Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިވިލް ސާރވިސް ކޮމިޝަން

އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ގާނޫނީ އޮނިގަނޑެއް އޮންނަން އެބަ ޖެހޭ: ޑރ އަލީ ޝަމީމު

ސަރުކާރުން ވެސް މިފަދަ ބައްދަލުވުންތައް ބާއްވަން ޖެހޭ: ޑރ. ޝަމީމް

އަލީ ސަމާޚް
އަލީ ސަމާޚް | 6 މާރިޗު 2019 | ބުދަ 04:15
ނެޝަނަލް ކޮންވެންޝަން އެންޑް އެކްސްޕޯ 2019ގެ ތެރެއިން

ނެޝަނަލް ކޮންވެންޝަން އެންޑް އެކްސްޕޯ 2019ގެ ތެރެއިން

ދިވެހިރާއްޖޭގައި އިންސާނީ ވަސީލަތްތަޢް ތަރައްގީ ކުރުމަށް ގާނޫނީ އޮނިގަނޑެއް ނުވަތަ ގާނޫނެއް އޮންނަ ޖެހޭ ކަމަށް، މޯލްޑިވްސް ސިވިލް ސާރވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގެ މަސައްކަތް ހަރުދަނާކޮށް މަޢުލޫމާތާއި ތަމްރީނު ފޯރު ކޮށްދިނުމަށް ރާއްޖޭގައި މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާއެއް ކަމުގައިވާ ކަމަށްވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލް (އެމްއޭއެޗްއާރްޕީ) އިން އިންތިޒާމް ކޮށްގެން ދަރުބާރުގޭގައި މިމަހުގެ 4 އިން 5 އަށް ބޭއްވި ހިއުމަން ރިސޯސް ކޮންވެންޝަން އެންޑް އެކްސްޕޯ 2019 ނިންމުމުގެ ރަސްމިއްޔާތަށް ފަހު ރާއްޖެއެމްވީއާ ވަހަކަ ދައްކަވަމުން ޑރ. އަލީ ޝަމީމު ވިދާޅުވީ، އެޗްއާރް ކޮންވެންޝަނެއް ބޭއްވިގެން ދިޔުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި، ސަރުކާރުން އިންތިޒާމުކޮށްގެން މިފަދަ ކޮންވެންޝަންތައް ބާއްވާން ޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

ޑރ. ޝަމީމު ވިދާޅުވީ، އިންސާނިއްޔަތު ވަސީލަތްތައް ތަރައްގީ ކުރުމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

''ގައުމީ ފެންވަރުގައި ހުރިހާ އެންމެން މަސައްކަތް ކުރަން އެބަޖެހޭ. ދިވެހިރާއްޖޭގެ އިންސާނި ވަސީލަތް ތަރައްގީ ކުރްން ބޭނުންވާ ގާނޫނީ އޮނިގަނޑުތައްވެސް ހެެދެން އެބަޖެހޭ. މިވަގުތަކު ނެތް ޕްރައިވެޓް އިންވެސްޓާސް އަދި އެމްޕްލޯޔާސް އެ މި ކިޔާ ގޮތަށް ވަޒީފާ ދޭ ފަރާތްތަށް އިންސާނީ ވަސީލަށް ބިނާ ކުރުމަށް ތަމްރީނު ދިނުމަށް ވަކި މިންވަރެއް ކަނޑައަޅާ ގާނޫނީ އެއްވެސް ކަހަލަ ފިޔަވަޅެއް އެޅިފަކައެއް ނެތް،'' އޭނާ ވިދާޅުވިއެެވެ.

އިގްދިސާދީ ދުވެލީގައި ރާއްޖެ ކުރިއަރަމުން ދާއިރު މިފަދަ ކަމެއްގެ މުހިއްމުކަން ފާހަގަކުރައްވަމުން ޑރ. ޝަމީމް ވިދާޅުވި، ދައުލަތުގެ އެކި މުއައްސަސާތަކުން އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ގާނުނެއް ވުޖޫދަށް ގެނައުމަށް ވިސްނާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

ކޮންވެންޝަންގައި ވާހަކަ ދެއްކުންތެރިއެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަތް ޝަމީމް ވިދާޅުވީ، ބައްދަލުވުމުގެ ސަބަބުން ސަރުކާރާއި އަމިއްލަ ޖަމްއިއްޔާތަކާ ދެމެދު ގުޅުނުް ބަދަހިވެގެން ދިޔަ ކަމަށާއި، ބައިވެރިންގެ ވިސްނުން ފުޅާވެ އާ ކަންތައްތަކެއް ދަސްވެގެން ދިޔަ ކަމަށެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ދިޔަ އެޗްއާރް ކޮންވެންޝަންގައި 400 އަށް ވުރެ ގިނަ ފަރާތަކުން ވަނީ ބައިވެރިވެފައެވެ. އަދި ވާހަކަ ދެއްކުންތެރިންގެ ގޮތުގައި ރާއްޖޭގެ އިތުރުން ބޭރުގެ އެކި ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު