Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްނަމޫނާ ޝަޚްޞިއްޔަތު

އަހަރަމެންގެ ނަމޫނާ ޝަޚްޞިއްޔަތު

މާތް ﷲ އެކަލޭގެފާނަށް ބާވައިލެއްވި ޝަރީޢަތް އެކުލެވިގެން ވަނީ މައިގަޑު ދެ އެއްޗެއްގެ މައްޗަށެވެ.

އަހްމަދުﷲ ޖަމީލް
އަހްމަދުﷲ ޖަމީލް | 24 ނޮވެމްބަރު 2018 | ހޮނިހިރު 15:35
ކަޢްބަތުﷲ ގެފުޅު. ޙައްޖުވާނޭ ގޮތް ކީރިތި ރަސޫލާ ވަނީ އަންގަވައި ދެއްވާފަ

ކަޢްބަތުﷲ ގެފުޅު. ޙައްޖުވާނޭ ގޮތް ކީރިތި ރަސޫލާ ވަނީ އަންގަވައި ދެއްވާފަ

އިންސާނުން ދުނިޔޭގައި އުޅުމަށް ﷲ ޚިޔާރު ކުރައްވާފައިވާ މަގަކީ އިސްލާމް ދީނެވެ. އެންމެހައި ރަސޫލުބޭކަލުންނާއި ނަބީބޭކަލުން ގޮވާލެއްވި ދީނަކީ ވެސް އެއީއެވެ. ރަސޫލުބޭކަލުންގެ ސިލްސިލާގައި ސިއްކަޖެހުނީ މުޙައްމަދު (ޞ) އާ ހަމައިންނެވެ. މާތް ﷲ އެކަލޭގެފާނަށް ބާވައިލެއްވި ޝަރީޢަތް އެކުލެވިގެން ވަނީ މައިގަޑު ދެ އެއްޗެއްގެ މައްޗަށެވެ. އެއީ ﷲ ގެ ފޮތާއި، އިތުރު އެކަލޭގެފާފާނުގެ ސުއްނަތެވެ. ރަސޫލުކަމާއިގެން އަޅުގަނޑުމެންގެ ގާތަށް ކީރިތިވަންތަ ﷲ އެކަލާނގެ ރަސޫލާ (ޞ) ފޮނުއްވި ހިނދު އެކަލޭގެފާނު ނަމޫނާއެއް ކަމުގައި ބެލުމަށް ވަނީ އަމުރުކުރައްވާފައެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِمَنْ كَانَ يَرْجُو اللَّهَ وَالْيَوْمَ الآخِرَ وَذَكَرَ اللَّهَ كَثِيرًا [الأحزاب 21] މާނައީ: "ހަމަކަށަވަރުން ﷲ ގެ ރަސޫލާގެ ކިބައިގައި ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއް ވެއެވެ. އެއީ ﷲގެ ޙަޟްރަތުން ލިބޭނޭ ދަރުމައަށާއި އާޚިރަތުގެ ޘަވާބަށް އެދޭ، އަދި ގިނަގިނައިން ﷲ ހަނދުމަކުރާ މީހަކަށެވެ".

އެއްވެސް މީހަކު އެހެން ބަޔަކަށް ނަމޫނާއަކަށް ވުމުގެ މާނައަކީ އެމީހެއްގެ އުޅުމާއި އަޚްލާޤާއި ޢަމަލުތަކަށް އެބަޔަކު ތަބާވާން ޖެހުމެވެ. އަދި އެބަޔަކު ބަލައިގަންނަން ޖެހޭފަދަ ރިވެތި ގޮތްތަކެއް، އެމީހެއްގެ ކިބައިގައި ވުމެވެ. އެހެންކަމުން، ރަސޫލާ (ޞ) އަކީ އެންމެހައި މީސްތަކުންނަށް މާތްﷲ ދެއްކެވި ރީތި ނަމޫނާއަކަށް ވުމުގެ މާނައަކީ، އެބައިމީހުންގެ އެންމެހައި ކަންކަމުގައި އެކަލޭގެފާނަށް ތަބާވެ، އެކަލޭގެފާނު ދެއްކެވި ރިވެތި މަގުން ހިނގުމެވެ. ކޮންމެކަމެއްގައިމެ އެކަލޭގެފާނު ޢަމަލު ކުރައްވާފައިވާ ގޮތް ބަލައި، އެގޮތަށް ޢަމަލު ކުރެވޭތޯ ބެލުމެވެ. އެއްވެސް ކަމެއްގައި އިތުރުއެކަލޭގެފާނު ވަކި ގޮތަކަށް ޢަމަލުކުރައްވައިފައި ވަނިކޮށް، އެނޫން ގޮތަކަށް ޢަމަލުކުރުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެންނެއް ނުވެއެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. فَلا وَرَبِّكَ لا يُؤْمِنُونَ حَتَّى يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لا يَجِدُوا فِي أَنْفُسِهِمْ حَرَجًا مِمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا [النساء 65] މާނައީ: "ހަމަހިލާ އެހެނެއް ނުވާނެއެވެ. ކަލޭގެފާނުގެ ވެރި އިލާހު ގަންދެއްވައި އަންގަމެވެ. ތިޔަބައިމީހުންގެ މެދުގައި އުފެދޭ ދެބަސްވުންތަކުގައި ޙުކުމްކުރައްވައި، އެކަންތައްތައް ފައިޞަލާކުރެވުން ކަލޭގެފާނާ ޙަވާލުކޮށް، އަދި އެކަންކަމުގައި ކަލޭގެފާނު ޙުކުމްކުރައްވާ ގޮތާމެދު އެބައިމީހުންގެ ހިތްތަކުގައި އެއްވެސް ނުރުހުންތެރި ކަމެއްނެތި، އެކަން އެބައިމީހުންގެ ހިތުގެ އަޑިން ޤަބޫލުކޮށްފުމަށް ދާންދެން އެބައިމީހުން އީމާނެއް ނުވެއެވެ."

އެހެންކަމުން، އަޅުގަނޑުމެންގެ މައްޗަށް ވާޖިބު ވެގެންވަނީ، ރަސޫލާ (ޞ) ގެ އެންމެހައި އެންގެވުންތަކާއި، އިރުޝާދުތަކާއި، ނަޞޭހަތްޕުޅުތަށް އެއްވެސް ތަފާތު ކުރުމެއްނެތި ބަލައިގަތުމެވެ.

ނޯޓު: މިއީ އަލްމަރުޙޫމު ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ، 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހު "ހިދާޔަތުގެ އަލި" މަޖައްލާއަށް ލިޔުއްވާފައިވާ މަޟްމޫނެކެވެ.

އިތުރަށް ކިޔާލަން

24 އެޕްރީލު 2022

ކީރިތި ރަސޫލާއަކީ މީސްތަކުންނަށްވާ ނަމޫނާއެއް

24 އެޕްރީލު 2022
ކީރިތި ރަސޫލާއަކީ މީސްތަކުންނަށްވާ ނަމޫނާއެއް
03 އެޕްރީލު 2020

މިއީ މުއްސަނދިން ދީލަތިކަމުގެ ނަމޫނާ ދައްކަންވީ ވަގުތު: ޚުތުބާ

03 އެޕްރީލު 2020
މިއީ މުއްސަނދިން ދީލަތިކަމުގެ ނަމޫނާ ދައްކަންވީ ވަގުތު: ޚުތުބާ
27 ޑިސެމްބަރު 2019

ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ރަސޫލާ ނަމޫނާއަކަށް ބެލުމަށް ހުކުރު ހުތުބާގައި ގޮވާލައިފި

27 ޑިސެމްބަރު 2019
ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ރަސޫލާ ނަމޫނާއަކަށް ބެލުމަށް ހުކުރު ހުތުބާގައި ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު