޑޭޝަނުން ދިވެހިރާއްޖޭގެ ގާނޫނާ ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ނާޒިމްއާ ހަވާލާދީ ވީ ނިއުސް އިން ރިޕޯޓްކުރެއެވެ.

އަދި އިންތިހާބު ފަށާ ތާރީހުން ފެށިގެން ދާއިމީ ނަތީޖާ އިއުލާނުކުރާތާ 30 ދުވަހުގެ ނިޔަލަށް އިންތިހާބާއި ގުޅިގެން ކެންޑިޑޭޓަކު ތާއީދު ހޯދުމަށްޓަކައި ނުވަތަ އެހެން ކެންޑިޑޭޓޭއްގެ އިންތިހާބީ ހައްގަކަށް ނުރަނގަޅު އަސަރު ފޯރުވުމަށްޓަކައި ވަކި ފަރުދަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާންމު ފައިދާއަށްޓަކައި އެއްޗެއް ދިނުން ނުވަތަ ފޯރުކޮށްދިނުން ނުވަތަ ކޮށްދޭނޭ ބުނުމަކީ އެ ގާނޫނޫގެ 74 ވަނަ މާއްދާގެ ( ހ ) ގެ 11 އަދި 12 ވަނަ މާއްދާގައި ކުށެއް ކަމަށް ބަޔާން ކޮށްފައިވެއެވެ،

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު