Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް

އެފްއޭއެމްގެ ހަރަކާތްތަކުން ނިއު ސަސްޕެންޑުކޮށްފި

ކުޅުންތެރިންނަށް ދޭންޖެހޭ 3.8 ރުފިޔާ ނިއު އިން ދީފައިނުވޭ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 26 ޖެނުއަރީ 2019 | ހޮނިހިރު 13:05
ނިއުގެ ކުޅުންތެރިން

ނިއުގެ ކުޅުންތެރިން

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހިންގާ ހުރިހާ ހަރަކާތްތަކުން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ސަސްޕެންޑްކޮށްފިއެވެ.

އެފްއޭއެމުން ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން މިއަދާ ހަމައަށް ނިއު އިން އެ ކްލަބުގެ ކުޅުންތެރިންނަށް ދޭންޖެހޭ 3.8 މިލިއަން ރުފިޔާއަށްވާ މުސާރަ އާއި އުޖޫރަ ދީފައިނުވާ ކަމަށާއި، އެ މައްސަލަ ކުޅުންތެރިން އެފްއޭއެމަށް ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން މައްސަލަ ބެލުމުގެ ގޮތުން އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީއަށް ހާޒިރުކުރެވި، މުސާރަ އާއި އުޖޫރަ ދިނުމަށް އެތައް މުހުލަތަކާއި ފުރުސަތެއް ދެވިފައިވީ ނަމަވެސް، ކްލަބުގައި ބަޖެޓު ނެތް ކަމަށާއި، ބަޖެޓު ކުރެވިފައި ހުރި ހުރިހާ ފައިސާއެއް ހަރަދުކޮށް ހުސްވެފައިވާ ކަމަށް އެ ކްލަބުން ބުނެފައިވާ ކަމަށް ވެސް އެފްއޭއެމުން ބުނެއެވެ.

އެފްއޭއެމުން ބުނީ، މިއަދާ ހަމަޔަށް ވެސް މުސާރަ ނުދެވޭ ކުޅުންތެރިންނާއި، ނިއުއާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކްލަބުން އަދާކުރަންޖެހޭ އެންމެހައި ހައްގުތައް އަދާކުރުމުގައި ޒިންމާދާރުކަން ކުޑަކޮށް ކްލަބުގެ ފަރާތުން އަމަލުކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ އިދާރާ އިން ބުނީ، އެފްއޭއެމްގެ ހިންގާ ގަވައިދުގެ 14 ވަނަ މާއްދާ އިން އެފްއޭއެމްގެ ހިންގާ ކޮމިޓީއަށް ލިބިދޭ ބާރުތަކުގެ ތެރެއިން ނިއު އިން މުސާރައިގެ މައްސަލަ ހައްލުކޮށް، އެ ކްލަބުން ދައްކަންހުރި ހުރިހާ ފައިސާ އާއި އުޖޫރަ ދައްކާ ހަލާސްކުރުމާ ހަމަޔަށް އެފްއޭއެމްއިން ހިންގާ ހުރިހާ ކަންކަމުން ސަސްޕެންޑުކުރެވިފައިވާ ކަމަށެވެ.

މީގެއިތުރުން އެފްއޭއެމުން ބުނީ، މި މައްސަލަ އިތުރަށް ބަލާ ދިރާސާކޮށް އިތުރަށް އަޅަންޖެހޭ ފިޔަވަޅެއް އޮތްތޯ ބެލުމަށް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީއަށް ފޮނުވުމަށް އެ އިދާރާގެ ހިންގާ ކޮމިޓީން ފާސްކޮށްފައިވާ ކަމަށެވެ.

"ދިވެހި ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާގެ ހައިސިއްޔަތުން މި އިދާރާގެ މަގްސަދުތަކުގެ ތެރޭގައި ފުޓުބޯޅައިގެ މި އާއިލާގައި ހިމެނޭ އެންމެހާ ފަރާތްތަކުގެ ހައްގުތަށް ހިމާޔަށް ކޮށްދިނުމާއި އެއިން އެއްވެސް ފަރާތެއްގެ ހައްގަށް އުނިކަން ލިބޭފަދަ އެންމެހައި ކަންކަން ހުއްޓުވުން ހިމެނޭއިރު، ކުޅުންތެރިންނާއި، ކްލަބްތަކުގެ ހައްގުތަށް ހިމާޔަތތްކޮށްދިނުމަކީ މިއިދާރާއިން އެންމެ އިސްކަންދޭ އެއްކަން" އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ދިވެހި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބް ސަސްޕެންޑުކޮށްފައިވާއިރު، އެ ކްލަބުން މިކަމާ ގުޅިގެން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

16 ޖެނުއަރީ 2017
ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ

ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު