Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޝޯޓް ފިމްލް ފެސްޓިވަލް

ރާއްޖެޓީވީން ހުޅުވައިދިނީ މުހިއްމު ފުރުޞަތެއް، ވަނައަކަށް ޓާގެޓެއް ނުކުރަން: ސްޓޭޓަސްގެ ޓީމް

"ސްޓޭޓަސް"އަށް ވަނީ 50000ރ. ގެ ފައިސާގެ އިނާމެއް ދީފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 21 ސެޕްޓެމްބަރު 2017 | ބުރާސްފަތި 07:36
ޝޯޓް ފިމްލް ފެސްޓިވަލްއިން އެންމެ މޮޅު ފިލްމަކަށް ހޮވުނު ސްޓޭޓަސްއަށް އިނާމު ހަވާލުކުރަނީ

ޝޯޓް ފިމްލް ފެސްޓިވަލްއިން އެންމެ މޮޅު ފިލްމަކަށް ހޮވުނު ސްޓޭޓަސްއަށް އިނާމު ހަވާލުކުރަނީ

ނިމިގެންދިޔަ ރަމަޟާން މަހު ރާއްޖެޓީވީން ކުރިއަށްގެންދިޔަ ކުރުފިލްމު ފެސްޓިވަލަކީ، ލިބިގެންދިޔަ މުހިއްމު ފުރުޞަތެއް ކަމަށާ، ފެސްޓިވަލަށް ފިލްމު ހުށަހެޅީ ވަނައަކަށް އަމާޒުކޮށް ނޫންކަމަށް އެ މުބާރާތުގެ އެންމެ މޮޅު ކުރުފިލްމަކަށް ހޮވުނު "ސްޓޭޓަސް" ގެ ޓީމުން ބުނެފިއެވެ.

ރާއްޖެއެމްވީއާއި ވާހަކަ ދައްކަމުން، ފިލްމު އުފެއްދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ދެ ޒުވާނުންގެ ތެރެއިން ފިލްމުގެ ޓެކްނިކަލް މަސައްކަތްތައް ކުރި ޝައްމާން ޝާކިރު ބުނީ، ރާއްޖެޓީވީން ހުޅުވާލި ފުރުޞަތަކީ ފިލްމީ ދާއިރާއަށް ނުކުންނަން ބޭނުންވެފައި ތިބި ޒުވާނުންނާއި، ހުނަރު ދައްކައިލުމަށް ބޭނުންވެފައިތިބި ފަރާތްތަކަށް ލިބިގެންދިޔަ މުހިއްމު ފުރުޞަތެއް ކަމަށެވެ. ޝައްމާން އިތުރަށް ބުނީ، މުބާރާތަށް ފިލްމު ހުށަހެޅި ވަނައަކަށް އަމާޒުކޮށްގެން ނޫން ކަމަށާ، ނަމަވެސް ޖަޖުންގެ ފަރާތުން ފިލްމަށް ލިބިގެންދިޔަ ފާޑުކިޔުންތަކާއިއެކު ވަނަ ލިބޭނެ ކަމަށް އުއްމީދު ކުރި ކަމަށެވެ.

ފިލްމުގެ ސްކްރިޕްޓާއި ޑައިލޮގްތައް ތައްޔާރުކުރި އަލީ ޝާމިން ބުނީ މި ފިލްމަކީ ކުރިންވެސް ތައްޔާރުކުރަން ނިންމާފައި އޮތް ފިލްމެއް ކަމަށާ، ނަމަވެސް އޭރު ފިލްމަށް ވަކި ޑެޑްލައިނެއް ކަނޑަނާޅާ ކަމަށެވެ. ޝާމިން ބުނީ ފިލްމުގެ މަސައްކަތް އަވަސްކޮށްލީ ރާއްޖެޓީވީން ކުރު ފިލްމު މުބާރާތް އިޢުލާނުކުރުމުން ކަމަށެވެ.

ރާއްޖެޓީވީގެ ކުރު ފިލްމު މުބާރާތުގައި އެންމެ މޮޅު ފިލްމުގެ ވަނަ ލިބުނު "ސްޓޭޓަސް"އަށް ވަނީ 50،000ރ. ގެ ފައިސާގެ އިނާމެއް ދީފައެވެ. މި އިނާމު ހަވާލު ކޮށްދީފައި ވަނީ ރާއްޖެޓީވީގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާއެވެ. މުބާރާތުގެ އެންމެ މޮޅު ފިލްމު ހޮވާފައި ވަނީ ޖަޖުންގެ މާރކްސްގެ 60 ޕަސެންޓް އާއި އެސްއެމްއެސްގެ 20 ޕަސެންޓް އިތުރުން ރާއްޖެއެމްވީގެ ވެބްސައިޓްގެ ރޭޓިންގްސް އިން 20 ޕަސެންޓް އިންނެވެ.

އިތުރަށް ކިޔާލަން

05 އޯގަސްޓު 2022

ބުޅާ ޖަންގަލި: ޒިންމާއިން ބަރީއްޔަވެ، އުފާ ހޯދަން ބޭނުންވާ މީހުންނަށް ރަނުގެ ފުރުޞަތެއް

05 އޯގަސްޓު 2022
ބުޅާ ޖަންގަލި: ޒިންމާއިން ބަރީއްޔަވެ، އުފާ ހޯދަން ބޭނުންވާ މީހުންނަށް ރަނުގެ ފުރުޞަތެއް
13 އެޕްރީލު 2021

އުމަރު ސީރީޒްގެ ފުރަތަމަ އެޕިސޯޑް މިރޭ 10:20 ގައި ރާއްޖެޓީވީން ގެނެސްދެނީ

13 އެޕްރީލު 2021
އުމަރު ސީރީޒްގެ ފުރަތަމަ އެޕިސޯޑް މިރޭ 10:20 ގައި ރާއްޖެޓީވީން ގެނެސްދެނީ
01 ޖުލައި 2020

ރަނުގެ ފުރުސަތެއް: ނިއު ނޯމަލްއާއި ގުޅޭ ކުރު ފިލްމް މުބާރާތެއް ރާއްޖެޓީވީން!

01 ޖުލައި 2020
ރަނުގެ ފުރުސަތެއް: ނިއު ނޯމަލްއާއި ގުޅޭ ކުރު ފިލްމް މުބާރާތެއް ރާއްޖެޓީވީން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު