Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިމާރާތް ކުރުން

ކުއްޖަކު މަރުވި މައްސަލަ ފުލުހަށް، 400 ވުރެ ގިނަ ސައިޓުގެ ރައްކާތެރިކަން ބަލަނީ

އެކަމާ ގުޅޭ ރިޕޯޓެއް ފުލުހުންނަށް ވަނީ ހުށަހަޅާފައި

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 17 ޑިސެމްބަރު 2018 | ހޯމަ 23:40
މ. ނަލަހިޔާ މަންޒިލްގެ އިމާރާތުން ސިމެންތި ބަސްތާ ވެއްޓުނު ހާދިސާގެ މަންޒަރެއް

މ. ނަލަހިޔާ މަންޒިލްގެ އިމާރާތުން ސިމެންތި ބަސްތާ ވެއްޓުނު ހާދިސާގެ މަންޒަރެއް

ސިމެންތި ބަސްތާއެއް ވެއްޓި ކުއްޖާ މަރުވި، މައްސަލާގައި އިމާރާތުގެ މަސައްކަތް ކުރި ޑަބްލިއު ކޮންސްޓްރަކްޝަންގެ މައްސަލަ ފުލުހުންނަށް ހުށަހަޅައި، މާލޭގެ 400 ވުރެ ގިނަ ކޮންސްޓްރަކްޝަން ސައިޓުތައް ބެލުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލޭގައި އިމާރާތް ކުރުމުގައި ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ރިވިއުކޮށް، އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ދާ ސައިޓުތައް އިންސްޕެކްޓު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެންގެވުމާ އެކު، ހޯމަ ދުވަހުން އެ މަސައްކަތް ވަނީ ފަށާފައެވެ. އެ މަސައްކަތުގައި ބައިވެރި ވަނީ ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލާއި ސިފައިންނާއި ފުލުހުންނާއި މޯލްޑިވްސް ކޮންސްޓްރަކްޝަންސް އިންޑަސްޓްރީ (މަސީ) އާއި އާކިޓެކްޗަރ އެސޯސިއޭޝަނާއި އިންޖިނިއަރިން އެސޯސިއޭޝަނެވެ.

Advertisement - newsAdvertisement

އެ މަސައްކަތުގެ ދަށުން މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ ހިމެނޭ ގޮތަށް ޖުމްލަ 473 ކޮންސްޓްރަކްޝަން ސައިޓުތަކުގެ ސަލާމަތީ ރައްކާތެރިކަން ހުރި ގޮތް ބަލާނެއެވެ. އެ މަސައްކަތް ހަފްތާއަކަށް ކުރިއަށްދާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.

އެ މަސައްކަތާ ގުޅޭ ގޮތުން ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން، މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އަހުމަދު ޒަމީރު ވިދާޅުވީ އާދީއްތަ ދުވަހު ހިނގި ހާދިސާއާ ގުޅިގެން، ޑަބްލިއު ކޮންސްޓްރަކްޝަންގެ މަސައްކަތާ ގުޅޭ ރިޕޯޓެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

"ހެދިފައި ހުރި ގަވާއިދުތަކަށް ބަލާއިރު ފެންނަން އޮތީ ޖޫރިމަނާއެއް. ކަމުގެ ބޮޑު ކުޑަ މިނަށް ބަލައި ތަހުގީގީ އިދާރާތަކުން ތަހުގީގުކޮށްފައި ދައުވާ ކުރުމަކީ އެހެން ކަމެއް. މިހާރު ހުރި ގަވާއިދުތަކަށް ބަލާއިރު، އެބޭފުޅުންނާ ދޭތެރޭ އެޅެން އޮތް ފިޔަވަޅަކީ ޖޫރިމަނާ،" ޒަމީރު ވިދާޅުވިއެވެ.

ފަންނީ މުވައްޒަފުން ދަތިވުމުގެ ސަބަބުން، ކައުންސިލަށް ސަރުކާރުން ދޫކޮށްފައިވާ ބާރުތައް ތަންފީޒު ކުރުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އެގޮތުން މާލޭގައި ހުރި ކޮންސްޓްރަކްޝަން ސައިޓުތައް ސުޕްވައިޒު ކުރުމަށް އެ ކައުންސިލްގައި މިވަގުތު ތިބީ ތިން ސްޕަވައިޒަރުން ކަމަށް ޒަމީރު ވިދާޅުވިއެވެ.

"މި 473 ސައިޓު ސްޕަވައިޒު ކުރަން މިތިބީ މި ތިން ސްޕަވައިޒަރުން. އެހެންވީމަ އަޅުގަނޑުމެން ކައުންސިލަރުން ނުނުކުމެ، މިކަން ވާނެ އެއްވެސް ގޮތެއް ނެތް. މި ދިމާވި ހާދިސާއާ ގުޅިގެން އެކުލަވާލި ޓީމުގައި އެމްއެމްޑީއެފްގެ ފުދޭވަރެއްގެ ސަޕޯޓެއް އެބަ ލިބޭ. ފުލުހުންގެ ރަނގަޅު ސަޕޯޓެއް އެބަ ލިބޭ. އިންފްރާސްޓްރަކްޗަރގެ އެހީތެރިކަން ވެސް އެބަލިބޭ،" ޒަމީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މ. ނަލަހިޔާ މަންޒިލްގެ ފަސް ވަނަ ބުރިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ކުޑަކުއްޖަކު މަރުވި ހާދިސާއާ ގުޅިގެން، ކޮންސްޓްރަކްޝަން ސައިޓުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ކަމަށެވެ. މިދަނޑިވަޅުގައި އެފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ރަނގަޅު ކުރުމަށް ގުޅިގެން މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު އަންވަރު އަލީ ވިދާޅުވީ އިމާރާތް ކުރުމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ބައެއް ގަވާއިދުތައް ގާނޫނުގައި ބުނާ މުއްދަތައް ހެދިފައި ނުވާ ކަމަށެވެ. ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ހަދަންޖެހޭ އެފަދަ ގަވާއިދުތައް ހެދުން ލަސްވެގެން ދަނީ އެ ދާއިރާއާ ގުޅޭ ފަންނީ ލާފާ ސަރުކާރުގެ ތެރެއިން ލިބިފައިނެތުުން ކަމަށް އަންވަރު ވިދާޅުވިއެވެ.

"ގަވާއިދުތައް ހެދުމަށް ލަސްތަކެއް އައި. ގާނޫނުގައި އެ ބުދާ މުއްދަތަށް ގަވާއިދުތައް ނިންމައެއް ވެސް ނުލެވުނު. ސަރުކާރުގެ ތެރެއިން ހާއްސަކޮށް ގާނޫނު ލަފާ ލިބުމުގައި ވެސް ދަތިތަކެއް ހުރި. ބޮޑަށް ގަބޫލު ކުރެވެނީ ސަރުކާރުގެ ތެރޭގައި މިކަހަލަ ފަންނުގެ އެއްޗެހިތަކެއް ޑެވެލޮޕް ކުރަންވީމަ ކޮންމެ ވެސް ވަރެއްގެ އުނދަގޫތަކެއް އައި ކަމަށް. މިހާރު އެ މަސައްކަތުން 14 ގަވާއިދެއް ހަދާފައިވާ ކަމަށް،" އަންވަރު ވިދާޅުވިއެވެ.

އިމާރާތްކުރުމުގެ ދާއިރާ ތަރައްގީކޮށް، ކަނޑައެޅޭ ހަމަތަކާއި މިންގަނޑުތަކެއްގެ މަތިން އެ ދާއިރާ ކުރިއަރުވައި ހިންގުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ކަނޑައަޅާފައިވާ ގާނޫނަކީ އިމާރާތް ކުރުމުގެ ގާނޫނެވެ. މިދިޔަ އަހަރުގެ އެޕްރީލް މަހު އަމަލު ކުރަން ފެށި އެ ގާނޫނުގެ ދަށުން އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރި ކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާ ގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކަށް ލަފާ ދިނުމަށް ހަތް މެމްބަރުންގެ ބޯޑެއް ވަނީ އުފައްދާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު